Roadha Mihaaru
އިންޓަޕޮލްގައި މަސައްކަތްކުރާ ދިވެހި ފުލުހަކަށް ރިލްވާން

އިންޓަޕޮލްގައި މަސައްކަތްކުރާ ފުރަތަމަ ދިވެހި ފުލުހަކަށް ރިލްވާން

24 ނޮވެމްބަރ 2022

އިންޓަޕޮލްގައި މަަސައްކަތްކުރާ ފުރަތަމަ ދިވެހި ޕޮލިސް އޮފިސަރަކަށް، ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ރިލްވާން ޝަރީފު ވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޓަޕޮލްގައި މަަސައްކަތްކުރާ ފުރަތަމަ ދިވެހި ޕޮލިސް އޮފިސަރަކަށް، ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ރިލްވާން ޝަރީފު ވެއްޖެ އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފްރާންސްގެ ލިޔޯންގައި ހުންނަ އިންޓަޕޮލްގެ ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރުގައި ތިން އަހަރު ދުވަހަށް ރިލްވާން މަސައްކަތް ކުރުމަށް ލިޔުން ހަވާލުކޮށްފައިވާ ކަމަށެވެ.

އޭނާ އިންޓަޕޮލްގެ ދައުރު ފައްޓަވާނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

ސީޕީ ވިދާޅުވީ މިއީ ބޭރުގެ ފުލުހުންގެ އެއްބާރުލުމާއި ބައިނަލްއަގުވާމީ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ އަޒުމް ދައްކުވައިދޭ ކަމެއް ކަމަށެވެ.

އިންޓަޕޮލް ނުވަތަ އިންޓަނޭޝަނަލް ޕޮލިސްއަކީ މީގެ 99 އަހަރު ކުރިން އުފެއްދި ޖަމާއަތެކެވެ. އިންޓަޕޮލްގައި 195 ގައުމަކުން ބައިވެރިވެފައިވެ އެވެ.