ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރި ދައުވާތައް އަނބުރާ ފޮނުވާލީ އެ މައްސަލަތައް ފަހުން ހުށަހެޅޭ ގޮތަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
05 އޮކްޓޯބަރ 2022
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރި ދައުވާތައް އަނބުރާ ފޮނުވާލީ އެ މައްސަލަތައް ފަހުން ހުށަހެޅޭ ގޮތަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އަލީ ވަހީދަށް ކުރާ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތައް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި އަނބުރާ ފޮނުވާލީ އޭނާ މިދިޔަ އަހަރު އެ ކޯޓުގެ ހުއްދައާ އެކު ރާއްޖެއިން ބޭރަށް ވަޑައިގަތް ފަހުން އެނބުރި އައިސްފައި ނުވާތީ އޭނާގެ ޝަރީއަތް ކުރިއަށް ނުގެންދެވިގެންނެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލަތައް އަނބުރާ ފޮނުވާލީ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ ދަށުން، އޭނާ ހާޒިރުވެއްޖެނަމަ އަލުން ދައުވާ ކުރެވޭ ގޮތަށް ކަމަށެވެ.
އެ މާއްދާއަކީ ދައުވާލިބޭ މީހާ ހާޒިރު ނުކުރެވިއްޖެ ނަމަ، އޭނާ ހާޒިރުކުރެވެން ދެން އެ މައްސަލަ އަނބުރާ ފޮނުވާލުމާބެހޭ މާއްދާ އެވެ. އެހެންވެ، އަލީ ވަހީދު ހާޒިރުކުރެވޭ ގޮތް ވެއްޖެނަމަ އެ މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.
އަލީ ވަހީދު މިދިޔަ އަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތަށް ވަޑައިގަތީ ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލުމުން ބޭސްފަރުވާއަށް ހަތަރު މަސް ދުވަހަށެވެ. އޭނާ ރާއްޖެ ގެންނަން އިންޓަޕޯލް ރެޑް ނޯޓިސް ނެރުމުގެ މަސައްކަތްކުރާ ކަމަށް ފުލުހުން ބުންޏަސް، މިހާތަނަށް އެކަމެއް ނުކުރެ އެވެ.
އަލީ ވަހީދުގެ މައްޗަށް ސުޕްރީމް ކޯޓުން ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. އެއީ ވެސް އޭނާ އެ ކޯޓުގެ ޝަރީއަތަށް ހާޒިރު ނުވުމުންނެވެ.
އޭނާ ބޭރަށް ވަޑައިގަތީ އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ އަސްހަދު އަލީ (އަޑުބަރޭ) ޖާމިނުކުރުމަށްފަހު ކަމަށްވާތީ، އަލީ ވަހީދު އެނބުރި ވަޑައިނުގަންނެވި މައްސަލާ ކޯޓުން ވަނީ އަޑުބަރޭއަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ޗިޓް ރައްދު ނުވި،އެދެނީ މައްސަލަ ކުރިއަށް ގެންދަން
ޕާސްޕޯޓު ދޫކޮށްލުމުން އަލީ ވަހީދު ރާއްޖެ އިން ބޭރަށް
އަޑުބަރޭ ރާއްޖޭގައި ނެތް ކަމަށް ފުލުހުން އަންގައިފި
އަލީ ވަހީދު ހިމާޔަތަކަށް ނޭދޭ، ރާއްޖެ ނާންނާކަށް ނޫޅޭ
އަލީ ވަހީދު ހައި ކޮމިޝަނަށް ދިޔަކަމުގެ ޔަގީންކަން ދީފި
ގާނޫނު ނުހިނގާ ތަނެއްގައި ޝަރީއަތް ކުރެވިދާނެތަ؟
އަލީ ވަހީދުގެ މައްސަލައިގައި ލިޔުންތައް ނުދޭ: ޕީޖީ
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ނުބޭއްވޭނެ: ޕީޖީ
އަލީ ޝަރީއަތުގައި ބައިވެރިވަނީ އޮންލައިންކޮށް ޔޫކޭއިން
އަލީ ވަހީދުގެ ޝަރީއަތް އަންނަ ހަފުތާގައި ބާއްވަނީ