Roadha Mihaaru
ބިދޭސީން ތިބޭތީ މާރުކޭޓުގެ 46 ގޮޅި ބަންދުކޮށްފި

ބިދޭސީން ތިބޭތީ މާރުކޭޓުގެ 46 ގޮޅި ބަންދުކޮށްފި

23 ޖޫން 2022

ގޮޅިތަކުގައި ބިދޭސީން ބޭތިއްބުން މަނާކޮށްފައި ވަނިކޮށް، އެ ކަން ކުރުމުން ދަތުރުވެރިންގެ މާރުކޭޓުގެ 46 ގޮޅި ބަންދުކޮށްފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ގޮޅިތަކުގައި ބިދޭސީން ބޭތިއްބުން މަނާކޮށްފައި ވަނިކޮށް، އެ ކަން ކުރުމުން ދަތުރުވެރިންގެ މާރުކޭޓުގެ 46 ގޮޅި ބަންދުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ މިއަދު "މިހާރު" އަށް ވިދާޅުވީ އެ ގޮޅިތައް ބަންދުކުރީ ބިދޭސީން ބޭތިއްބުމަށް ސިޓީ ކައުންސިލުން އެކުލަވާލައިފައިވާ ގަވާއިދާ ހިލާފަށް އަމަލު ކުރުމުން ކަމަށެވެ. ނަމަވެސް، ޖޫރިމަނާ ދެއްކުމުން ފަސް ގޮޅި ފިޔަވައި އެހެން ގޮޅިތައް މިހާރު އަލުން ހުޅުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެ ސިޓީ ކައުންސިލުން ކޮންމެ ހަފްތާއަކު ވެސް އިންސްޕެކްޝަންތައް ކުރިއަށް ގެންދާނެ،" ޝައުނާ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ބިދޭސީންގެ އެގްރީމަންޓާ ހިލާފަށް ތިބޭ ގޮޅިތައް އެގްރީމެންޓުގައިވާ އިޖްރާތްތަކާ އެއްގޮތަށް ފިޔަވަޅު އަޅައި ބަންދު ކުރުމުގައި ފަސްނުޖެހޭނެ ކަމަށެވެ. އަދި އެކަމުގައި ތަފާތުކުރުން ނުގެންގުޅޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ބިދޭސީންގެ ނުފޫޒު ގަދަވުމުގެ ސަބަބުން، އެތަނުގައި ތިބޭ ދިވެހީން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެ އެވެ. އެ މައްސަލައަކީ ދުވަހަކު ވެސް ހައްލު ނުވި މައްސަލައެއް ކަމަށް އެ މީހުން ބުނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން 2020ވަނަ އަހަރު ހެދި ގަވާއިދެއްގައި ވާ ގޮތުން، ތަރުކާރީ އާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ހިންގާ ތަންތަނުގައި ބިދޭސީންނަށް މަސައްކަތް ކުރެވޭނީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުއްދަ ހޯދުމަށް ފަހު ކަމަށެވެ.