Roadha Mihaaru
އޭލެވެލް: ދުނިޔޭގެ 1 ވަނައިގައި ދިވެހި 8 ދަރިވަރެއް

އޭ ލެވެލްގައި ދުނިޔޭގެ އެއް ވަނައިގައި ރާއްޖޭގެ އަށް ދަރިވަރެއް

17 އޮކްޓޯބަރ 2021

މި ފަހަރުގެ އޭ ލެވެލް އިމްތިހާނުގެ އެކި މާއްދާތަކުން ދުނިޔޭގެ އެއް ވަނައިގައި ރާއްޖޭގެ އަށް ދަރިވަރަކު ހިމެނިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި ފަހަރުގެ އޭ ލެވެލް އިމްތިހާނުގެ އެކި މާއްދާތަކުން ދުނިޔޭގެ އެއް ވަނައިގައި ރާއްޖޭގެ އަށް ދަރިވަރަކު ހިމެނިއްޖެ އެވެ.

މެއި/ޖޫން، 2019 ގައި ބޭއްވި އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިގެން ރާއްޖޭގެ ގަދަ 10ގެ އެއްވަނަ ލިބުނީ ސީއެޗްއެސްއީގެ ފަސް ދަރިވަރަކަށެވެ.

އެކި މާއްދާތަކުން 33 ދަރިވަރަކު ދުނިޔޭގެ ފެންވަރުގައި އެކި ވަނަތައް ހޯދިއިރު، އެކި މާއްދާތަކުން ރާއްޖެ އިން އެއްވަނަ 12 ދަރިވަރަކު ހޯދި އެވެ.

އޭ ލެވެލްގައި ފަސް މާއްދާއިން އޭ ސްޓާ ހޯދައިގެން އެއްވަނަ ހޯދި ރިސްލާއަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭ ލެވެލްގައި ފަސް މާއްދާއިން އޭ ސްޓާ ހޯދައިގެން އެއްވަނަ ހޯދި ރިސްލާއަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ ދަރިވަރުންނަށް އެވޯޑު ދިނީ، ތާޖުއްދީން ސްކޫލުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ރާއްޖެ އާއި ދުނިޔެ އިން އެއްވަނައިގައި ހިމެނުނު ދަރިވަރުންނަށް މެޑަލް އާއި އެވޯޑު ހަވާލު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ދުނިޔޭގެ އެއްވަނައިގައި ހިމެނުނު ދިވެހި ދަރިވަރުން:

- އަހުމަދު ހިޒާމް ހަލީމް، އައްޑޫ ހައި ސްކޫލު (ބިޒްނަސް)

- މަރިޔަމް ރޫޔާ އިސްމާއިލް، ސީއެޗްއެސްއީ (އެކައުންޓިން)

- މަރިޔަމް ލަޔާލީ މުހައްމަދު، އައްޑޫ ހައި ސްކޫލު (އެކައުންޓިން)

- އަހުމަދު ނިސާލް އަބްދުﷲ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު (ބިޒްނަސް)

- ނަސަމް ނަސީމް، ސީއެޗްއެސްއީ (އެކައުންޓިން)

- އާދަމް އަނޫސް، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު (އެކައުންޓިން)

- އަނާ ހަސަން، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު (އެކައުންޓިން)

- މައިހާ ހަސަން، އައްޑޫ ހައި ސްކޫލު (އެކައުންޓިން)

ރާއްޖެ އިން އެއްވަނަ ހޯދި ދަރިވަރުން

- އައިޝަތު ރިސްލާ އުމަރު، ހދ. ކުޅުދުއްފުށި، ވިނަމާގެ، ސީއެޗްއެސްއީ.

- މަރިޔަމް ރޫޔާ އިސްމާއިލް، ގ. ހައްދުންމަތީގެއާގެ، ސީއެޗްއެސްއީ.

- މަރިޔަމް ސައިފާ ރަޝީދު، ސ. ހުޅުދޫ ދެވެލި، ސީއެޗްއެސްއީ.

- މަރިޔަމް ޒައިނާ މުހައްމަދު ސޯލިހު، މއ. ސިސިލްފަރު، ސީއެޗްއެސްއީ.

- ރާއިޝާ އަހުމަދު ފާއިޒު، ހ. ދެވެލިކިނާރާ، ސީއެޗްއެސްއީ.

އޭ ލެވެލް އިމްތިހާނުގައި ރާއްޖެ އިން 1،677 ދަރިވަރަކު ބައިވެރިވި އެވެ. އޭގެ ތެރެއިން 218 ދަރިވަރަކު ވަނީ ގައުމީ ގަދަ 10 ގައި ހިމެނިފަ އެވެ.