Roadha Mihaaru
ރަޝިޔާއާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި

ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅާ 35 ޑިޕްލޮމެޓަކު އެމެރިކާ އިން ފޮނުވާލަނީ

30 ޑިސެމްބަރ 2016

ވޮޝިންޓަން (ޑިސެމްބަރު 30) - އެމެރިކާގެ ރިޔާސީ އިންތިހާބު ހެކްކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ 35 ޑިޕްލޮމެޓުންނާއި އެ މީހުންގެ އާއިލާތައް ކުރިއަށް އޮތް 72 ގަޑިއިރު ތެރޭ އެމެރިކާ އިން ފުރުމަށް އަންގައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޑިސެމްބަރު 30) - އެމެރިކާގެ ރިޔާސީ އިންތިހާބު ހެކްކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ 35 ޑިޕްލޮމެޓުންނާއި އެ މީހުންގެ އާއިލާތައް ކުރިއަށް އޮތް 72 ގަޑިއިރު ތެރޭ އެމެރިކާ އިން ފުރުމަށް އަންގައިފި އެވެ.

ރައީސް ބަރަކް އޮބާމާގެ ޚާއްސަ އަމުރެއްގެ ދަށުން ވަނީ ރަޝިޔާގެ ހަ މީހަކާއި ފަސް މުއައްސަސާއަކާ ދެކޮޅަށް ފިޔަވަޅު އަޅަން އަންގައިފަ އެވެ. މިއީ އިންތިހާބު ހެކްކޮށް ޑޮނަލްޑް ޓްރަމްޕް ކޮޅަށް ނަތީޖާ އަނބުރާލަން ރަޝިޔާ އިން މަސައްކަތްކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ވަކި ފަރުދުންތަކެއްގެ ނަން އާއްމު ކުރި ފުރަތަމަ ފަހަރެވެ.

ރައީސް އޮބާމާ ނެރުއްވި އެހެން ބަޔާނެއްގައި ވަނީ 35 ޑިޕްލޮމެޓުން އެމެރިކާ އިން ފުރަން އަންގާ އަދި ރަޝިޔާގެ ދެ އިމާރާތެއް ބަންދުކުރަން އަމުރު ނެރުއްވައިފަ އެވެ. މިއީ ޖާސޫސީ މައުލޫމާތު ހޯދުމަށް މޭރީލޭންޑާއި ނިއު ޔޯކުގައި ގާއިމްކޮށްފައިވާ ދެ އިމާރާތެވެ. ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ވޮޝިންޓަނާއި ސެން ފްރެންސިސްކޯ ކޮންސިއުލޭޓުގެ 35 ޑިޕްލޮމެޓުންނާއި އާއިލާތައް 72 ގަޑިއިރު ތެރޭ ފުރަން އަންގައިފަ އެވެ.

އެމެރިކާގައި ތިބޭ ރަޝިޔާގެ 35 ޑިޕްލޮމެޓަކު 72 ގަޑިއިރު ތެރޭ ފުރަން ވަނީ އަންގާފައި.

އެމެރިކާގައި ތިބޭ ރަޝިޔާގެ 35 ޑިޕްލޮމެޓަކު 72 ގަޑިއިރު ތެރޭ ފުރަން ވަނީ އަންގާފައި.

ވައިޓްހައުސްގެ ބަޔާނުގައި ބުނެފައި ވަނީ އިންތިހާބު ހެކްކުރަން ރަޝިޔާ އިން މަސައްކަތްކޮށްފައިވާ ކަމަށް ޖާސޫސީ އިދާރާތަކަށް ޔަގީން ކުރެވޭ އިރު މިއީ އެމެރިކާ އަށް ފިޔަވަޅު ނާޅާ ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށެވެ.

"ރަޝިޔާ އިން ސައިބާ ހަމަލާތައް ދީފައި ވަނީ އެމެރިކާގެ އިންތިހާބަށް ނުފޫޒު ފޯރުވަން. އެމެރިކާގެ ޑިމޮކްރެޓިކް މުއައްސަސާތަކުގެ އިތުބާރު ކުޑަކުރަން. އެމެރިކާގެ އިންތިހާބީ ނިޒާމުގެ ޔަގީންކަން ނަގާލަން. މިއީ ގަބޫލް ކުރެވޭނެ ކަންތަކެއް ނޫން. އަދި ފިޔަވަޅު ނާޅާ ދޫކޮށްލެވޭނެ ކަންތަކެއް ވެސް ނޫން،" ވައިޓްހައުސްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ވައިޓްހައުސް އާއި ޓެރެޝަރީ ޑިޕާޓްމަންޓުގެ ބަޔާނުގައި ބުނި ގޮތުގައި އެމެރިކާ ސަރުކާރުން ދަތި ކުރުމުގެ ފިޔަވަޅު އަޅާފައި ވަނީ ރަޝިޔާގެ ޖާސޫސީ ދެ އިދާރާ ކަމަށްވާ ޖީއާރުޔޫ އަދި އެފްއެސްބީ އާއި ޖީއާރުޔޫގެ ހަތަރު އޮފިޝަލުންނާއި ޖީއާރުޔޫ އަށް ސަޕޯޓް ދިން ތިން ކުންފުންޏާއި ސައިބާ ހަމަލާގައި ބައިވެރިވި ރަޝިޔާގެ ދެ މީހެއްގެ މައްޗަށެވެ. ޓްރެޝަރީ ޑިޕާޓްމަންޓުން ބުނީ ފިޔަވަޅު އެޅި ތަންތަނާއި މީހުންނަކީ ހެކްކުރުމުގައި ޒިންމާވާން ޖެހޭ ފަރާތްތައް ކަމަށެވެ.

އެމެރިކާ އިން ފިޔަވަޅު އަޅައިފި ނަމަ ރައްދުގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރަޝިޔާ އިން ވަނީ ދީފަ އެވެ.