Roadha Mihaaru

ރޮނާލްޑޯގެ ޓީމަށް އަލްވޭސް އާއި މާސެލޯ ގެންދެވޭނެ؟

ވެލަޑޮލިޑް، ސްޕެއިން (ޖޫން 20) - ނިމިދިޔަ ސީޒަނަށް ފަހު ބާސެލޯނާ އާއި ރެއާލް މެޑްރިޑު ދޫކޮށްލި ބްރެޒިލްގެ ފުލްބެކުން ކަމަށްވާ ޑެނީ އަލްވޭސް އާއި މާސެލޯ، އަންނަ ސީޒަނުގައި އެ ގައުމުގެ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯގެ ކުލަބް ރެއާލް ވެލަޑޮލިޑުން ފެނުމުގެ ފުރުސަތު އޮތްކަމަށް ބްރެޒިލްގެ މީޑިއާއިން ރިޕޯޓް ކޮށްފި އެވެ.

ކުޅުން ހުއްޓާލުމަށް ފަހު ރޮނާލްޑޯ ލަ ލީގާގެ ކްލަބް ވެލަޑޮލިޑް ގަތީ 2018 ވަނަ އަހަރެވެ. އަދި މިހާރު އޭނާ އަކީ އެޓީމުގެ ރައީސް ވެސް މެއެވެ. ވެލަޑޮލިޑް 2020/21 ސީޒަނުގައި ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި ނަމަވެސް މިދިޔަ ސީޒަނުގައި ލީގު ދެވަނަ ހޯދައިގެން އެ ޓީމު ވަނީ އަލުން ލަ ލީގާ އަށް ޕްރޮމޯޓް ވެފަ އެވެ.

ބްރެޒިލްގެ ނޫހެއް ކަމަށްވާ ޔޫއޯއެލް އެސްޕޯޓޭ އިން ރިޕޯޓްކުރާ ގޮތުގައި ރޮނާލްޑޯ އަންނަނީ އޭނާގެ ޓީމަށް ތަފާތު ދެއްކޭ ފެންވަރުގެ ދެ ފުލްބެކުން ހޯދަން މަސައްކަތް ކުރަމުންނެވެ.

ރެއާލް ވެލަޑޮލިޑް އަލުން ލަ ލީގާ އަށް ޕްރޮމޯޓްވި ރޭ ރޮނާލްޑޯ ދަނޑުގައި އުފާފާޅުކުރަނީ. އޭނާ ވަނީ ކްލަބް ކެރިއަރުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ އަށް ވެސް ކުޅެފައި.-- ފޮޓޯ: އީއެފްއީ

ރެއާލް ވެލަޑޮލިޑް އަލުން ލަ ލީގާ އަށް ޕްރޮމޯޓްވި ރޭ ރޮނާލްޑޯ ދަނޑުގައި އުފާފާޅުކުރަނީ. އޭނާ ވަނީ ކްލަބް ކެރިއަރުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ އަށް ވެސް ކުޅެފައި.-- ފޮޓޯ: އީއެފްއީ

އެ ނޫހުން ރިޕޯޓް ކުރާ ގޮތުގައި މާސެލޯ، 34، އަދި އަލްވޭސް، 39، ދެ ކުޅުންތެރިން ވެސް ކުލަބް ދޫކޮށްލާފައި ވާއިރު ހިލޭ ޓްރާންސްފާގައި ދެ ކުޅުންތެރިން ކުލަބަށް އެއްބަސްކުރުވައި، ކުޅުންތެރިންގެ މުސާރަ ހަމަޖެއްސުން އޭނާއަށް ބޮޑު ކަމަކަށް ވެގެން ނުވާނެ އެވެ.

އެހެން ނަމަވެސް ދެ ކުޅުންތެރިން އަދިވެސް ތިބީ ފުޓުބޯޅަ ކުޅުން ހުއްޓާލާ ގޮތަކަށް ނޫނެވެ. މި އަހަރު ފަހު ކޮޅު ގަތަރުގައި އޮންނަ ވޯލްޑް ކަޕުގައި ބްރެޒިލް ތަމްސީލުކުރަން ފުރުސަތެއް ހޯދުމުގެ އަޒުމުގައި ތިބި ދެ ކުޅުންތެރިން، ލީގަށް އަލަށް ޕްރޮމޯޓްވި ކުލަބަކަށް އެއްބަސްކުރުވުން ވާނީ އުނދަގޫ ކަމަކަށެވެ.

ރެއާލް މެޑްރިޑާ އެކު 16 އަހަރު ތެރޭ ކުލަބާ އެކު އެންމެ ގިނަ ކާމިޔާބީ؛ 25 މުބާރާތް ކާމިޔާބު ކުރުމަށް ފަހު ޓީމު ދޫކޮށްލުމުން އޭނާ ހޯދަން އިޓަލީގެ ޗެމްޕިއަން އޭސީ މިލާނުން މަސައްކަތް ކުރެ އެވެ. އަދި ދާ ކޮންމެ ޓީމަކާ އެކު ވެސް ގިނަ ކާމިޔާބީތައް ހޯދާ އަލްވޭސް ހޯދަން ބްރެޒިލްގެ ފްލެމިންގޯ އިން މަސައްކަތް ކުރާކަމަށް ރިޕޯޓް ކުރެ އެވެ.