Roadha Mihaaru
ވެލިގާގެ ދެ ވަނަ ރޯޑް ޝޯ އަންނަ މަހު ކުޅުދުއްފުށީގައި

ވެލިގާގެ ދެ ވަނަ ރޯޑް ޝޯ އަންނަ މަހު ކުޅުދުއްފުށީގައި

27 ފެބުރުއަރީ 2023

ވެލިގާ ހާޑްވެއާގެ ދެ ވަނަ ރޯޑް ޝޯ އަންނަ މަހު ހދ. ކުޅުދުއްފުށީގައި ބާއްވަން ހަމަަޖައްސައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ވެލިގާ ހާޑްވެއާގެ ދެ ވަނަ ރޯޑް ޝޯ އަންނަ މަހު ހދ. ކުޅުދުއްފުށީގައި ބާއްވަން ހަމަަޖައްސައިފި އެވެ.

އެ ރޯޑް ޝޯ ކުރިއަށް ދާނީ އަންނަ މަހު 3-5 އަށެވެ.

ވެލިގާއިން ބުނި ގޮތުގައި އެ ރޯޑްޝޯގައި ވެލިގާ ހާޑްވެއާ އާއި އެ ކުންފުނިން ހިންގާ ބްލަންކް ފިހާރައިގެ އެކި ޕްރޮޑަކްޓުތައް ދައްކާ ޕްރޮޑަކްޓުތަކާ ގުޅޭ މައުލޫމާތުތައް ހިއްސާކުރާނެ އެވެ. ރޯޑްޝޯ މެދުވެރިކޮށް ކުންފުނީގެ ގިނަ ކަސްޓަމަރުންނާ ބައްދަލުވެ ގުޅުން ބަދަހިކުރެވޭނެ ކަމަށް ވެލިގާއިން ބުންޏެވެ. އަދި އެ ރޯޑްޝޯ އަކީ ކަސްޓަމަރުންނަށް ވެލިގާގެ ޕްރޮޑަކްޓުތައް ތަޖުރިބާކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށް ވެސް ބުންޏެވެ.

ވެލިގާގެ ރޯޑްޝޯ ކުރިއަށް ދާނީ ބައިވެރިންނަށް ހާއްސަ އިނާމުތަކެއް ވެސް ހުށަހަޅައިގެންނެވެ. އަދި ރޯޑްޝޯގައި ކަސްޓަމަރުންނަށް ބޭނުންވާ ޕްރޮޑަކްޓުތަކަކަށް އޯޑަރު ވެސް ދެވޭނެ އެވެ.

ވެލިގާ ރޯޑްޝޯގެ ހޯސްޓު ޕާޓްނަރަކީ ކ. ކުޅުދުއްފުށި ސިޓީ ކައުންސިލެވެ. ރީޖަނަލް މީޑިއާ ޕާޓްނަރު އަދި ފޮޓޯ އާއި ވީޑިއޯގްރަފީ ޕާޓްނަރަކީ ކުޅުދުއްފުށި އޮންލައިން އެވެ. ޕްރިންޓިން ޕާޓްނަރަކީ ޑަބްލިއު ކްރާފްޓް ސެންޓަރެވެ. އެސޯސިއޭޓް ޕާޓްނަރަކީ ކްލަބް ކޮރަލް އެވެ.

ވެލިގާއިން ފުރަތަމަ ރޯޑް ޝޯ ބޭއްވީ މި ދިޔަ އަހަރު ސެޕްޓެމްބަރު މަހު، ގދ. ތިނަދޫގަ އެވެ.