ބާސެލޯނާ (މާޗް 26) – ގާތްގަނޑަކަށް ދޮޅު އަހަރު ބަންދުގައި ހުރި، ކުރީގެ ޑިފެންޑަރު ޑެނީ އަލްވޭސް ކަފާލާތުގެދަށުން ޖަލުން ދޫކޮށްލައިފި އެވެ.
ބާސެލޯނާ (މާޗް 26) – ގާތްގަނޑަކަށް ދޮޅު އަހަރު ބަންދުގައި ހުރި، ކުރީގެ ޑިފެންޑަރު ޑެނީ އަލްވޭސް ކަފާލާތުގެދަށުން ޖަލުން ދޫކޮށްލައިފި އެވެ.
ޑިސެމްބަރު 2022 ގައި އަލްވޭސް ހައްޔަރު ކުރީ ރޭޕް ކުރި ކަމުގެ ތުހުމަތުގަ އެވެ. މިދިޔަ މަހު ސްޕޭންގެ ކޯޓަކުން ވަނީ އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ނިންމައި ހަތަރު އަހަރާއި ހަ މަހަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.
އިއްޔެ ކަފާލާތުގެ ދަށުން އޭނާ ޖަލުން ދޫކޮށްލީ އެއް މިލިއަން ޔޫރޯ ދެއްކުމުންނެވެ.
ރޭޕް ކުރި ވިކްޓިމްގެ ފަރާތުން ޝަރީއަތުގައި އޭނާގެ ވަކީލް އެދުނީ 12 އަހަރަށް އަލްވޭސް ޖަލަށް ލުމަށެވެ. ދައުލަތުގެ ވަކީލުން އެދުނީ ނުވަ އަހަރުގެ ހުކުމަކަށެވެ. އެކަމަކު ޝަރުއީ މަރުހަލާގައި ދައުލަތުގެ ވަކީލާއި ވިކްޓިމްގެ ވަކީލުން އެއްބަސްވީ 150،000 ޔޫރޯ ވިކްޓިމަށް ދެއްކުމުން، އަދަބު ލުއިކުރަން އެއްބަސްވާ ކަމަށެވެ.
އޭރު އަލްވޭސްގެ އެކައުންޓްތައް ފްރީޒުކޮށްފައި ވުމުން އޭނާ އަމިއްލަ އަށް އެ ފައިސާ ދެއްކޭނެ ގޮތެއް ނުވި އެވެ. އޭނާ އަށް އެ ފައިސާ ދައްކައި ދިނީ ބްރެޒިލްގެ ގައުމީ ޓީމުގައި އޭނާގެ އެކުވެރިޔާ ނޭމާގެ ބައްޕަ އެވެ.
އެއް މިލިއަން ޔޫރޯ ދެއްކުމުން ކަފާލާތުގެ ދަށުން ދޫކޮށްލަން ޕްރިޒަން އިން ނިންމީ މިދިޔަ ހަފުތާގަ އެވެ. އެކަމަކު އެ އަދަދަށް އޭނާ އަށް ފައިސާ ހޯދޭނެ ގޮތެއް ނުވި އެވެ. އޭނާގެ އާއިލާއިން ލޯނެއް ނަގަން މަސައްކަތް ކުރި ނަމަވެސް އެކަމެއް ވެސް ކާމިޔާބެއް ނުވި އެވެ.
އިއްޔެ އެއް މިލިއަން ޔޫރޯ އޭނާ ދެއްކީ، ސްޕޭނުގެ ޓެކްސް އިދާރާއިން އޭނާ އަށް ދޭން ޖެހޭ 6.8 މިލިއަން ޔޫރޯ ޖަމާ ކުރުމުންނެވެ.
ޓެކްސް އަށް މަކަރު ހެދިކަމަށް ބުނެ، އެ އިދާރާއިން ކުރިން ދައުވާ ކުރުމުން، 6.8 މިލިއަން ޔޫރޯ ދައްކަން ހުކްމު ކުރުމުން އަލްވޭސް އެ ފައިސާ ދެއްކި އެވެ. ފަހުން އެ މައްސަލައިގެ އިސްތިއުނާފްގައި، ޓެކްސްގެ ކަންކަން އޭނާ ގެންގޮސްފައި ވަނީ ރަނގަޅަށް ކަން ނިންމުމުން، އޭނާ ދެއްކި ފައިސާ އަނބުރާ ދިނުމަށް ކޯޓުން ކުރިން ކޮށްފައިވާ ހުކްމަށް ޓެކްސް އިދާރާއިން ފައިސާ ދެއްކީ މި ހަފުތާ އެވެ.
ކަފާލާތުގެ ދަށުން އަލްވޭސް ދޫކޮށްލިޔަސް ގައުމުން ބޭރަށް ފުރުން އޭނާ އަށް މަނާ ވާނެ އެވެ. އޭނާ އަތުގައި އޮންނަ ގެ ޕާސްޕޯޓް (ބްރެޒިލާއި ސްޕޭން) ވެސް ހިފެހެއްޓި އެވެ.
އޭނާގެ ފަރާތުން އަނިޔާ ލިބުނު ވިކްޓިމް އަށް ގުޅަން މަސައްކަތް ނުކުރުމަށާއި އޭނާ އާ އެއް މޭލަށް ވުރެ އިތުރަށް ކައިރި ނުވުމަށް އަލްވޭސްގެ މައްޗަށް ޝަރުތު ކުރި އެވެ. އަދި ކޮންމެ ހަފުތާއަކު ސަރަހައްދީ ކޯޓަށް ހާޒިރުވެ ރިޕޯޓް ކުރުމަށް ވެސް އޭނާ އަށް އަންގާފައި ވެއެވެ.
މިއިން އެއްވެސް ޝަރުތަކާ ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ހިލާފު ވެއްޖެނަމަ އޭނާ އަލުން ހައްޔަރުކޮށް ޖަލަށް ލާނެ ކަމަށް ވެސް ކަފާލާތުގައި ވެއެވެ.
ރޭޕްގެ ކުށް ސާބިތުވެ ޑެނީ އަލްވޭސް ޖަލަށް ލައިފި
ފައިސާ ނުދެއްކުމުން އަލްވޭސްއަށް ކަފާލާތެއް ނުދިން
ބްރެޒިލް އެފްއޭގެ އިންތިހާބުން ރޮނާލްޑޯ ވަކިވެއްޖެ
ލިވަޕޫލްގައި ވެންޑައިކް ދެމިހުންނާނެކަން ޔަގީނެއް ނޫން
ވޯލްޑް ކަޕްގެ ޓާސްކްފޯހުގެ ޗެއާމަނަކަށް ޓްރަމްޕް
ބާސާ އަށް ހުރިހާ ތައްޓެއް ހޯދޭނެ: ރަފީނިއާ
ޕީއެސްޖީން ލީގު ބުރުގެ އެއްވަނަ ލިވަޕޫލް ކަޓުވާލައިފި
ޔުނައިޓެޑްގެ އާ ސްޓޭޑިއަމް ހަދަން ޓްރެފޯޑް ތަޅާލަނީ
ހޯމްއަވޭ ފޯމެޓް ފެނަށް، ސާފް ޗެމްޕިއަންޝިޕް ލަންކާއަށް
ލިވަޕޫލުގެ ކިޓް ޕާޓްނަރަކަށް އެޑިޑާސް