Roadha Mihaaru
ސްކޯ ދިމާކޮށްގެން އައިފޯން 14 ޕްރޯ މެކްސް އެއް

ވެލިގާ ވޯލްޑް ކަޕް ފޯރި: ސްކޯ ދިމާ ކޮށްގެން އައިފޯން 14 ޕްރޯ މެކްސް އެއް

21 ނޮވެމްބަރ 2022

"މިހާރު"ގެ ސްކޯ ޕްރިޑިކްޓާގައި ހިމެނޭ ވެލިގާ ގްރޫޕް، "ވެލިގާ ވޯލްޑް ކަޕް ފޯރި" ގައި ސްކޯ ދިމާކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައިން ރަނގަޅު ސްކޯ ދިމާކުރާ މީހަކަށް އައިފޯނު 14 ޕްރޯ މެކްސްއެއް ހުށަހަޅާފައި ވާއިރު ގިނަ ބަޔަކު އޭގައި ބައިވެރިވެއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

"މިހާރު"ގެ ސްކޯ ޕްރިޑިކްޓާގައި ހިމެނޭ ވެލިގާ ގްރޫޕް، "ވެލިގާ ވޯލްޑް ކަޕް ފޯރި" ގައި ސްކޯ ދިމާކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައިން ރަނގަޅު ސްކޯ ދިމާކުރާ މީހަކަށް އައިފޯނު 14 ޕްރޯ މެކްސްއެއް ހުށަހަޅާފައި ވާއިރު ގިނަ ބަޔަކު އޭގައި ބައިވެރިވެއްޖެ އެވެ.

ވެލިގާގެ ގްރޫޕްގައި މިހާތަނަށް ތިން ހާހެއްހާ މީހުން ބައިވެރިވެފައި ވާއިރު މީގެ ތެރެއިން އެންމެ މޮޅު ބައިވެރިއަކަށް ހޮވޭނީ އެންމެ ގިނަ މެޗުތަކުގެ ރަނގަޅު ސްކޯ ދިމާކުރާ މީހެކެވެ. އަދި އެންމެ މަތިން ހޯދާ އިތުރު ފަސް މީހަކަށް 5،000ރ. ގެ ގިފްޓު ވައުޗަރެއް ވެސް ލިބޭނެ އެވެ. އަދި ވެލިގާއިން ކަނޑައަޅާ ވަކި މެޗުތަކެއްގެ ސްކޯ ދިމާ ކުރުމުން ވެސް އަގުހުރި ގިފްޓު ވައުޗަރެއް ލިބޭނެ އެވެ. ވެލިގާއިން ބުނީ އެ ފިހާރައިން ގިފްޓު ވައުޗާ ހުށަހަޅާ ހާއްސަ މެޗުތަކުގެ މައުލޫމާތު ސޯޝަލްމީޑިއާ މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

ވޯލްޑް ކަޕް ފޯރި އިތުރުކުރުމުގެ ގޮތުން "މިހާރު" ސްކޯ ޕްރިޑިކްޓާގައި އެ ތަނުގެ މުވައްޒަފުންނަށް ހާއްސަ ޕްރައިވެޓް ގުރޫޕެއް ވެސް ވަނީ ހަދައިފަ އެވެ. އެ ގުރޫޕުގައި ސްކޯ ދިމާ ކުރާ މުވައްޒަފުންނަށް އަގުހުރި ބޮޑެތި އިނާމުތަކެއް ވަނީ ހުށަހަޅައިފަ އެވެ. އެއް ވަނަ އިނާމަކަށް ޓެންތު ޖެން އައި ޕެޑް މިނީއެއް ހުށަހަޅާފައި ވާއިރު، ދެ ވަނަ އަށް އެއިޓްތް ޖެންގެ އެޕަލް ވޮޗެއް ވަނީ ހުށަހަޅާފަ އެވެ. އަދި ތިން ވަނަ އަށް ސެކަންޑް ޖެންގެ އެއާޕޮޑް ޕްރޯއެއް ވަނީ ހުށަހަޅައިފަ އެވެ.

ވެލިގާ އަކީ ދިވެހިންގެ މެދުގައި ފުޓުބޯޅައިގެ ފޯރިގަދަ ކުރުމަށް އަގުހުރި އިނާމުތަކެއް ހުށަހަޅާ އެކި މުބާރާތްތަކަށް ފެންޓަސީ ލީގު ވެސް ހިންގާ ފިހާރައެކެވެ.