Roadha Mihaaru
މާލޭގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ ހުއްދަ ދީފި

މާލޭގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ ހުއްދަ އީވައިސީ އިން ދީފި

02 ޖެނުއަރީ 2017

މާލޭގެ ވިޔަފާރި ބަނދަރު ބޮޑުކުރުމަށް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ) އިން ހުއްދަ ދީފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ޖުނައިދު މިރޭ ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މާލޭގެ ވިޔަފާރި ބަނދަރު ބޮޑުކުރުމަށް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ) އިން ހުއްދަ ދީފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ޖުނައިދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޕީއެލް އަށް އަލަށް ގެނައި ވެހިކަލްތައް އިފްތިތާހު ކުރުމަށް ވިޔަފާރި ބަނދަރުގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ޖުނައިދު ވިދާޅުވީ އެ ބަނދަރު ބޮޑުކުރުމަށް ކަމާއި ބެހޭ ޕްރެޒެންޓޭޝަނެއް އީވައިސީ އަށް ހުށަހެޅުއްވި ކަމަށެވެ.

"އަޅުގަނޑުމެންނަށް އެތަނުން ލެޓާ އައިސް އޮތީ. އެކަން ކުރުމަށް ހުއްދަ ލިބިފައި އޮތީ. އަޅުގަނޑުމެން އެކަން ވަރަށް އަވަހަށް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ބަނދަރު ބޮޑުކުރުމުގެ ޕްލޭނާ ބެހޭ ތަފުސީލެއް ޖުނައިދު މިރޭ ނުދެއްވަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޖުނައިދު ވާހަކަ ދައްކަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މިރޭގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޖުނައިދު ވާހަކަ ދައްކަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އޭނާ ވިދާޅުވި ގޮތުގައި އެމްޕީއެލް އަށް ރަނގަޅު ވެހިކަލެއް ނުގެންނަތާ 15 ވަރަކަށް އަހަރުވެއްޖެ އެވެ. އެކަމަކު ބަނދަރަށް މިހާރު އެންމެ ބޮޑަށް ބޭނުންވާ ވެހިކަލްތައް ލިބިފައިވާ ކަމަށް ސީއީއޯ ވިދާޅުވި އެވެ.

"މިހާރު ވިޔަފާރިވެރިންނަށް ބަނދަރުން ދިމާވެފައި އޮތް މައްސަލަ ވަރަށް ބޮޑަށް ހައްލުވެގެން މިދިޔައީ. ބަނދަރަކީ ވަރަށް ކުޑަ ތަނެއް. އެންމެ ބޯޓެއް ބަނދަރުކުރެވެނީ. ހަސަތޭކަ ކޮންޓެއިނަރު ހިފައިގެން އަންނަ ބޯޓު ހުސްކުރުމަށް ފަހު، ހުސް ކޮންޓެއިނަރު ލާނެ ތަނެއް ނުހުރޭ،" ބަނދަރަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.

ޖުނައިދު ވިދާޅުވީ އާ ވެހިކަލްތައް ގެނައުމަށް ފަހު، ބަނދަރުގައި އޮތް އެމްވީ ވެގަ ކައްޕާ 18 ގަޑިއިރުގެ ތެރޭގައި ހުސްކޮށްފައިވާ ކަމަށެވެ. އަދި އިތުުރު 90 ކޮންޓެއިނަރު އެ ބޯޓަށް ލޯޑުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގެ ވިޔަފާރި ބަނދަރުގައި ބޭނުންކުރުމަށް އަލަށް ގެނައި ވެހިކަލްތައް އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދާއި އެމްޕީއެލްގެ ސީއީއޯ ޖުނައިދު އަދި ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

"މީގެ ކުރިން އަޅުގަނޑުމެން މީގެ ބޯޓެއް ހުސްކުރަން 15 ވަރަކަށް ދުވަސް ނަގާ. މި އުޅަނދުތައް އައީމަ އަޅުގަނޑު އެންމެ ބޮޑު އިސްކަމެއް ދޭނީ މި އުޅަނދުތައް ބެލެހެއްޓުން. އެއީ އެންމެ މުހިންމު ކަމަކީ،" ޖުނައިދު ވިދާޅުވި އެވެ.

ގާތްގަނޑަކަށް 10 މިލިއަން ޑޮލަރުގެ ވެހިކަލްތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖުނައިދު ވިދާޅުވީ، އެމްޕީއެލްގައި މިހާރު ކޮންޓެއިނަރު އުފުލުމަށް ހަ ރީސްޓިކާ އެބަ އޮތް ކަމަށެވެ. އަދި އެއް ރީސްޓިކާ ހުޅުމާލެ އަށް ފޮނުވަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.