ރާއްޖޭގެ ގައުމީ ދުވަސް މިއަދު ފާހަގުކާއިރު، މިހާރު ލޮލުން ފޭދެނީ ފުން އަސަރުގެ ކަރުނަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
27 ސެޕްޓެމްބަރ 2022
ރާއްޖޭގެ ގައުމީ ދުވަސް މިއަދު ފާހަގުކާއިރު، މިހާރު ލޮލުން ފޭދެނީ ފުން އަސަރުގެ ކަރުނަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މިހާރުގެ އިދިކޮޅު ލީޑަރު ޔާމީން، މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ މެސެޖު ޓުވީޓަކުން އާންމުންނަށް ދޫކޮށްލެއްވީ "ބަނަވެ ނާމާންވަމުންދާ ދުވަސްތަކެއްގެ" ހިތްދަތިކަމާއެކު އެވެ.
ގައުމީ ދުވަސް އެ ބޭފުޅަކާ ގުޅުވައިގެން ފާހަގަކުރާ ބޮޑުތަކުރުފާނުގެ ޖިހާދުގެ ހަނދާން އާ ކުރައްވަމުން ޔާމީން ވިދާޅުވީ، މިއަދު ލޮލުން ފާއްދާލަނީ ފުން އަސަރުގެ ކަރުނަ ކަމަށެވެ.
"...ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދެވެ. ނަމަވެސް މިއަދު ލޮލުން ފާއްދާލަނީ ފުން އަސަރުގެ ކަރުނަ އެވެ،" އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ނެރޭ ކެންޑިޑޭޓް ވިދާޅުވި އެވެ.
ބަނަވެނާމާންވަމުންދާދުވަސްތަކެއްގެހިތްދަތިކަމާއެކުވެސް ޤައުމީދުވަހުގެހެޔޮއެދުންތައްލޮބުވެތިރައްޔިތުންގެއަރިހަށްފޮނުވަމެވެ.ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދެވެ.ނަމަވެސް މިއަދުލޮލުން ފާއްދާލަނީފުންއަސަރުގެކަރުނައެވެ?
— Abdulla Yameen (@prz_ymn) September 27, 2022
ކުރީގެ ރައީސް ޔާމީންގެ ޓްވީޓު
މީގެ ކުރިން ދުވަހަކު ވެސް ރަސްމީ ޓްވިޓާ އެކައުންޓެއް ނުގެންގުޅުއްވާ ޔާމީން، ޓްވިޓާ ބޭނުންކުރައްވަން ފެއްޓެވީ، މި އަހަރުގެ މޭ މަހު އެވެ. އެ އެކައުންޓު މެދުވެރިކޮށް، ސިޔާސީ ޓްވީޓުތަކުގެ އިތުރުން ގައުމީ އެކި މުނާސަބަތުތަކުގައި ޔާމީން ޓްވީޓު ކުރައްވަ އެވެ.
އާންމުކޮށް، އިނގިރޭސި ބަހުން ޓުވީޓް ކުރައްވާ ޔާމީން، ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ޓުވީޓް ކުރެއްވީ ދިވެހި ބަހުންކަން ވެސް ފާހަގަކުރެވެ އެވެ.
ޔާމީން މީގެ ކުރިން އެންމެ ގިނައިން ޓްވީޓު ކުރައްވާފައި ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި އިންޑިއާ އިން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވާ ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުންނެވެ.
އިންޑިއާ އިން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރުކުރާ ގޮތަށް ކަންތައްތައް ކުރަމުންދާ ކަމަށް ބުނެ އިދިކޮޅުން ފެއްޓި "އިންޑިއާ އައުޓް" ހަރަކާތުގައި ޔާމީން އިސް ދައުރެއް އަދާކުރައްވައި އެ ގައުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ނަމަވެސް މިހާރު އެ ހަރަކާތް އޮތީ ހުއްޓިފަ އެވެ.
ރިޔާސީ އިންތިހާބަށް ޔާމީން ތައްޔާރުވަމުން ގެންދަވާއިރު، އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިން އަދި ރިޝްވަތުގެ ދައުވާތައް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ގެންދެ އެވެ. އެ މައްސަލައިގައި މިހާރު ހެކިބަސް ނަގައި ނިމިފައިވާއިރު ދެން އޮތީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ހުކުމް ކުރުމާ ހިސާބަށް ދިޔުމުގެ ކުރިިން އިއްވާ ހުލާސާ ބަޔާން އިއްވުމެވެ.
އޮޅުވާލުމާއި ޔާމީންގެ އަޑި ނޭނގޭ އެކި މޫނުތައް!
މުއިއްޒުގެ އެޖެންޑާގެ ކުރީގައި ޔާމީން މިނިވަންކުރުން!
ޔާމީން މި ފަހަރު ވެސް ނަމެއް ނުދެއްވި، ސެނެޓް މާދަމާ
ޔާމީން ދައްކާ ކެންޑިޑޭޓާ މެދު ގޮތެއް ނިންމުން ސެނެޓަށް
ޕީޕީއެމް ރޫޅި ހައްގު ގެއްލުނަސް ގޮތް ދޫކުރުމެއް ނެތް!
ބަލަން އުޅުނު ފައިލްގައި ޔާމީންގެ ފޯމެއް ނެތް:ވަކީލުން
ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކުރަން ސުޕްރީމްކޯޓަށް
ޔާމީންގެ ފޯމު ހުށަހަޅަން މަސައްކަތް ފަށައިފި
އިދިކޮޅުގެ ޖަވާބު ބަދަލު ނުވާނެ "ކެންޑިޑޭޓަކީ ޔާމީން"
އިދިކޮޅުން ބުނީ އެޗުއާރުސީއެމް މެމްބަރު ވަކިކުރާނެކަމަށް