Roadha Mihaaru
އިޓަލީގެ ރަށަކަށް ބަދަލުވުމުން 14،000 ޑޮލަރު ދެނީ

އިޓަލީގެ ރަށަކަށް ބަދަލުވާ މީހުންނަށް 14،000 ޑޮލަރު ދެނީ

29 އޯގަސްޓް 2022

އިޓަލީގެ ރަށެއް ކަމަށްވާ ސާޑީނިއާ އަށް ބަދަލުވާ ބާރުއަޅައި އެތަނަށް ދާ މީހުންނަށް ފައިސާ ދޭ ގޮތަށް އެ ގައުމުގެ ސަރުކާރުން ހާއްސަ ހަރަކާތެއް ފަށައިފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

އިޓަލީގެ ރަށެއް ކަމަށްވާ ސާޑީނިއާ އަށް ބަދަލުވާ ބާރުއަޅައި އެތަނަށް ދާ މީހުންނަށް ފައިސާ ދޭ ގޮތަށް އެ ގައުމުގެ ސަރުކާރުން ހާއްސަ ހަރަކާތެއް ފަށައިފި އެވެ.

އިޓަލީގެ ސަރުކާރުން ބުނީ ސާޑީނިއާ އަށް ދާއިމީކޮށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް ސަރުކާރުގެ ފަރާތުން 14،950 ޑޮލަރުގެ އިނާޔަތެއް ދޭނެ ކަމަށެވެ. އެއީ ދިރިއުޅުން ބަދަލުކޮށް ގޭގެ ކަންތައް ފަށައިގަތުމަށް އެހީއެއްގެ ގޮތުން ދޭ ފައިސާ އެވެ.

އިޓަލީ ސަރުކާރުން މި މަސައްކަތް ފަށާފައިވަނީ އެ ސަރުކާރުން އަލަށް ތައާރަފުކުރި ޕޮލިސީތަކަކާއެކުގަ އެވެ. އެއީ ތަރައްގީވަމުން އަންނަ ނުވަތަ ރޫރަލް ސަރަހައްދުތައް އިތުރަށް އާބާދުކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން އެކުލަވާލި ޕޮލިސީއެކެވެ.

ސާޑީނިއާ

ސާޑީނިއާ

މި ޕޮލިސީގެ ދަށުން ސާޑީނިއާ އަށް އެންމެ ފުރަތަމަ އާބާދީ އިތުރު ކުރުމަށް މަސައްކަތް ކުރާނެ އެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ޕޮލިސީ އެހެން ސަރަހައްދުތަކަށް ފުޅާކުރާނެ އެވެ. އޭގެތެރޭގައި ބޮޑަށް ހިމެނޭނީ އާބާދީ 3،000 އަށް ވުރެ މަދު ސަރަހައްދުތަކެވެ.

އާ ޕޮލިސީ ތައާރަފުކޮށް އެ ޕޮލިސީއަށް އަމަލުކުރަން ސަރުކާރުގެ ބަޖެޓުން ވަނީ 45 މިލިއަން ޑޮލަރު ކަނޑައަޅާފަ އެވެ.