ބާސެލޯނާ (މާޗް 21) - ރޭޕްގެ ކުށް ސާބިތުވި ކުރީގެ ޑިފެންޑަރު ޑެނީ އަލްވޭސް އަށް ކަފާލާތު ދޭން ނިންމާފައި ވީނަމަވެސް ފައިސާ ދެއްކޭނެ ގޮތް ނުވުމުން އޭނާ ދޫކޮށްނުލަން ސްޕޭނުގެ ޖަލުތަކުގެ އިދާރާއިން ނިންމައިފި އެވެ.
ބާސެލޯނާ (މާޗް 21) - ރޭޕްގެ ކުށް ސާބިތުވި ކުރީގެ ޑިފެންޑަރު ޑެނީ އަލްވޭސް އަށް ކަފާލާތު ދޭން ނިންމާފައި ވީނަމަވެސް ފައިސާ ދެއްކޭނެ ގޮތް ނުވުމުން އޭނާ ދޫކޮށްނުލަން ސްޕޭނުގެ ޖަލުތަކުގެ އިދާރާއިން ނިންމައިފި އެވެ.
ޖެނުއަރީ 23 ގައި ހައްޔަރު ކުރި އަލްވޭސް، ކަފާލާތުގެ ދަށުން ދޫކޮށްލުމަށް މީގެ ކުރިން އެދުނު ނަމަވެސް ޖަލުތަކާ ބެހޭ އިދާރާއިން އެ ހުށަހެޅުން ބަލައިގަންނަން ވެސް ދެކޮޅު ހެދި އެވެ. އޭގެ ދުވަސްތަކެއް ފަހުން އަނެއްކާ ވެސް އޭނާ އަށް ކަފާލާތު ދިނުމަށް އެދުމުން އެ އިދާރާއިން ވަނީ އެއް މިލިއަން ޔޫރޯ ދެއްކައިފިނަމަ އޭނާ އަށް ކަފާލާތު ދޭން ނިންމައިފަ އެވެ.
ބާސެލޯނާ އާއި ބްރެޒިލްގެ ގައުމީ ޓީމަށް ވެސް ކުޅުނު ޑިފެންޑަރު އަތުގައި އެ އަދަދު ހަމަ ކުރެވޭހާ ފައިސާއެއް ނެތެވެ.
މި މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން، އޭނާގެ ރޭޕް ކުރި ވިކްޓިމަށް ފައިސާ ދައްކަން ޖެހުނެވެ. އެ ފައިސާ ދައްކައި ދިނީ ނޭމާގެ ބައްޕަ އެވެ.
އެކަމަކު މިފަހަރު ދައްކަން ޖެހޭ ފައިސާ އަދި މިހާތަނަށް އޭނާ އަށް އެއްކުރެވިފައެއް ނުވެ އެވެ. އޭނާގެ އަތުގައި ހުރީ ކުރީގެ މައްސަލައެއް އޭނާ ކޮޅަށް ކާމިޔާބު ވުމުން ލިބުނު 150،000 ޔޫރޯ އެކަންޏެވެ.
ފައިސާ ދެއްކޭ ގޮތް ނުވެއްޖަނަމަ އަނެއްކާ ވެސް އިތުރު މުއްދަތަކަށް އޭނާ ޖަލުގައި ހޭދަ ކުރަން ޖެހޭނެ އެވެ. އެ މައްސަލައިގައި އިސްތިއުނާފު އޮތް ތާރީހެއް އަދި ވެސް އިއުލާން ނުކުރެ އެވެ.
ދޮޅު އަހަރަށްފަހު އަލްވޭސް ޖަލުން ދޫކޮށްލައިފި
ރޭޕްގެ ކުށް ސާބިތުވެ ޑެނީ އަލްވޭސް ޖަލަށް ލައިފި
ބްރެޒިލް އެފްއޭގެ އިންތިހާބުން ރޮނާލްޑޯ ވަކިވެއްޖެ
ލިވަޕޫލްގައި ވެންޑައިކް ދެމިހުންނާނެކަން ޔަގީނެއް ނޫން
ވޯލްޑް ކަޕްގެ ޓާސްކްފޯހުގެ ޗެއާމަނަކަށް ޓްރަމްޕް
ބާސާ އަށް ހުރިހާ ތައްޓެއް ހޯދޭނެ: ރަފީނިއާ
ޕީއެސްޖީން ލީގު ބުރުގެ އެއްވަނަ ލިވަޕޫލް ކަޓުވާލައިފި
ޔުނައިޓެޑްގެ އާ ސްޓޭޑިއަމް ހަދަން ޓްރެފޯޑް ތަޅާލަނީ
ހޯމްއަވޭ ފޯމެޓް ފެނަށް، ސާފް ޗެމްޕިއަންޝިޕް ލަންކާއަށް
ލިވަޕޫލުގެ ކިޓް ޕާޓްނަރަކަށް އެޑިޑާސް