Roadha Mihaaru
ސިއްހީ ހިދުމަތްދޭ ތަންތަނުގައި އެނާޖީޑްރިންކް މަނާކޮށްފި

ސިއްހީ ހިދުމަތް ދޭ ތަންތަނުގައި އެނާޖީ ޑްރިންކް މަނާކޮށްފި

03 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލުގައި އެނާޖީ ޑްރިންކު މަނާކޮށްފައި ވަނިކޮށް ހެލްތު މިނިސްޓްރީން އެ މިނިސްޓްރީގެ ދަށުން ހިންގާ ސިއްހީ ހިދުމަތް ދޭ ހުރިހާ ތަނެއްގައި އެނާޖީ ޑްރިންކް މަނާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލުގައި އެނާޖީ ޑްރިންކު މަނާކޮށްފައި ވަނިކޮށް ހެލްތު މިނިސްޓްރީން އެ މިނިސްޓްރީގެ ދަށުން ހިންގާ ސިއްހީ ހިދުމަތް ދޭ ހުރިހާ ތަނެއްގައި އެނާޖީ ޑްރިންކް މަނާކޮށްފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ވަނީ ސިއްހީ ހިދުމަތް ދޭ އެއްވެސް ތަނެއްގައި އެނަޖީ ޑްރިންކް ވިއްކުމާއި ބޭނުން ކުރުމާއި އެ ތަންތަނަށް އެ ތަކެތި ވެއްދުން ވެސް މަނާކޮށްފަ އެވެ.

ހެލްތް ފެސިލިޓީތަކުގެ ތެރޭގައި ހުންނަ ހުންނަ ކެފޭ އަދި ފިހާރަތަކުގައި އެނަޖީ ޑްރިންކް ވިއްކުމަކީ މަނާ ކަމެއް ކަމަށާއި ހެލްތް ފެސިލިޓީތަކުގެ އިމާރާތާއި ގޯތި ތެރެއަށް އެފަދަ ތަކެތި ވެއްދުމާއި ބޭނުން ކުރުމަކީ ވެސް މަނާ ކަމެއް ކަމަށް ހެލްތް މިނިސްޓްރީން ނެރުނު ސާކިއުލާގައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކުގައި ވެސް އެނަޖީ ޑްރިންކް ބޭނުން ކުރުން ދާދި ފަހުން މަނާކޮށްފަ އެވެ.