Roadha Mihaaru
އޭލެވެލްގެ އިމްތިހާނު ކެމްބްރިޖަށް ބަދަލުކޮށްފި

އޭލެވެލްގެ އިމްތިހާނު ކެމްބްރިޖަށް ބަދަލުކޮށްފި

24 އޯގަސްޓް 2022

އޭ ލެވެލްގައި މިހާރު ކިޔަވައިދޭ އެޑެކްސެލް ސިލަބަހުގެ ބަދަލުގައި ކެމްބްރިޖް އިމްތިހާނު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޭ ލެވެލްގައި މިހާރު ކިޔަވައިދޭ އެޑެކްސެލް ސިލަބަހުގެ ބަދަލުގައި ކެމްބްރިޖް އިމްތިހާނު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އަންނަ އަހަރުގެ ދިރާސީ އަހަރު ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލްއަށް ކިޔަވައިދޭން ފަށާނެ ކަމަށެވެ. އަދި ޖެހިގެން އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލް އިމްތިހާނު ބާއްވާނެ ކަމަށް ބުންޏެވެ.

ގްރޭޑު 12ގެ ދަރިވަރުންނަށް ކެމްބްރިޖް ސިލަބަހަށް ކިޔަވައިދޭން ފަށާނީ 2024-2025 ވަނަ އަހަރު އެވެ.

އެއަށްފަހު އޮކްޓޯބަރު، 2025ގައި ކޭމްބްރިޖް އިންޓަނޭޝަނަލް އޭ-ލެވެލް އިމްތިހާނު ބާއްވާނެ ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނީ އެ ބަދަލާ ގުޅިގެން މަތީ ސާނަވީ އަށް ކިޔަވަމުންދާ އަދި މި އަހަރު ގްރޭޑު 11 ގައި ކިޔަވަން ފަށާ ދަރިވަރުންގެ އިމްތިހާނުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ބުންޏެވެ.

ނަމަވެސް މި ބޮޑު ބަދަލު ގެންނަން ނިންމި ސަބަބެއް މިނިސްޓްރީގެ ބަޔާނުގައި ނުބުނެ އެވެ.