Roadha Mihaaru
ވެލިގާ ވައިބާ ކޮމިއުނިޓީއަށް ވަދެގެން އަގުހުރި އިނާމެއް

ވެލިގާ ވައިބާ ކޮމިއުނިޓީއަށް ވަދެގެން އަގުހުރި އިނާމެއް

04 އޯގަސްޓް 2020

ވެލިގާގެ ފިހާރަތަކުން ހުޅުވާފައިވާ ވައިބާ ކޮމިއުނިޓީތަކަށް ވަންނަ ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވެލިގާގެ ފިހާރަތަކުން ހުޅުވާފައިވާ ވައިބާ ކޮމިއުނިޓީތަކަށް ވަންނަ ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހާޑްވެއާ ވިޔަފާރި ކުރަމުން އަންނަ އެއް ކުންފުނީގެ ކޮންމެ ފިހާރައެއްގެ ވެސް ވަކި ވައިބާ ކޮމިއުނިޓީއެއް ވަނީ ހަދައިފަ އެވެ. މި ކޮމިއުނިޓީތަކާ ގުޅޭ ކަސްޓަމަރުންގެ ތެރެއިން ވެލިގާގެ ކޮންމެ ފިހާރައަކުން ވެސް ތިން ނަސީބުވެރިންނާއި ބްލަންކް ފިހާރައިން ފަސް ނަސީބުވެރިން ހޮވާނެ އެވެ. އިނާމުގެ ގޮތުގައި ކޮންމެ ނަސީބުވެރިއަކަށް 1،500ރ. ގެ ވައުޗަރެއް ވަނީ ހުށަހަޅައިފަ އެވެ.

ވެލިގާއިން ބުނީ މި ވައުޗަރުތައް ބޭނުންކޮށްގެން އެ ކުންފުނީގެ ކޮންމެ ފިހާރައަކުން ވެސް ވިޔަފާރި ކުރެވޭނެ ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވެލިގާގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އިރުފާއު އަބްދުﷲ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ކަސްޓަމަރުން ވިޔަފާރިކޮށް އުޅޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން، ވެލިގާގެ ވައިބާ ކޮމިއުނިޓީތަކަކީ މި ބަދަލާ އެއްގޮތަށް އަދި ކަސްޓަމަރުންނަށް ފަސޭހަ ވެސް ވާނެ ހެން ހެދި ގްރޫޕްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވެލިގާއިން ހުޅުމާލޭގައި ހިންގަމުން އަންނަ ބްލަންކް ފިހާރަ-- ފޮޓޯ: މިހާރު

ވެލިގާއިން ހުޅުމާލޭގައި ހިންގަމުން އަންނަ ބްލަންކް ފިހާރަ-- ފޮޓޯ: މިހާރު

"ފިހާރައަށް އައިސް މުދާ ބަލައި މުދަލުގެ މައުލޫމާތު ހޯދުން މިހާރު އެއީ އެންމެ ރަނގަޅު ގޮތެއް ނޫން. މިހެންވެ ކަސްޓަމަރުނާއި އަޅުގަނޑުމެންގެ ޓީމުގެ ވެސް ރައްކާތެރިކަމަށް މި އެދެނީ ފިހާރައަށް ނައިސް ފޯނު މެދުވެރިކޮށް މި ހިދުމަތްތަކުގެ ބޭނުން ކުރުމަށް،" އިރުފާއު ވިދާޅުވި އެވެ.

"ވައިބާގައި މި ޕްރޮމޯޝަން ހިންގުމުގެ މައިގަނޑު ބޭނުމަކީ ވެސް ކަސްޓަމަރުން ފިހާރައަށް އައުން މަދުކޮށް، ފޯނު މެދުވެރިކޮށް މުދާ އޯޑަރު ކުރުމަށް ބާރު އެޅުން."

ވެލިގާއިން ވަނީ ވައިބާގެ އިތުރުން ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށްގެން ވެސް ފަސޭހައިން އޮންލައިންކޮށް ވިޔަފާރިކުރެވޭ ގޮތަށް ބަދަލުކޮށްފަ އެވެ. އެހެންކަމުން އޮންލައިން ވިޔަފާރިއަށް ކަސްޓަމަރުން ބަރޯސާވުމަށް އެ ކުންފުނިން އެދެ އެވެ.

ވެލިގާގެ ވައިބާ ކޮމިއުނިޓީތައް

- ވެލިގާ ހާޑްވެއާ 1 (މާފަންނު) http://ow.ly/llBe50AzNjl

- ވެލިގާ ހާޑްވެއާ 2 (ޖަނަވަރީ މަގު) http://ow.ly/N2bu50AzNji

- ވެލިގާ ހާޑްވެއާ 3 (ބާޒާރު) http://ow.ly/pUmw50AzNjj

- ވެލިގާ ހާޑްވެއާ 4 (މަޖީދީ މަގު) http://ow.ly/4gB350AzNjp

- ވެލިގާ ހާޑްވެއާރ 5 (ހުޅުމާލެ) http://ow.ly/XIpF50AzNjs

- ބްލަންކް (މާލެ، ހުޅުމާލެ) http://ow.ly/J4Vz50AzNjo