Roadha Mihaaru
ވެލިގާގެ ރޯޑް ޝޯއަށް ބޮޑު ތަރުހީބެއް

ވެލިގާގެ ރޯޑް ޝޯއަށް ބޮޑު ތަރުހީބެއް

07 މާޗް 2023

ހދ. ކުޅުދުއްފުށީގައި ވެލިގާއިން ބޭއްވި ރޯޑްޝޯ ކާމިޔާބުކަމާ އެކު ނިންމާލާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ހދ. ކުޅުދުއްފުށީގައި ވެލިގާއިން ބޭއްވި ރޯޑްޝޯ ކާމިޔާބުކަމާ އެކު ނިންމާލާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވެލިގާއިން ބުނި ގޮތުގައި މި މަހުގެ ތިނަކުން ފަހަކަށް ބޭއްވި ރޯޑްޝޯއަށް އުތުރުގެ ތިން އަތޮޅަކުން މީހުން ޒިޔާރަތްކޮށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

އެ ރޯޑްޝޯ އަކީ ވެލިގާ އާއި ބްލަންކުން ވިއްކާ ޕްރޮޑަކްޓުތަކުގެ މައުލޫމާތުތައް ކަސްޓަމަރުންނާ ހިއްސާކޮށް، ކަސްޓަމަރުންނާ ކުންފުންޏާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ބޭއްވި ރޯޑްޝޯއެކެވެ. އެ ރޯޑޤޝޯގައި ވެލިގާ އާއި ބްލަންކުގެ ބައެއް ޕްރޮޑަކްޓުތައް ދައްކާލާ، ޕްރޮޑަކްޓުތައް ތަޖުރިބާކުރުމުގެ ފުރުސަތު ވެސް ވަނީ ދީފަ އެވެ.

ރޯޑްޝޯއަށް ޒިޔާރަތްކުރި ކަސްޓަމަރުންގެ މެދުގައި ގުރުއަތެއް ނަގާ އަގުހުރި އިނާމުތަކެއް ވެސް ވަނީ ދީފަ އެވެ.

ރޯޑްޝޯގައި އެންމެ ބޮޑު އިނާމެއްގެ ގޮތުން ދީފައި ވަނީ މެޓާބޯ ޕަވާ ޓޫލް ސެޓެކެވެ. އޭގެ އިތުރުން މެޓާބޯ އޭންގަލް ގްރައިންޑަރަކާއި ޔާޓޯ ޗެއިންސޯއަކާއި ބްރެނެންސްޓޫލް 15 މީޓަރުގެ ކޭބަލް ރީލެއް ވެސް ވަނީ ނަސީބުވެރި ތިން ފަރާތަކަށް ދީފަ އެވެ.

މެޓާބޯގެ ޕަވާ ޓޫލްތައް ރޯޑްޝޯގައި ދައްކާލާފައިވޭ. -- ފޮޓޯ: ވެލިގާ

މެޓާބޯގެ ޕަވާ ޓޫލްތައް ރޯޑްޝޯގައި ދައްކާލާފައިވޭ. -- ފޮޓޯ: ވެލިގާ

ވެލިގާއިން ބުނި ގޮތުގައި ރޯޑްޝޯގެ ފަހު ދުވަހު އުތުރުގެ މަސައްކަތްތެރިންނާއި އެކު ހާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި އެ ފަރާތްތަކަށް މަސައްކަތްތައް ކުރުމަށް ބޭނުންވާ އެކި ވަސީލަތްތަކުގެ މައުލޫމާތު ހޯދާ، ވެލިގާއިން ލިބެން ހުރި އެކި ޕަވާ ޓޫލްސްތަކުގެ މައުލޫމާތުތައް ވަނީ ހިއްސާ ކޮށްފަ އެވެ.

ވެލިގާއިން ރޯޑްޝޯ ނިންމާލުމުގެ ގޮތުން ކުންފުނީގެ ސީއެސްއާރުގެ ދަށުން ބައިލައްކަ ރުފިޔާގެ ފައިސާ ހދ. ކުޅުދުއްފުށީގެ ކްލަބް ކޮރަލްއަށް ވަނީ ހަދިޔާކޮށްފަ އެވެ. އެ ފައިސާ އަކީ އެ ރަށުގައި އެ ކްލަބްގެ ފަރާތުން ފުޓުބޯޅަދަނޑު ތަރައްގީކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް ދީފައިވާ ފައިސާ އެވެ.

ވެލިގާއިން ހަދިޔާ ކުރި ފައިސާގެ އިނާމާ އެކު ކްލަބް ކޮރަލްގެ މެމްބަރުން. -- ފޮޓޯ: ވެލިގާ

ވެލިގާއިން ހަދިޔާ ކުރި ފައިސާގެ އިނާމާ އެކު ކްލަބް ކޮރަލްގެ މެމްބަރުން. -- ފޮޓޯ: ވެލިގާ

ވެލިގާއިން ބުނީ ރަށްރަށުގައި ތިބޭ ކަސްޓަމަރުންނާ ގުޅުން ބަދަހިކޮށް، އިތުރު ކަސްޓަމަރުން ހޯދުމުގެ ގޮތުން އެ ފަދަ އިތުރު ރޯޑްޝޯތަކެއް ބޭއްވުމަށް ރާވާފައިވާ ކަމަށެވެ.

ވެލިގާގެ ފުރަތަމަ ރޯޑްޝޯ ބޭއްވީ މި ދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ގދ. ތިނަދޫގަ އެވެ. އެ ޝޯއަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.