މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި އިންޑިއާ އިން ހައްޔަރުކުރި އާމިނަތު ރަޝީދާ, އޭނާގެ މައްޗަށް ކުށެއް ސާބިތު ނުވެ އަނބުރާ ރާއްޖެ އަތުވެއްޖެ އެވެ.
06 ޑިސެމްބަރ 2022
މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި އިންޑިއާ އިން ހައްޔަރުކުރި އާމިނަތު ރަޝީދާ, އޭނާގެ މައްޗަށް ކުށެއް ސާބިތު ނުވެ އަނބުރާ ރާއްޖެ އަތުވެއްޖެ އެވެ.
އިންޑިއާ އިން ރާއްޖެ އަށް ފޮނުވަން އުޅެނިކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ތުހުމަތުކޮށް، ބ. އޭދަފުށީ، ރަޝީދާ، 58، ހައްޔަރުކުރީ ބޭސް ފަރުވާ އަށް ދިޔަ ތަނާ ކޮޗީ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ ފެބްރުއަރީ މަހު އެވެ.
އެ މައްސަލައިގައި އޭނާ ބަންދުގައި ބެހެއްޓުމަށް ފަހު ކަފާލާތުގެ ދަށުން ހުރީ ދޫކޮށްލައިފަ އެވެ. މީގެ ދެ ތިން ދުވަސް ކުރިން އޭނާ ވަނީ ރާއްޖެ އައިސްފަ އެވެ. އެކަމަކު، އޭނާއާ އަދި ގުޅޭ ގޮތް ނުވާތީ މައްސަލައިގެ ތަފުސީލެއް ނުލިބެ އެވެ.
އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ގެ އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ ނޫހެއްގައި ކުރިން ބުނެފައި އޮތީ އަންނައުނު ވިޔަފާރި ކުރާ ރަޝީދާއަކީ މަސްތުވާތަކެއްޗާ ގުޅުން ހުރި މީހެއްކަން އެނގުމާ އެކު، ފުލުހުން ހޯދަން ބޭނުން ވެފައިވާ މީހެއްކަން އެނގޭނެ ލިޔުމެއް ނެރުނު ކަމަށެވެ.
އެ ލިޔުން ނެރުނީ ރާއްޖެ އަށް ފޮނުވަން އުޅުނު އަވަނެއްގެ ތެރެއިން 3.9 ކިލޯގެ އޮޕިއަމް ފެނުނު މައްސަލައެއްގައި ކަމަށް އިންޑިއާގެ ނޫހުގައި ވެ އެވެ. އިންޑިއާގައި އެ ބާވަތުގެ މަސްތުވާތަކެތީގެ ކިލޯއެއް އުޅެނީ އެއް ލައްކަ ރުޕީސް (1،338 ޑޮލަރު) އަށެވެ.
އެ މަސްތުވާތަކެތި ހުރީ އިންޑިއާ އިން މުދާ ފޮނުވާ ބަޔަކު މެދުވެރިކޮށް ފޮނުވި އެއްޗެއްގެ ތެރޭގައި ކަމަށާއި އެ ތަކެތި އެޑްރެސް ކޮށްފައިވާ މީހަކީ އައިމިނަތު ރަޝީދާ ކަމަށް އެންސީބީން ކުރިން ބުނެފައި ވެ އެވެ.
އެންސީބީގެ ލިޔުމަށް ފަހު، މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ރަޝީދާ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް ލޭންޑުކުރުމާ އެކު، އިންޓެލިޖެންސް ބިއުރޯއިން އޭނާ ކަސްޓަޑީއަށް ގެންދިޔައީ ކަމަށާއި މުމްބާއިގެ އެންސީބީ ޔުނިޓަށް އެންގީ އޭގެ ފަހުން ކަމަށް ވެސް އޮފިޝަލާ ހަވާލަދީ ނޫހުގައި އޭރު ލިޔެފައިވެ އެވެ.
ޑްރަގު އެތެރެކުރި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފި
އިންޑިއާގައި ތާށިވެފައި ހުންނަތާ 12 އަހަރު!
ޑްރަގް ގެނައި އިންޑިއާ މީހާގެ ބަންދަށް 15 ދުވަސް
ރަޝީދުގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސްފި
އިންޑިއާ މީހަކު 12 ކިލޯގެ ޑްރަގާ އެކު ހައްޔަރުކޮށްފި
"ޑްރަގް ވިޔަފާރީގައި ރަޝީދާ އުޅޭތާ އެތައް އަހަރެއް"
ޑްރަގް އެތެރެކުރިި އިންޑިއާ މީހަކު އުމުރަށް ޖަލަށް
ކެރެލާ އަކީ ރާއްޖެ އަށް ޑްރަގްސް އެތެރެކުރާ ހަބެއް
ރާއްޖެ ގެންނަން އުޅުނު ޑްރަގްތައް އިންޑިއާއިން ހޯދައިފި
ރާއްޖެ އެތެރެކުރި 3 ކިލޯގެ ޑްރަގްސް އަތުލައިގެންފި