Roadha Mihaaru
ޔާމީން ހއ. އަށް، ބޮޑު ޖަލްސާ މިރޭ އިވަހަންދޫގައި

ޔާމީން ހއ. އަށް، ބޮޑު ޖަލްސާ މިރޭ އިވަހަންދޫގައި

15 އޮކްޓޯބަރ 2022

އިދިކޮޅު ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމަށާއި ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ހއ. އަތޮޅަށް ވަޑައިގެންފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިދިކޮޅު ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމަށާއި ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ހއ. އަތޮޅަށް ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ހއ. އަތޮޅުން ޔާމީން ފަސް ރަށަކަށް ވަޑައިގަންނަވާނެ އެވެ. އެއީ ދިއްދޫ އާއި އިހަވަންދޫ އާއި ކެލާ އަދި ތުރާކުނުގެ އިތުރުން ބާރަށެވެ.

ހދ. ހަނިމާދޫ މަގުން ހއ. އަށް ކުރައްވާ އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހަނިމާދޫގައި ތިއްބެވި އިދިކޮޅުގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހދ. ހަނިމާދޫއަށް ވަޑައިގެން އެރަށުގައި ތިއްބި އިދިކޮޅުގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހދ. ހަނިމާދޫއަށް ވަޑައިގެން އެރަށުގައި ތިއްބި އިދިކޮޅުގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: ޕީޕީއެމް

ޕީޕީއެމުން ބުނީ މިއަދު ހަވީރު އެންމެ ފުރަތަމަ ޔާމީން ވަޑައިގަންނަވަނީ އިހަވަންދޫއަށް ކަމަށެވެ. އަދި އެރަށުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެެވެ.

ކުރިން ޕީޕީއެމުން ބުނެފައިވާ ގޮތުގައި ޔާމީންގެ މި ދަތުރުފުޅުގައި އެންމެ މުހިއްމު އެއް ކަމަކަށް އޮތީ 2023 އަށް އެ ޕާޓީގެ މެނިފެސްޓޯ ތައްޔާރުކުރުމުގައި އާންމުންގެ ހިޔާލާއި މަޝްވަރާ ހޯދުމެވެ. އޭގެ ތެރޭގައި މަސްވެރިންނާއި ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ކަހަލަ އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުން އޮންނާނެ އެވެ.

ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ޔާމީން ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު މިއީ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އެމަނިކުފާނު އަތޮޅު ތެރެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގަތީ ދ. ކުޑަހުވަދޫ އަށެވެ.

މި ދަތުރުފުޅުގައި ޔާމީނާ އެކު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ހިމެނޭ ގޮތަށް އިދިކޮޅުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.