ހދ. ނޮޅިވަރަންފަރުގައި އިމާރާތް ކޮށްފައި ހުރި 100 ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
25 އޮކްޓޯބަރ 2022
ހދ. ނޮޅިވަރަންފަރުގައި އިމާރާތް ކޮށްފައި ހުރި 100 ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ނޮޅިވަރަންފަރުގައި އިމާރާތް ކޮށްފައިވާ 100 ފްލެޓުގެ މަސައްކަތް ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާ އެވެ. ދައުލަތުގެ ބަޖެޓުން 53.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ފެށި އެ މަޝްރޫއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ފެށި މަޝްރޫއު އެކެވެ.
އަށް މަސް ދުވަހުގެ ތެރޭގައި ނިންމަން އޭރު ފެށި އެ މަޝްރޫއު ވަނީ 2014 ވަނަ އަހަރު ހުއްޓިފަ އެވެ.
އެ ފްލެޓްތައް އަލުން ނިންމަން ހަވާލުކުރީ ދޮންބެޒް ޕްރައިވެޓް ލިމިޓަޑާ އެވެ.
ނޮޅިވަރަންފަރު ކައުންސިލުން މިއަދު ކުރި އިއުލަނެއްގައި ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެ ރަށުގައި އިމާރާތްކޮށްފައިވާ 100 ފްލެޓް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެތަންތަން ދޫކުރުމަށް ހަމަޖެހިފައިވަނީ ޕްލޭނިން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް، ނޮޅިވަރަންފަރުގެ ރައްޔިތުންނަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީގައި 75 ހައުސިންޔުނިޓާއި ނޮޅިވަރަންފަރަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީގައި 25 ފްލެޓު ކަަމަށެވެ.
ފްލެޓު ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރުމަށްފަހު އަންނަ މަހުގެ 24 ވަނަ ދުވަހުގެ ކުރިން ކައުންސިލަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
ނޮޅިވަރަންފަރު ހައުސިން ޔުނިޓްގެ ލިސްޓު ބާތިލް
ނޮޅިވަރަންފަރުގެ ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލައިފި
ހަނިމާދޫ، ނޮޅިވަރަމްފަރުގެ ހައުސިން ޔުނިޓް ނިންމަނީ
ފްލެޓަށް އެދުނު އެންމެންނަށް ބޯހިޔާވަހިކަން ހަމަޖެހޭނެ
"ކުރީގެ ލިސްޓުގައި ނެތް މީހަކަށް ފްލެޓް ނުލިބޭނެ"
ފްލެޓު ލިސްޓާ ގުޅިގެން އެމްޑީޕީގެ ތުހުމަތުތަކެއް!
ޕްރިޔަންކާގެ ހަތަރު ފްލެޓު ބޮޑު އަގުގައި ވިއްކާލައިފި
3 ދުވަސް ތެރޭ ފްލެޓް ލިސްޓާ ގުޅޭ 700އެއްހާ ޝަކުވާ
ފްލެޓް ލިސްޓް ޝަކުވާއަށް ހުޅުވާލައިފި
އުތުރުތިލަފަޅަށް ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް