އެމްޓީސީސީ ދިވެހި ސާފް ލީގުގެ ހަތަރު ވަނަ މުބާރާތް، ކ. ހިންމަފުށީގައި ކުރިއަށް ގެންދިޔަ "ގާމާދޫކޮޅު 2022" ގެ ފިރިހެން އޯޕަން ގައި ހޫދު އަހުމަދު (ހޫބްޒް) އާ ވާދަކޮށް ހުސެއިން އަރީފް (އިބޫ) ޗެމްޕިއަންކަން ހޯދައިފި އެވެ.
08 އޮކްޓޯބަރ 2022
އެމްޓީސީސީ ދިވެހި ސާފް ލީގުގެ ހަތަރު ވަނަ މުބާރާތް، ކ. ހިންމަފުށީގައި ކުރިއަށް ގެންދިޔަ "ގާމާދޫކޮޅު 2022" ގެ ފިރިހެން އޯޕަން ގައި ހޫދު އަހުމަދު (ހޫބްޒް) އާ ވާދަކޮށް ހުސެއިން އަރީފް (އިބޫ) ޗެމްޕިއަންކަން ހޯދައިފި އެވެ.
އިބޫ އަކީ އެންމެ ގިނަ ފަހަރު ރާޅާއެޅުމުގެ ގައުމީ މުބާރާޓް ކާމިޔާބުކުރި އެތުލީޓެވެ. އޭނާ ވަނީ ހަތް ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އަދި ހޫބްޒް އަކީ އެންމެ ފަހުން މިދިޔަ އަހަރު ބޭއްވި ގައުމީ މުބާރާތުގެ ޗެމްޕިއަނެވެ. އޭގެ ކުރިން 2019 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކުރީ އިބޫ އެވެ. އެ މުބާރާތަށް ފަހު މިއީ އެމްއެސްއޭ ގެ މުބާރާތެއްގައި އިބޫ ވާދަކުރި ފުރަތަމަ ފަހަރެވެ.
އަނިޔާގެ ސަބަބުން އެންމެ ފަހުން ރ. ކިނޮޅަހުގައި ބޭއްވި މުބާރާތުގައި ހޫބްޒް ވާދަކޮށްފައެއް ނުވެ އެވެ.
ފޯރި ގަދަ ފައިނަލް ހީޓުގައި އިބޫ އެންމެ ފުރަތަމަ ކުރީގައި އޮއްވައި ހޫދު ވަނީ 12.20 ޕޮއިންޓް ސްކޯ ކޮށްގެން ލީޑު ނަގައިފަ އެވެ. އެންމެ ރަނގަޅު ރާޅަށް 6.20 ޕޮއިންޓް ލިބުނު އިރު، ދެ ވަނަ ރާޅަކަށް ހަ ޕޮއިންޓް ހޯދި އެވެ.
އިބޫ ކުރި ހޯދީ އޭނާގެ އެންމެ ފަހު ދެ ރާޅުގައި އެންމެ ރަނގަޅު ސްކޯ ހޯދައިގެންނެވެ. ފަސް ވަނަ ރާޅުގައި 7.83 ޕޮއިންޓް ހޯދި އިރު، ފަހު ރާޅުގައި 6.77 ޕޮއިންޓް ހޯދި އެވެ. ދެ ސާފަރުން ވެސް ފައިނަލް ހީޓުގައި ވަނީ ހަ ރާޅުގައި ދުއްވައިފަ އެވެ.
އިބޫ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގެ ފުރަތަމަ ހީޓުގައި، މިއަހަރުގެ ސާފް ލީގުގެ އެންމެ ފަހުން ބޭއްވި ދެ އިވެންޓުގެ (މ. މުލި އަދި ރ. ކިނޮޅަހުގައި ބޭއްވި މުބާރާތުގެ) ޗެމްޕިއަން އަހުމަދު އާގިލް (އަންމަޑޭ) ބަލިކޮށްފަ އެވެ.
ސެމީގެ ހީޓުގައި އިބޫ ޖުމްލަ 15.17 ޕޮއިންޓް ސްކޯ ކުރި އިރު، އަންމަޑޭ އަށް ހޯދުނީ 11.97 ޕޮއިންޓެވެ.
ސެމީގެ ދެ ވަނަ ހީޓުގައި ހޫބްޒް ވަނީ މުޅިން އަލަށް އެމްއެސްއޭ މުބާރާތެއްގައި ރާޅާއަޅާ ސަލްމާންއާ ވާދަކޮށް 10.86 ޕޮއިންޓު ހޯދައިގެން ހީޓް ކާމިޔާބު ކޮށްފަ އެވެ. ސަލްމާން އަށް ހަމަކުރެވުނީ 9.34 ޕޮއިންޓެވެ.
ކުއާޓާގެ ހަތަރުވަނަ ހީޓުގައި ވާދަކުރީ ގދ. ގައްދޫގެ ދެ އެތުލީޓުންނެވެ. ހޫބްޒް މި ހީޓް ކާމިޔާބުކުރީ 12 ޕޮއިންޓް ހޯދައިގެން ނަޖާހު މުހައްމަދު (ކަނބޯ) ފަހަތަށް ޖައްސާލައިފަ އެވެ.
ފޯރި ގަދަވި މި ހީޓުގައި އެންމެ ރާޅެއް އަޅައިގެން 5.67 ޕޮއިންޓް ސްކޯ ކޮށްގެން ހީޓު ނިމެން ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް ވެސް ހޫބްޒް އޮތީ ފަހަތުގަ އެވެ. އޭރު ކަނބޯ އޮތީ 8.50 ޕޮއިންޓް ސްކޯ ކޮށްގެން ލީޑުގަ އެވެ.
ހީޓް ނިމެން 20 ސިކުންތަށް ވެފައި ވަނިކޮށް ހޫބްޒް ވަނީ ދެވަނަ ރާޅެއް އަޅައި 6.33 ޕޮއިންޓް ސްކޯ ކޮށް، ލީޑު ހޯދައިފަ އެވެ. ހީޓް ނިމުމުގެ ކުރިން ކަނބޯ ރާޅަކާ އަޅައި 5.73 ޕޮއިންޓް ހޯދި ނަމަވެސް ހޫބްޒްގެ ޖުމްލަ ސްކޯ ބީޓު ކުރެވޭ ގޮތެއް ނުވި އެވެ. ކަނބޯ އަށް ހަމަކުރެވުނީ 10.40 ޕޮއިންޓެވެ.
ކުއާޓާގެ ފުރަތަމަ ހީޓުގައި ވާދަކުރީ ޖައިލަމް ނިޒާރާއި އަންމަޑޭ އެވެ. އަންމަޑޭ ވަނީ 12.30 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ޖައިލަމް އަށް ހަމަކުރެވުނީ 10.07 ޕޮއިންޓެވެ.
ދެ ވަނަ ކުއާޓާގައި އިބޫ ވަނީ 11.20 ޕޮއިންޓް ސްކޯ ކޮށްގެން އެންމެ ޕޮއިންޓެއްގެ ތަފާތުން ހަސަން ނާސިހު ގެ މައްޗަށް ކުރި ހޯދައިފަ އެވެ.
ހިންމަފުށީގެ ސަލްމާން އަހުމަދު ވާދަކުރީ ކުއާޓާގެ ތިން ވަނަ ހީޓުގައި އެރަށު މުހައްމަދު އަތޫފް އާ ދެކޮޅަށެވެ. ސަލްމާން އެ ހީޓް ކާމިޔާބުކުރީ 8.87 ޕޮއިންޓު ހޯދައިގެންނެވެ. އަތޫފް އަށް ލިބުނީ 7.17 ޕޮއިންޓެވެ.
މިއަހަރުގެ ދިވެހި ސާފް ލީގުގައި މިހާތަނަށް ހަތަރު މުބާރާތެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ބާކީ އޮތީ، އަންނަ މަހު 10-19 އަށް މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ގައުމީ މުބާރާތް "ރަންނަމާރި ޗެލެންޖް 1444" އެވެ.
ގައުމީ މުބާރާތުގެ ކުރިން މި މަހުގެ 26-29 އަށް އެމްއެސްއޭ އިން ވަނީ 18 އަހަރާއި 16 އަހަރާއި އަދި 14 އަހަރުން ދަށުގެ ޖޫނިއާ އަންހެން އަދި ފިރިހެން ސާފަރުންނަށް ހާއްސަކޮށްގެން މުޅިން އަލަށް ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕެއް މާލޭގައި ބާއްވަން ތާވަލް ކޮށްފަ އެވެ.
އަންމަޑޭ، ސްމައިލީ، ހޫބްޒް އޭޝިއަން ޗެމްޕިއަންޝިޕަށް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕަށް ޒުވާން ސްކޮޑު ނަގައިފި
ސާފިންގެ އަންހެން ޗެމްޕިއަންކަން އާޔާ އަށް
ޖޫނިއާ ޗެމްޕިއަންކަން އިނާނާއި ޔަސީން އަދި ކަޔާނަށް
ތިން ވަނަ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ފަށައިފި
ރަންދާ ރާޅުގަނޑުގެ ޗެމްޕިއަންކަން އިއްސެއާއި އިނާންއަށް
ރަންދާ ރާޅުގަނޑުގައި ޖޫނިއާ ސެމީއަށް ސާފަރުން ހޮވިއްޖެ
ސާފިން ޖޫނިއާ ރޭންކިންގައި ރާއްޖެ އަށް އޭޝިއާގެ ދެވަނަ
ޗެމްޕިއަންކަން އިންޑޮނޭޝިއާ އާއި ޖަޕާނު ސާފަރުންނަށް
ފައިނަލަށް ނުދެވުނަސް ކަޔާން ދައްކައި ދިނީ އުންމީދު