Roadha Mihaaru
100 އަހަރު: އިންޓަޕޯލްގެ އެސްޖީ ރާއްޖެ އަށް

އިންޓަޕޯލަށް 100 އަހަރު: އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެ އަށް

13 އޯގަސްޓް 2023

އިންޓަޕޯލްގެ މަސައްކަތް ފެށިތާ 100 އަހަރުފުރުން ފާހަގަ ކުރުމާ ދިމާކޮށް އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލް، ޔޯގަން ސްޓޮކް ރާއްޖެ އަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އިންޓަޕޯލްގެ މަސައްކަތް ފެށިތާ 100 އަހަރުފުރުން ފާހަގަ ކުރުމާ ދިމާކޮށް އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލް، ޔޯގަން ސްޓޮކް ރާއްޖެ އަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފި އެވެ.

އިންޓަޕޯލްގެ މެމްބަރަކަށް ރާއްޖެ ވީ 1984 ގަ އެވެ. އެ ޖަމާއަތުގައި މި ވަގުތު ދުނިޔޭގެ 194 ގައުމެއް އެބައޮތެވެ.

ފުލުހުން ބުނީ އިންޓަލޯލްގެ އެސްޖީ ރާއްޖެ ވަޑައިގަތީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

އެ ޒިޔާރަތުގައި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އިންޓަޕޯލްގެ ނެޝަނަލް ސެންޓްރަލް ބިއުރޯ މާލެ އަދި ފުލުހުންގެ އެގްޒެކެޓިވް މެނޭޖްމަންޓާ ބައްދަލުކުރެއްވި ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.

އިންޓަޕޯލަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިންޓަޕޯލްގެ ބެނާ ކަނޑުއަޑީގައި ދަމައިލުމަށް ބޭއްވި ހަރަކާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހަންމަދު ހަމީދު އާއި އިންޓަޕޯލްގެ އެސްޖީ ބައިވެރިވަނީ.-- ފޮޓޯ: ޕޮލިސް

އެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައި ވަނީ އިންޓަޕޯލާ ގުޅިގެން ކުރާ މަސައްކަތް އިތުރަށް ފުޅާކޮށް ރާއްޖެއާއި އިންޓަޕޯލާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިންޓަޕޯލަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިންޓަޕޯލްގެ ބެނާ ކަނޑުއަޑީގައި ދެމުމަށް ބޭއްވި ހަރަކާތުގައި ވެސް އެސްޖީ ބައިވެރިވި އެވެ.

ފުލުހުން ބުނީ ރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތައް ތަމްސީލުކުރާ ގިނަ އަދަދެއްގެ މަންދޫބުން ވެސް އެ ހަރަކާތުގައި ބައިވެރިވި ކަމަށެވެ.