Roadha Mihaaru
ބޮޑު ޗުއްޓީ އަށް "ވެލިގާ ބޮޑު ސޭލް 2022"

ބޮޑު ޗުއްޓީ އަށް "ވެލިގާ ބޮޑު ސޭލް 2022"

28 ޖޫން 2022

ހާޑްވެއާގެ ގިނަ ބާވަތްތަކެއް ވިއްކާ ވެލިގާގެ ހާޑްވެއާ ފިހާރަތަކާއި ވެލިގާ ކުންފުނިން ބޮޑު ޗުއްޓީއަށް އަމާޒުކޮށް ހޯމް އިމްޕްރޫވްމެންޓުގެ އެކި ޕްރޮޑަކްޓުތައް ވިއްކާ ބްލަންކް ފިހާރައިގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ހާޑްވެއާގެ ގިނަ ބާވަތްތަކެއް ވިއްކާ ވެލިގާގެ ހާޑްވެއާ ފިހާރަތަކާއި ވެލިގާ ކުންފުނިން ބޮޑު ޗުއްޓީއަށް އަމާޒުކޮށް ހޯމް އިމްޕްރޫވްމެންޓުގެ އެކި ޕްރޮޑަކްޓުތައް ވިއްކާ ބްލަންކް ފިހާރައިގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ވެލިގާ ހާޑްވެއާގެ ޕްރޮމޯޝަނަލް ވީޑިއޯ. ވެލިގާގެ މި ޕްރޮމޯޝަންގައި އޮންލައިން ކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް ޑިސްކައުންޓު ލިބޭ.

"ވެލިގާ ބޮޑު ސޭލް 2022"ގެ ނަމުގައި ފެށި މި ޕްރޮމޯޝަންގެ ދަށުން ވެލިގާ ހާޑްވެއާގެ ފިހާރަތަކާއި ބްލަންކް އިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. މި ޕްރޯމޮޝަނުގެ ދަށުން އޮންލައިންކޮށް ވިޔަފާރިކުރާ މީހުންނަށް ވެސް މި ޑިސްކައުންޓުތައް ލިބޭނެ އެވެ. އަދި ވެލިގާ ފިހާރަތަކުގެ ވައިބާ ޗެނަލްތަކުން ވިޔަފާރިކުރާ މީހުންނަށް ވެސް ހަމަ މި ޑިސްކައުންޓު އަގުތަކުގައި މުދާ ލިބޭނެ އެވެ.

Bodu Sale - Veligaa Hardware

ވެލިގާގެ ވެބްސައިޓުން ވިޔަފާރިކުރެވޭ އަދި ލިބެން ހުރި ތަކެތި ވެސް ބަލައިލެވޭ.

މި ޕްރޮމޯޝަންގެ ދަށުން، ހާޑްވެއާ ފިހާރަތަކަށް ނުވަތަ ބްލަންކުގެ ޝޯރޫމަށް ގޮސް ވިޔަފަރިކުރާ ފަރާތްތަކަށް ވަގުތުން ލިބޭ އަގުހުރި އިނާމުތަކެއް ވެސް ދޭނެ އެވެ. އަދި ކޮންމެ ދުވަހަކަ ވެސް "ދުވަހުގެ ޑިސްކައުންޓު"ގެ ގޮތުގައި ކޮންމެވެސް ޕްރޮޑަކްޓަކުން ބޮޑު ޑިސްކައުންޓެއް ދޭނެ އެވެ.

މި ޕްރޯމަޝަނާ ދިމާކޮށް، ޕްރޮޖެކްޓްސް އަދި މެއިންޓެނެންސްގެ މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ އޮފާތަކެއް ވެލިގާގެ ކޯޕަރޭޓު ސެންޓަރުން ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ޖުލައި މަހުގެ ނިޔަަލަށެވެ.