Roadha Mihaaru
ވެލިގާ ހާޑްވެއާގެ ފެންޓަސީ ޕްރިމިއާ ލީގު ފަށައިފި

ވެލިގާ ހާޑްވެއާގެ ފެންޓަސީ ޕްރިމިއާ ލީގު ފަށައިފި

23 ޖުލައި 2022

ވެލިގާ ހާޑްވެއާގެ ފެންޓަސީ ޕްރިމިއާ ލީގު (އެފްޕީއެލް) ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ވެލިގާ ހާޑްވެއާގެ ފެންޓަސީ ޕްރިމިއާ ލީގު (އެފްޕީއެލް) ފަށައިފި އެވެ.

ވެލިގާ އިން ބުނީ މި ފަހަރުގެ އެފްޕީއެލަށް ވެސް އަގު ހުރި އިނާމުތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މުބާރާތުގެ އެއްވަނަ އިނާމަކީ 50،000ރ. ގެ ގިފްޓު ވައުޗަރެކެވެ. ކޮންމެ މަހަަކު ހޮވޭ މެނޭޖަރަކަށް 3،000ރ. ގެ ގިފްޓު ވައުޗަރަކާއި މުބާރާތުގެ އެންމެ ގަދަ 10 އަށް 2،000ރ. ގެ ގިފްޓު ވައުޗަރުތަކެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ވެލިގާ އިން ބުނީ އެއީ ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ބިދޭސީންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ލީގެއް ކަމަށެވެ.

ވެލިގާގެ ފުރަތަމަ ފެންޓަސީ ލީގު ބޭއްވީ މިދިޔަ އަހަރެވެ. އެ ލީގަށް ރާއްޖޭގެ އެފްޕީއެލް ކޮމިއުނިޓީގެ ބޮޑު ތަރުހީބެއް ލިބުނެވެ. އެ ފަހަރުގެ ލީގުގައި 12،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.

ވެލިގާ އިން ބުނިގޮތުގައި، މި އަހަރުގެ ލީގުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޮންނާނެ އެވެ. ލީގުގެ ކޯޑަކީ 5j7lm2 އެވެ. ލީގުގައި ބައިވެރިވެވޭނީ https://fantasy.premierleague.com/ އިންނެވެ.

ވެލިގާއިން ބުނީ އެފަދަ ފެންޓަސީލީގެއް ބޭއްވުމުގެ މަގުސަދަކީ އެ ކުންފުނީގެ ގިނަ ކަސްޓަމަރުންގެ މެދުގައި ޕްރިމިއާ ލީގަށް އޮތުމުން، އެ ތަނުގެ ފިހާރަތަކާއި ކަސްޓަމަރުންނާ އޮތް ގުޅުން އިތުރަށް ހަރުދަނާ ވާނެތީ ކަމަށެވެ.