Roadha Mihaaru
ރޯދަ ސޭލް: ވެލިގާއިން ގިފްޓު ވައުޗަރާއި ޑިސްކައުންޓް

ރޯދަ ސޭލް: ވެލިގާއިން ގިފްޓު ވައުޗަރާއި ބޮޑެތި ޑިސްކައުންޓް

13 ފެބުރުއަރީ 2023

ވެލިގާ ހާޑްވެއާއިން ބޮޑެތި ޑިސްކައުންޓުތަކާ އެކު މި އަހަރުގެ ރޯދަ ސޭލް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ވެލިގާ ހާޑްވެއާއިން ބޮޑެތި ޑިސްކައުންޓުތަކާ އެކު މި އަހަރުގެ ރޯދަ ސޭލް ފަށައިފި އެވެ.

ވެލިގާއިން ބުނި ގޮތުގައި އެ ކުންފުނީގެ ހާޑްވެއާ ހުރިހާ ފިހާރަތަކާއި ކުންފުނީގެ ދަށުން ހިންގާ ބްލަންކުގެ ހުރިހާ ފިހާރަތަކުން "ރޯދަ ސޭލް"ގައި 50 ޕަސެންޓާ ހަމައަށް ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެ އެވެ. އަދި ސޭލްގެ ލަކީޑްރޯގައި ބައިވެރިވުމަށް 100ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ކޮންމެ 100ރ. އަކަށް އިތުރު ކޫޕަނެއް ލިބޭނެ އެވެ.

މި ސޭލުގެ އެއް ވަނަ އަށް ހޮވޭ ފަރާތަކަށް 15،000ރ. ގެ ގިފްޓު ވައުޗަރެއް ވަނީ ހުށަހަޅައިފަ އެވެ. އަދި އިތުރު ފަސް ފަރާތަކަށް 3،000ރ. ގެ ގިފްޓު ވައުޗަރެއް ވަނީ ހުށަހަޅައިފަ އެވެ. މި ގިފްޓު ވައުޗަރުތަކަކީ ވަކި މުއްދަތެއްގެ ތެރޭގައި ވެލިގާގެ ކޮންމެ ފިހާރައަކުން ވިޔަފާރި ކުރުމަށް ވެސް ބޭނުން ކުރެވޭނެ ގިފްޓް ވައުޗަރުތަކެކެވެ.

ވެލިގާ ރޯދަ ސޭލް އާއި ގުޅޭ ވީޑިއޯއެއް.

ވެލިގާ ރޯދަ ސޭލްގެ ލަކީޑްރޯގައި ބައިވެރިވެވޭނީ އޮންލައިންކޮށެވެ. ބައިވެރިވެވޭނީ ފޯނު ނަމްބަރު ޗެކް އައުޓް ކައުންޓަރަށް ދީގެންނެވެ. ލަކީޑްރޯގައި ބައިވެރިވެވުމުން އެކަން އަންގައިދޭ މެސެޖެއް ކަސްޓަމަރަށް ލިބޭނެ އެވެ. އެ މެސެޖުގައިވާ ލިންކުގައި ކޫޕަނުގެ ތަފްސީލުތައް ހިމެނޭނެ އެވެ.

ވެލިގާ ހާޑްވެއާގެ ފަސް ފިހާރަ މާލޭގައި ހުރެ އެވެ. އަދި އެ ކުންފުނިން ތައާރަފް ކުރި "ބްލަންކް" ބްރޭންޑުގެ ދެ ފިހާރަ މާލެ ސަރަހައްދުގައި ހުރެ އެވެ.

ވެލިގާއިން "މެޓާބޯ" ޕަވާ ޓޫލްސް އާއި "ސަޓާ" ހޭންޑް ޓޫލްސް އާއި "ސެލީސް"ގެ ތެރަހާއި ސިލިކޯނުގެ އިތުރުން އެކި ބްރޭންޑުތަކުގެ ޕަވާ ޓޫލްސް އާއި ބިލްޑިން މެޓީރިއަލްސް ލިބޭނެ އެވެ.