Roadha Mihaaru
ކްލަބާ މެދު ސަންޗޭޒްގެ ހިތްހަމަނުޖެހުމެއް ނެތް: ވެންގާ

ކްލަބާ މެދު ސަންޗޭޒްގެ ހިތްހަމަނުޖެހުމެއް ނެތް: ވެންގާ

06 ޖެނުއަރީ 2017

ލަންޑަން (ޖެނުއަރީ 6) - އާސެނަލް އާއި އެ ޓީމުގެ ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒާ ދެމެދު މައްސަލަ ނުޖެހޭ ކަމަށާއި ކްލަބާ މެދު އޭނާގެ ހިތްހަމަނުޖެހުމެއް ވެސް ނެތް ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖެނުއަރީ 6) - އާސެނަލް އާއި އެ ޓީމުގެ ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒާ ދެމެދު މައްސަލަ ނުޖެހޭ ކަމަށާއި ކްލަބާ މެދު އޭނާގެ ހިތްހަމަނުޖެހުމެއް ވެސް ނެތް ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އެންމެ ފަހުން ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ވަނީ 3-3 އިން އެއްވަރުވެފަ އެވެ. މި މެޗުން މޮޅުނުވެވުމުން ދަނޑުމަތީގައި ސަންޗޭޒް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި މެޗަށް ފަހު ޗޭންޖިން ރޫމްގައި ވެސް ސަންޗޭޒްގެ ހުރީ ރުޅިގަދަވެފައިކަމަށް ރިޕޯޓްތައް ބުނެ އެވެ.

"ހައިރާންވާންޖެހޭ ކަމެއް ނެތް. އެއީ ކޮންމެ ޓީމެއް ވެސް ކުޅެނީ މޮޅުވާން. މޮޅެއް ނުހޯދިއްޖެނަމަ ކޮންމެ ކުޅުންތެރިޔަކު ވެސް ހިތްހަމަނުޖެހޭނެ. ސަންޗޭޒްގެ ވެސް ހުރީ ވެސް އެ ހިތްހަމަނުޖެހުން،" ވެންގާ ބުންޏެވެ.

ވެންގާ ބުނީ ސަންޗޭޒްގެ އަމަލުތައް ހުރިގޮތުން ކަންބޮޑުނުވާ ކަމަށެވެ.

"ސަންޗޭޒަކީ ދަނޑުމަތީގައި އާދަޔާ ހިލާފަށް ހިތްވަރު ކުރާ ކުޅުންތެރިޔެއް. އޭނާގެ މަސައްކަތުގެ ރޭޓަށް އެންމެންވެސް ތައުރީފް ކުރޭ. ހިތްވަރާ އެކު ފަހު ވަގުތާ ޖެހެންދެން ހިތްވަރުކުރާއިރު މޮޅު ނުވެވުމުން ކޮންމެ ކުޅުންތެރިޔެއްގެ ވެސް ކަންބޮޑުވުން ހުންނާނެ،" ވެންގާ ބުންޏެވެ.

އާސެނަލުން އަންނަނީ ސަންޗޭޒްގެ އެއްބަސްވުން އާ ކުރަން މަޝްވަރާ ކުރަމުންނެވެ. ނަމަވެސް މިއަދާ ހަމައަށް އަލިމަގެއް ފެނިފައިނުވާއިރު، އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން މީޑިއާގައި އަންނަނީ އެކި ގޮތަށް ވާހަކަ ދެކެވެމުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބޯންމައުތު ތިން ލަނޑުން ކުރީގައި އޮއްވައި އާސެނަލުން އެއްވަރުކުރީ ފަހަތުން އަރަ އެވެ. މި މެޗުން މޮޅުނުވެވުނުއިރު، އާސެނަލް ވަނީ ލީގުގެ ފަސް ވަނަ އަށް ވެއްޓިފަ އެވެ. އެެ ޓީމަށް ކުޅުނު 20 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ.