ބަޔަކު ގަވައިދާ ހިލާފަށް ކަމެއް ކުރުމުން އެކަމުގެ ޒިންމާ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުން ނަގަން ނުޖެހޭނެ ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވެއްޖެ އެވެ.
28 ޖޫން 2022
ބަޔަކު ގަވައިދާ ހިލާފަށް ކަމެއް ކުރުމުން އެކަމުގެ ޒިންމާ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުން ނަގަން ނުޖެހޭނެ ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރުމަށް ފަހު އެ ކޮމިޓީގެ ގިނަ މެމްބަރުން ވަނީ ޕާޓީތަކަށް ވަގަށް މީހުން ވައްދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި އެކަމުގައި އީސީއަށް ނުރުހުން އަމާޒުވެފައިވެ އެވެ.
އެކަމަށް ރައްދު ދެއްވައި ހަބީބް ވިދާޅުވީ ޕާޓީތަކުން މީހުން ވަކިވުމާއި ޕާޓީތަކަށް މީހުން ވެއްދުމުގައި އަމަލުކުރަނީ ވަރަށް ހަރުދަނާ، ރަނގަޅު އުސޫލެއްގެ ދަށުން ކަމަށެވެ. އެގޮތަށް ކުރާއިރު، ބަޔަކު ގަވައިދާ ހިލާފަށް ކުރާ ކަމެއްގެ ޒިންމާ އެ ކޮމިޝަނުން ނަގަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ޕާޓީން ވަކިވުމަށް އޮންނަ ޕްރޮސެސް އުނދަގޫ ކަމަށް އެއްބަސްވެވަޑައިގެންނެވި އެވެ.
"އެކަން ފަސޭހަކުރުމަށް އަޅުގަނޑުމެން ޑްރާފްޓްކޮށްގެން މި ގެނައި ބިލުގައި ޕާޓީތަކުން އެކަން ބަލަހައްޓާ ގޮތަށް އޮންނާނީ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން އެއަށް މަގެއް ދައްކައިނުދީ ޕާޓީތަކުން އެކަން ކުރާ ކަމަށް ވަންޏާ ދެން މި ޖެހޭ މައްސަލައަކީ، އެކަކު އޮވެދާނެ 4-5 ޕާޓީއެއްގައި. އެހެންވީމަ އިލެކްޝަންސް ކޮމިޝަނުން، ޕާޓީތަކުގެ ބަލަދުވެރި ފަރާތް ނުވަތަ ރެގިއުލޭޓްކުރާ ފަރާތަށް ވާތީ އިލެކްޝަންސް ކޮމިޝަންގައި ޕޯޓަލް އަކުން ޕާޓީތަކަށް އެކްސެސްދީގެން މީހަކު ވައްދާއިރު އެއް އައިޑީކާޑެއްގައި މީހަކަށް ދެ ޕާޓީއެއްގައި ނޯވެވޭނެ،" ހަބީބް ވިދާޅުވި އެވެ.
ކޮމެޓީގެ ޖަލްސާގައި މުގައްރިރް ރޮޒެއިނާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މަޖިލިސް
އޭނާ ވިދާޅުވީ އީސީއިން މީހަކު ޕާޓީއަކަށް ވައްދައި ނުވަތަ ޕާޓީއަކުން ވަކިކޮށްފައި ވެސް ނުވާނެ ކަމަށެވެ. އެގޮތަށް ހަދާފައި ވާނީ މީހަކު ނުވަތަ ޕާޓީއަކުން އެދިގެން ކަމަށް ހަބީބް ވިދާޅުވި އެވެ.
ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގައި މި ވަގުތު އިސްކޮށް ހުންނަވާ ޑރ. މުހައްމަދު ޒާހިރު ވިދާޅުވީ އީސީއަށް ޕާޓީތަކުގެ ދަފްތަރު ބަލަހައްޓަން ޖެހެނީ ދެ ޕާޓީއެއްގައި އެކަކު ރަޖިސްޓްރީވެފައިނުވާކަން ކަށަވަރުކުރުމަށް ކަމަށެވެ. އެކަން ކުރަން ޖެހެނީ ވެސް ދައުލަތުން ޕާޓީތަކަށް ފައިސާ ދޭތީ، އިންސާފުވެރިކޮށް އެ ފައިސާ ބެހުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ނޫންނަމަ އީސީއިން އެ ލިސްޓު ދޫކޮށްލާފައި އެކަން ކުރަން ވަރަށް ފަސޭހަވެގެންދާނެ. އަޅުގަނޑުމެން ބެލިބެލުމުން ފާހަގަވި ކަމަކީ، ހަގީގަތުގައި މި ހުރިހާ ކަމެއް ގޮސް ނިމެނީ ދައުލަތުން ފައިސާ ދޭ ހިސާބުން. އެކަން އުނި ކޮށްލައިފިކަމަށް ވަންޏާ ހަގީގަތުގައި ވަރަށް ފަސޭހަވާނެ ޕާޓީތަކުގައި މި ދިމާވާ މައްސަލަތައް ވަރަށް ބޮޑުތަނުން ކުޑަވެގެން ދާނެހެން،" ޑރ. ޒާހިރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން، އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރުން pic.twitter.com/VHxgcWMUon
— People's Majlis (@mvpeoplesmajlis) June 28, 2022
"އަޅުގަނޑުމެންނަށް ދެވޭނެ ޔަގީންކަމަކީ އެއްވެސް ފޯމެއް ނެތި އެއްވެސް ބަދަލެއް ގެނެސްފައި އިލެކްޝަންސް ކޮމިޝަނަކުން ނޯންނާނެ. ކޮންމެ ބަދަލެއްގެ ފޯމް، އެވިޑެންސްގެ ގޮތުގައި އަޅުގަނޑުމެންގެ އަތުގައި އޮންނާނެ. ފިންގަ ޕްރިންޓް ވެސް ނަގަނީ ވެރިފައި ޕާޕަސްއަކަށް ނޫން. ހަމައެކަނި އެވިޑެންސް ޕާޕަސްއަކަށް ދައުލަތުގެ އެހެން އިދާރާއަކަށް ގޮސް ތަހުގީގުކުރަން ޖެހިއްޖެއްޔާ،"
ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ޕާޓީތަކަށް ވަގަށް މީހުން ވެއްދުމުގެ މައްސަލަ ހައްލު ނުކުރެވޭ މައިގަނޑު އެއް ސަބަބަކީ ހުރިހާ ދިވެހީންގެ އިނގިލީގެ ނިޝާން ނެތުމުން ކަމަށެވެ. އެހާ ޓެކްނިކަލް މަސައްކަތެއް ކުރުމަށް ޑީއެންއާރުގައި ވެސް ފިންގަ ޕްރިންޓް ނަގާފައި ހުރީ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ޕާޓީތަކުން މިހާރު ވެސް އީސީއަށް ފޮނުވާފައި ހުރި 15،000 ފޯމް ޕްރޮސެސް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތާ ހަވާލުވެފައިވަނީ ތިން މުވައްޒަފުން ކަމަށް ފުއާދު ވިދާޅުވި އެވެ.
ޕާޓީތަކަށް ދޭ ފައިސާ މަދުކުރާ ބިލް ބަލައިގެންފި
ގަވާއިދާހިލާފުވާ ޕާޓީތަކަށް އަޅާ ފިޔަވަޅު ވަރުގަދަކުރަނީ
ފުއާދުގެ ދައުރު ހަމަވާތީ އީސީ އަށް ހަސީބު
ހުރިހާ ޕާޓީތަކަށް ފައިސާދީގެން އޮތީ ކޮން ފައިދާއެއް؟
ހުރިހާ ޕާޓީތަކަށް ފައިސާ ދޭން ގާނޫނު ބަދަލުކުރަނީ
އެޗްއާރްސީއެމްއަށް ހަބީބް އައްޔަން ކުރަން ފާސްކޮށްފި
ބިލް ތަސްދީގު ނުކުރާނަމަ، ތާރީހު ބަދަލު ނުވާނެ: އީސީ
އިންތިހާބު ފަސްކުރަން ފާސްކުރުމުން އީސީ މަޝްވަރާއަށް!
މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލަނީ
އިންތިހާބު އިއުލާންކުރާނީ ސިޓީ އަށް މަޝްވަރާކޮށްފައި