ރ. ކިނޮޅަހުގައި ބޭއްވި މިއަހަރުގެ އެމްޓީސީސީ ދިވެހި ސާފް ލީގުގެ ޖޫނިއާ ޑިވިޝަނުގެ ޗެމްޕިއަންކަން، މިދިޔަ މެއި މަހު އޮތް މުލީކޮޅު ރާޅުގަނޑުގެ ޖޫނިއާ ޑިވިޝަން ވެސް ކާމިޔާބުކުރި ޝާނިފް ޝަފީގް ހޯދައިފި އެވެ.
05 ޖުލައި 2022
ރ. ކިނޮޅަހުގައި ބޭއްވި މިއަހަރުގެ އެމްޓީސީސީ ދިވެހި ސާފް ލީގުގެ ޖޫނިއާ ޑިވިޝަނުގެ ޗެމްޕިއަންކަން، މިދިޔަ މެއި މަހު އޮތް މުލީކޮޅު ރާޅުގަނޑުގެ ޖޫނިއާ ޑިވިޝަން ވެސް ކާމިޔާބުކުރި ޝާނިފް ޝަފީގް ހޯދައިފި އެވެ.
"ހުރާކޮޅު ރާޅުގަނޑު" ގައި ޝާނިފް ޗެމްޕިއަންކަން ހޯދީ، ފައިނަލް ހީޓުގައި ޔޫސުފް ކަޔާން ހަމްދާން ޒަކީއާ ވާދަކޮށްގެން، 11.84 ޕޮއިންޓް ހޯދައިގެންނެވެ. ފައިނަލުގައި ކަޔާން އަށް ލިބުނީ 10.07 ޕޮއިންޓެވެ. ޝާނިފް ޖުމްލަ ނުވަ ރާޅު ދުއްވާލި އިރު، އެންމެ ރަނގަޅު ދެ ރާޅަށް ލިބުނީ 5.67 އާއި 6.17 ޕޮއިންޓެވެ. އެއީ ތިންވަނަ ރާޅާއި ފަސްވަނަ ރާޅެވެ.
ތިރީސް މިނިޓުގެ ފައިނަލް ހީޓުގެ ބާކީ 15.16 ސިކުންތު އޮއްވައި، ވައި ގަދަވެ، މޫސުން ގޯސްވުމުގެ ސަބަބުން، މުބާރާތުގެ ވޯޓާ ސޭފްޓީ ޓީމުގެ ލަފަޔާ އެކު ކުޑައިރުކޮޅަކަށް ހީޓް މެދުކަނޑާލި އެވެ. އޭރު ޝަނިފް އޮތީ ތިން ރާޅު އަޅައިގެން 10 ޕޮއިންޓް ހޯދައިގެން ކުރީގަ އެވެ. ހަތަރު ރާޅު އަޅައިގެން ކަޔާން އަށް ލިބުނީ 3.67 ޕޮއިންޓެވެ.
މޫސުން ތަން ދިނުމާ އެކު ހީޓް ފަށައިގެން ދެ އެތުލީޓުން ވެސް ވަނީ ސްކޯ ބަދަލު ކޮށްލައިފަ އެވެ. ބްރޭކަށް ފަހު ޝާނިފް އެޅި ފުރަތަމަ ރާޅުގައި 6.17 ޕޮއިންޓް ހޯދައި، ޖުމަލަ 11.84 ޕޮއިންޓް ހަމަކޮށްފަ އެވެ. އަދި އޭގެ ފަހުން ކަޔާން ވެސް ވަނީ އޭނާގެ ހަވަނަ އަދި ހަތްވަނަ ރާޅުގައި 3.90 އަކާއި 6.17 ޕޮއިންޓު ހޯދައިގެން، ޖުމަލަ ސްކޯގެ ފަރަގު 1.77 ޕޮއިންޓަށް ކުޑަކޮށްފަ އެވެ.
ޝާނިފްގެ މައްޗަށް ކުރި ހޯދަން ކަޔާން އަށް ބޭނުންވީ 5.68 ޕޮއިންޓެވެ. ނަމަވެސް ފަހުން އެޅި ރާޅުތަކުގައި، ކަޔާން އަށް ޖުމްލަ ނަތީޖާ ބަދަލު ކޮށްލެވޭ ގޮތެއް ނުވި އެވެ.
ޝާނިފް ވަނީ މިހިސާބަށް ދިޔުމަށް އެހީރެރިވި ހުރިހާ ފަރާތްތަކަކަށާއި، މުބާރާތުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާ ކޮށްފަ އެވެ. އަދި ވައި ގަދަ ކޮންޑިޝަނެއްގައި ހޯދުނު ކާމިޔާބީއާމެދު ދެ އެތުލީޓުން ވެސް ތިބީ ހިތްހަމަ ޖެހިފަ އެވެ.
ޝާނިފް ފައިނަލަށް ދަތުތުކުރީ މިއަހު ހެނދުނުގެ ސެމީ ފައިނަލްގެ ފުރަތަމަ ހީޓުގައި މުހައްމަދު އިނާން އަބްދުލް ހަންނާންގެ މައްޗަށް 1.23 ޕޮއިންޓުގެ ތަފާތަކުން ކުރި ހޯދައިގެންނެވެ. އެ ހީޓުގައި ޝާނިފް 8.33 ޕޮއިންޓް ހޯދި އިރު، އިނާން އަށް ލިބުނީ 7.10 ޕޮއިންޓެވެ.
ފައިނަލުގައި ޝާނިފްއާ ދެކޮޅަށް ނުކުތް ކަޔާން ވަނީ ސެމީ ފައިނަލްގެ ދެވަނަ ހީޓްގައި މުހައްމަދު ޒަޔާން (ޗޮއްޕު) އާ ވާދަކޮށް 7.83 ޕޮއިންޓް ހޯދައިފަ އެވެ. ޒަޔާން އަށް ހަމަކުރެވުނީ 4.93 ޕޮއިންޓެވެ.
މ. މުއްޔަށް ނިސްބަތްވާ ޝާނިފް ވަނީ މުބާރާޓުގެ އޯޕަން ކެޓެގަރީގެ ފައިނަލަށް ވެސް ދަތުރުކޮށް، ރާއްޖޭގެ ރާޅާއެޅުމުގެ ތާރީހުގެ ތެރެއިން ޖާގަ ހޯދައިފަ އެވެ. ޝާނިފް އަކީ ޖޫނިއާ އެތުލީޓެއްގެ ގޮތުގައި އޯޕަން ޑިވިޝަނުގައި ވާދަކޮށް، ފައިނަލާ ހަމައަށް ދަތުރުކުރި ރާއްޖޭގެ ފުރަތަމަ ރާޅާއެޅުންތެރިޔާ އެވެ.
އަންމަޑޭ، ސްމައިލީ، ހޫބްޒް އޭޝިއަން ޗެމްޕިއަންޝިޕަށް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕަށް ޒުވާން ސްކޮޑު ނަގައިފި
ސާފިންގެ އަންހެން ޗެމްޕިއަންކަން އާޔާ އަށް
ޖޫނިއާ ޗެމްޕިއަންކަން އިނާނާއި ޔަސީން އަދި ކަޔާނަށް
ތިން ވަނަ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ފަށައިފި
ރަންދާ ރާޅުގަނޑުގެ ޗެމްޕިއަންކަން އިއްސެއާއި އިނާންއަށް
ރަންދާ ރާޅުގަނޑުގައި ޖޫނިއާ ސެމީއަށް ސާފަރުން ހޮވިއްޖެ
ސާފިން ޖޫނިއާ ރޭންކިންގައި ރާއްޖެ އަށް އޭޝިއާގެ ދެވަނަ
ޗެމްޕިއަންކަން އިންޑޮނޭޝިއާ އާއި ޖަޕާނު ސާފަރުންނަށް
ފައިނަލަށް ނުދެވުނަސް ކަޔާން ދައްކައި ދިނީ އުންމީދު