Roadha Mihaaru
ޔޯގާ ހަމަނުޖެހުން: މުހައްމަދު އިސްމާއިލް ދޫކޮށްލައިފި

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މުހައްމަދު އިސްމާއިލް ދޫކޮށްލައިފި

06 އޯގަސްޓް 2022

ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން ދިވެހި ސަރުކާރު ވެސް ބައިވެރިވެގެން މިދިޔަ ޖޫން މަހު ގަލޮޅު ދަނޑުގައި ހަރަކާތް ކުރިއަށް ގެންދަނިކޮށް، އެ ތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މުހައްމަދު އިސްމާއިލްގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން ކޯޓުން ވަނީ އިތުރުކޮށްފަ އެވެ. އެންމެ ފަހުން އޭނާގެ ބަންދަށް އިތުރުކުރީ 30 ދުވަހެވެ.

އިދިކޮޅު ޕީޕީއެމުން ހިންގާ އެކި ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މުހައްމަދު އިސްމާއިލް ދޫކޮށްލިކަން އެ ޕާޓީން ކަށަވަރުކޮށްދިނެވެ. އެކަމަކު އިތުރު ތަފުސީލެއް ނުދެ އެވެ. ފުލުހުން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.

މުހައްމަދު އިސްމާއިލް ބަންދުކުރި މައްސަލަ އިސްތިއުފާނުކުރަން އޭނާ ހައި ކޯޓަށް ވެސް ހުށަހެޅުއްވި އެވެ. އެކަމަކު އެ މައްސަލަ އެ ކޯޓުން ބަލައެއް ނުގަތެވެ. ނަމަވެސް އެގޮތަށް ނިންމި ސަބަބެއް ނޭނގެ އެވެ.

ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކުރި އެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މީހުން ވަނީ ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ޝައިހް ފަޒްލޫން މުހައްމަދު ވެސް ހިމެނެ އެވެ. އެކަމަކު އެ މައްސަލާގައި ހައްޔަރުކުރި ޝައިހް އާދަމް ނިޝާން އަދިވެސް ހުރީ ބަންދުގަ އެވެ.