މޯލްޑިވިއަން އެއާލައިނުން ހއ. ހޯރަފުއްޓަށް ކުރަން މިއަދު ތާވަލުކުރި ދަތުރު، އެ އެއާޕޯޓަށް ފަސިންޖަރުންނާއެކު ބޯޓު އުދުހެނިކޮށް، ފަޔާ ޓްރަކް ހަލާކުވެފައިވާކަން ކުއްލި ގޮތަކަށް އެނގުމުން ކެންސަލްކޮށްފި އެވެ.
31 އޯގަސްޓް 2022
މޯލްޑިވިއަން އެއާލައިނުން ހއ. ހޯރަފުއްޓަށް ކުރަން މިއަދު ތާވަލުކުރި ދަތުރު، އެ އެއާޕޯޓަށް ފަސިންޖަރުންނާއެކު ބޯޓު އުދުހެނިކޮށް، ފަޔާ ޓްރަކް ހަލާކުވެފައިވާކަން ކުއްލި ގޮތަކަށް އެނގުމުން ކެންސަލްކޮށްފި އެވެ.
އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ، އެ ރަށަށް ކުރަން އޮތް ދަތުރު ކެންސަލް ކުރަން ޖެހުނީ އެ އެއާޕޯޓުގެ ފަޔާ ޓްރަކް ހަލާކުވެފައި އޮތުމުން ކަމަށެވެ.
އެއާޕޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ހާލަތުގައި، އަލިފާން ނިއްވޭނެ ނިޒާމުތައް ގާއިމުވެފައި ހުންނަން ޖެހެ އެވެ.
ހޯރަފުށި އެއާޕޯޓަށް މިއަދު ދަތުރުކުރި ކިއުޓޫ 470 މަތިންދާބޯޓު އެ އެއާޕޯޓަށް ނުޖައްސައި އަނބުރާ މާލެ އަންނަން ޖެހުނީ އެހެންވެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ. މަތީގައި ބޯޓު އުދުހެނިކޮށް، އެ ދަތުރު ކެންސަލްވިކަން ކުއްލި ގޮތަކަށް އެންގުމުން އޭގައި އެ ވަގުތު ތިބި ފަސިންޖަރުން ވެސް ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށް ވެ އެވެ. ސަބަބަކީ ފަޔާ ޓްރަކް ހަލާކުވެފައިވާކަން ކަމާބެހޭ ފަރާތްތަކަށް ދުރާލައި އެނގިފައި ނެތުމެވެ.
ހޯރަފުށި އެއާޕޯޓަށް އަލުން ދަތުރުތައް ފަށާނީ ފަޔާ ޓްރަކް މައްސަލަ ހައްލުވުމުން ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ. އެ އެއާޕޯޓަށް މިއަދު ދަތުރުކުރަން ހަމަޖެހިފައި ތިބި ފަސިންޖަރުންގެ ދަތުރު މިހާރު ތާވަލު ކޮށްފައި ވަނީ މާދަމާއަށެވެ.
އެ ރަށުގެ އެއާޕޯޓުގެ ފަޔާ ޓްރަކް ހަލާކުވިއިރު، މީގެ ހަފުތާއެއް ކުރިން އެ ރަށުގައި ފަޔާ ފައިޓަރުން ތަމްރީނު ކުރާނެ ފަޔާ ސިމިއުލޭޓަރު ވަނީ ގާއިމުކޮށްފަ އެވެ. އެ ރަށުގެ އެއާޕޯޓު ހެދީ 200 މިލިއަން ރުފިޔާ ހޭދަކޮށްގެންނެވެ
ހޯރަފުށީގައި 2020 ވަނަ އަހަރު ހުޅުވި އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކެއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް ވަނީ ހަދައިފަ އެވެ.
މޯލްޑިވިއަން އިން އީދަށް ހާއްސަ އަގުތަކެއް!
އީދާ ދިމާކޮށް މޯލްޑިވިއަން އިން ދަތުރުތައް އިތުރުކުރަނީ
އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަށް ކުރީގެ އެމްޑީ މިހާދު
ޗުއްޓީގައި މޯލްޑިވިއަނުން ރެކޯޑު އަދަދެއްގެ ފްލައިޓު
އައިލެންޑް އޭވިއޭޝަނަށް 164 މިލިއަންގެ ގެއްލުން
ފީތައް ބޮޑުވުމުން މޯލްޑިވިއަންގެ ޓިކެޓް އަގު ބޮޑުކޮށްފި
ސ. ގަމުން ކޫއްޑު އަށް ދަތުރުތައް ފަށަނީ
މާފަރު އެއާޕޯޓުގެ ފިއުލް ފާމް މި އަހަރު ނިމޭނެ
މަޑިވަރު އެއާޕޯޓް ހުޅުވައިފި، ޓިކެޓެއް 1،029ރ.
މަޑިވަރު އެއާޕޯޓް ހުކުރު ދުވަހު ހުޅުވަނީ