Roadha Mihaaru
ވެލިގާ އާއި ބްލަންކުން ހިޔާ ފްލެޓަށް ހާއްސަ ޕެކޭޖެއް

ވެލިގާ އާއި ބްލަންކުން ހިޔާ ފްލެޓަށް ހާއްސަ ޕެކޭޖެއް

21 އޯގަސްޓް 2021

ހިޔާ ފްލެޓު ލިބުނު މީހުންނަށް ހާއްސަ ޕެކޭޖެއް ވެލިގާ ހާޑްވެއާ އާއި އެ ކުންފުނީގެ ދަށުން ހިންގާ ބްލަންކުން ތައާރަފުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހިޔާ ފްލެޓު ލިބުނު މީހުންނަށް ހާއްސަ ޕެކޭޖެއް ވެލިގާ ހާޑްވެއާ އާއި އެ ކުންފުނީގެ ދަށުން ހިންގާ ބްލަންކުން ތައާރަފުކޮށްފި އެވެ.

މި ޕެކޭޖުގެ ދަށުން ފްލެޓުތަކުގެ ފިނިޝިންއަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބޭނެ އެވެ. މިއީ 33،000ރ. ގެ ޕެކޭޖެކެވެ.

ވެލިގާގެ ކޯޕަރޭޓް ސޭލްސް މެނޭޖަރު މިފްޒާން މުހައްމަދު ވިދާޅުވީ އެ ކުންފުނީގެ ކަސްޓަމަރުން ބޭނުންވާނަމަ ފްލެޓަށް ހާއްސަ ޕެކޭޖުގައި ހިމެނޭ ސާމާނުގެ އިތުރުން ވެސް ހާއްސަ އަގެއްގައި އެހެން ބައެއް ސާމާނު ވެސް ލިބޭނެ ކަމަށެވެ. އަދި އެކަމަށް ހާއްސަ ކެޓަލޮގެއް ވެސް ހަދާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޕެކޭޖުން ފްލެޓަށް ބޭނުން ވާނެ ހުރިހާ ސާމަނެއް ކަސްޓަމަރުންނަށް ލިބިގެން ދާނެ. އިތުރަށް ބޭނުންވާ ސާމާނާ އެކު ޕެކޭޖް ކަސްޓަމައިޒް ވެސް ކުރެވޭނެ. ޕެކޭޖުގެ އިތުރުން މިހާރު އަޅުގަނޑުމެން ވާނީ ހިޔާ ފްލެޓަށް ހާއްސަ ކޮށްގެން އައިޓަމް ކެޓަލޮގެއް ވެސް ހަދައިފަ. އެކި ރޭންޖުތަކުގެ ކަސްޓަރުންނަށް ބޭނުން ވާނެ ހުރިހާ ސާމާނެއް މީގެން ބަލާލެވެން ހުންނާނެ." މިފްޒާން ވިދާޅުވި އެވެ.

ވެލިގާގެ ޕެކޭޖުގައި ހިމެނޭ ތަކެތި--

ވެލިގާ ހުރިހާ ފިހާރައަކުން ވެސް ކަސްޓަމަރުންނަށް މި ޕެކޭޖް ނެގޭނެ އިންތިޒާމު ހަމަޖެހިފައިވާ އިރު އިސްލާމިކް ބޭންކާއި އެމްއެފްއެލްސީ އަދި ބީއެމްއެލް ފައިނޭންސިން މެދުވެރިކޮށް ވެސް މި ޕެކޭޖް ނެގޭނެ އެވެ.

މި ޕެކޭޖާ ބެހޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް 3337827 ގުޅައިގެން އަދި [email protected] އަށް އީމެއިލް ކޮށްގެން މައުލޫމާތު ސާފުކުރެވޭނެ އެވެ.