ކޮރަޕްޝަންގެ ކުށްތަކުގައި ކޮންމެ އަހަރަކު ރައްޔިތުންނަށް ގެއްލިގެންދާ، ބަނދަރާއި ސްކޫލްތަކާއި ހޮސްޕިޓަލްތައް އެޅޭނެހާ ފައިސާ އަނބުރާ ދައުލަތަށް ހޯދާނެ ވަށާ ޖެހޭ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.
28 އޯގަސްޓް 2022
ކޮރަޕްޝަންގެ ކުށްތަކުގައި ކޮންމެ އަހަރަކު ރައްޔިތުންނަށް ގެއްލިގެންދާ، ބަނދަރާއި ސްކޫލްތަކާއި ހޮސްޕިޓަލްތައް އެޅޭނެހާ ފައިސާ އަނބުރާ ދައުލަތަށް ހޯދާނެ ވަށާ ޖެހޭ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިސްނަގައިގެން ވަނީ އެސެޓް ރިކަވަރީގެ ގައުމީ ނިޒާމް ގާއިމްކުރަން ކަމާގުޅޭ އިދާރާތަކާ އެކު މަޝްވަރާތަކެއްކޮށްފަ އެވެ. އެ މަޝްވަރާތަކުގެ މައްޗަށް ކަމާގުޅޭ އިދާރާތަކުގެ ބައިވެރިވުމާ އެކު މިއަދު ވަނީ މަސައްކަތު ބައްދަލުވުމެއް ފަށައިފަ އެވެ.
ހިޔާނާތްތެރިވެގެން އޭސީސީއަށް ހުށަހަޅާ މައްސަލަތައް ބަލައި ކުށްކުރި މީހުންގެ މައްޗަށް ދައުވާ އުފުލިޔަސް ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ނުހޯދެ އެވެ. އޭސީސީގެ މިހާރުގެ ވިސްނުމަކީ ތަހުގީގު ކުރިއަށްދާ އިރު ދައުލަތަށް ލިބެންޖެހޭ މުދަލާއި ފައިސާ ހޯދުމާ އެކު މައްސަލަތައް ކުރިއަށް ގެންދިއުމެވެ.
އޭސީސީގެ ރައީސް އާދަމް ޝާމިލް ވާހަކަ ދައްކަވަނީ: ކުށްކޮށްގެން ހޯދާ ފައިސާ އާއި މުދާ އަނބުރާ ދައުލަތަށް ހޯދޭނެ އެކަށީގެންވާ ނިޒާމެއް މިހާރު ގާއިމްވެފައި ނެތް ކަމަށް ވިދާޅުވި.
ކުށްކޮށްގެން ހޯދާ ފައިސާ އާއި މުދާ އަނބުރާ ދައުލަތަށް ހޯދާނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ކޮރަޕްޝަންގެ ކުށްތަކާ ހެދި ދައުލަތުން ގެއްލިގެންދާ ފައިސާގެ އަދަދު ވަރަށް ބޮޑު ކަމަށެވެ. އެ ކޮމިޝަނުން މިއަދު އާއްމުކުރި 2009 އިން 2020 ގެ ހިސާބުތަކަށް ބަލާއިރު ކޮރަޕްޝަންގެ ކުށްތަކުގައި 1.9 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ގެއްލިފައިވެ އެވެ.
އެ އަދަދުތަކަކީ ޝާމިލް ވިދާޅުވި ގޮތުގައި ކޮންމެވެސް ރަށެއްގައި ސްކޫލެއް ނުވަތަ ހޮސްޕިޓަލެއް ނުވަތަ ބަނދަރެއް އެޅޭނެހާ ފައިސާ އެވެ.
"އަޅުގަނޑުމެންނަށް މީގެއިން އެނގިގެންދާ އެއްޗަކީ ކޮރަޕްޝަންގެ ކުށުގެ ބޮޑުކަން. ކޮރަޕްޝަނުން ގެއްލިގެން ދަނީ ރައްޔިތުންގެ އުފަލާއި ހިތްހަމަޖެހުމާއި ތަރައްގީ އޭގެއިން ހޯދައިދޭ ފައިސާކަމާ މެދު ޝައްކެއް ނެތް," ޝާމިލް ވިދާޅުވި އެވެ.
އެސެޓް ރިކަވާ ކުރުމުގެ ނިޒާމް އެކުލަވާލަން ފެށުމުގެ ރަސްމިއްޔާތުގައި އިދާރާތަކުން ބައިވެރިވަނީ: މި ވޯކްޝޮޕްގައި އޭސީސީގެ އިތުރުން ފިނޭންސް މިނިސްޓްރީ އާއި ޕީޖީ އާއި އޭޖީ އާއި އޮޑިޓަ ޖެނެރަލްގެ އޮފީހުން ބައިވެރިވޭ. -- ފޮޓޯ | ރައީސް އޮފީސް
އޭނާ ވިދާޅުވީ އޭސީސީ އާއި އެހެން އިދާރާތަކަށް މިކަމުގައި ރައްޔިތުންނަށް ކޮށްދެވެން އޮތް ކަމަކީ އެ ފައިސާ ދައުލަތަށް އަނބުރާ ހޯދޭނެ ހަރުދަނާ ނިޒާމެއް ގާއިމްކޮށްދިނުން ކަމަށެވެ. ކަމާބެހޭ އިދާރާތަކުން މިއަދު މަޝްވަރާކުރަން އެއްވީ އެކަމުގައި ދާއިމީ ހައްލަކަށް މަސައްކަތްތަކެއް ކުރަން ކަމަށް ވިދާޅުވި އެވެ.
ދައުލަތަށް ގެއްލޭ ފައިސާ ހޯދެން ގާނޫނީ އޮނިގަނޑުން ފުރުސަތު އޮތަސް އެންމެ އެކަށީގެންވާ ގޮތެއްގައި އެ މަސައްކަތް ކުރިއަކަށް ނުގެންދެ އެވެ. އެކަން މި ފަހުން އޭސީސީން ހެދި ދިރާސާއަކުން ވެސް ފާހަގަވެފައިވާ ކަމަށް ވިދާޅުވި އެވެ.
ޝާމިލް ވިދާޅުވި ގޮތުގައި ދައުލަތަށް ގެއްލޭ ފައިސާ ހޯދަން މުއައްސަސާތައް ގުޅިގެން ޒަމާނީ ވަސީލަތްތަކުގެ އެހީގައި މަސައްކަތް ނުކުރެވޭ ކަން ވެސް އެ ދިރާސާ އިން ފެންނަން އެބައޮތެވެ.
ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދުނިޔޭގެ އެތައް ގައުމެއްގައި އަލުން އިޔާދަކުރެވެ އެވެ. އޭގެތެރޭގައި އިނގިރޭސިވިލާތާއި ސިންގަޕޫރާއި މެލޭޝިއާ ހިމެނޭ ކަން މިސާލެއްގެ ގޮތުން އޭސީސީގެ ރައީސް ދެއްކެވި އެވެ.
ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމުގެ އިޖުރާއަތު ފުރިހަމަކުރާނީ ޖިނާއީ މިންގަނޑުންތޯ ނުވަތަ މަދަނީ މިންގަނޑުންތޯ އިދާރާތަކުގެ މެދުގައި ބަހުސްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ބަހުސްކުރަން ދޫކޮށްލައިގެން އަބަދުމެ އަޅުގަނޑުމެންނަކަށް ތިބެވޭކަށެއް ނެތް," ޝާމިލް ވިދާޅުވި އެވެ.
މިކަން ކުރަން ގައުމުތަކުގައި ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު, ބައެއް ގައުމުތަކުގައި ޖިނާއީ ކުށް ސާބުތުވުމާ އެކު ކުށްކޮށްފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ ބާރުދީފައިވެ އެވެ. އަދި ޖިނާއީ ކުށެއް ސާބިތު ނުވޔަސް ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ކަމަށް އެކަށީގެންވާ ކަމަށް ތުހުމަތު ކުރެވޭ ނަމަ މަދަނީ މިންގަނޑުގެ ތެރެއިން ސާބިތުކޮށް މުދަލާއި ފައިސާ ނެގުމުގެ ގާނޫނީ ބާރު ވެސް ދީފައިވާ ކަން އޭސީސީން ފާހަގަކުރެ އެވެ.
ކުށްކޮށްގެން ދައުލަތަށް ގެއްލުވާލާ މުދަލާއި ފައިސާ އަނބުރާ ހޯދަން އެކަށީގެންވާ ނިޒާމެއް މިހާތަނަށް ރާއްޖޭގައި ނެތް. -- ފޮޓޯ | އޭސީސީ
ޝާމިލް އެދިވަޑައިގަތީ އެކަންކަމަށް ބަލައި ނަތީޖާ ނެރްދެއްވުމަށް އިދާރާތަކުން މިފަހަރު މަސައްކަތް ކޮށްދެއްވުމަށެވެ. އެކަމުގައި އޭނާއަށް ފެންނަނީ ހުރިހާ އިދާރާތަކަކުން ހައްލެއް ހޯދަން އެއްބާރުލުންދީ މަސައްކަތް ކުރަމުން އަންނަ ތަން ކަމަށް ވެސް ވިދާޅުވި އެވެ.
އެސެޓް ރިކަވާ ކުރުމުގެ ނިޒާމެއް އެކުލަވައިލުމުގެ މަސައްކަތް އޭސީސީން ފެށިއިރު، ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުން ދައުލަތަށް ލިބުނު ގެއްލުމާއި އެކަމުގެ ބައިވެރިން ހޯދުމުގެ ބުރަ އުނދަގޫ މަސައްކަތް އޭސީސީން އަންނަނީ ކުރަމުންނެވެ. މި ތަހުގީގައި އެންމެ ބޮޑު އިސްކަމެއް އޭސީސީން ދެނީ އެމްއެމްޕީއާރުސީން ރަށްތައް ނުއަގުގައި ދޫކޮށްގެން ދައުލަތަށް ބިލިއަނުން ގެއްލުނު ފައިސާ ހޯދާށެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ 7 ދައުވާއެއް ކުރަނީ
ބޮޑު ހިޔާނާތުގެ ފައިސާ 11 މީހެއްގެ އަތުން ހޯދަނީ
ހިޔާނާތުގެ 5މައްސަލައިގެ ބައެއް ކަންކަން އިސްލާހުކުރަނީ
އަދީބު، ތަހުގީގަށް އޭސީސީއަށް ހާޒިރުކޮށްފި
ހިޔާނާތުގެ ފައިސާ ސިންގަޕޫރުގައި ހުރިތޯ އޭސީސީން ބަލާނެ
އެމްއެމްޕީއާރުސީ ތަހުގީގު: އަމާޒަކީ ނަތީޖާ އަވަސްކުރުން
ހިޔާނާތުގެ ތަހުގީގު އެއްބަސްވުންތައް ހާމަކުރަން އެދިއްޖެ
ހިޔާނާތާ ގުޅޭ ނަމަ ތަހުގީގު ނުނިމުނަސް ވަކިކުރަންޖެހޭ
ރައީސަށް އެމްއެމްޕީއާރުސީގެ ތަހުގީގު ލަހެއް ނޫން!
ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އަސްއަދު