އީރާންގެ އެކި ސަރަހައްދުތަކުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކަށް ހިތްވަރުދީ، މުޒާހަރާތަކުގެ ހަގީގަތް އުޅޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމުގެ ތުހުމަތުގައި، އެ ގައުމުގެ މަޝްހޫރު ފިލްމީ ތަރި ތަރާނާ އަލީދޯސްތީ ހައްޔަރުކޮށްފި އެވެ.
އީރާންގެ އެކި ސަރަހައްދުތަކުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކަށް ހިތްވަރުދީ، މުޒާހަރާތަކުގެ ހަގީގަތް އުޅޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމުގެ ތުހުމަތުގައި، އެ ގައުމުގެ މަޝްހޫރު ފިލްމީ ތަރި ތަރާނާ އަލީދޯސްތީ ހައްޔަރުކޮށްފި އެވެ.
ތަރާނާއަކީ، 2017 ވަނަ އަހަރުގެ އޮސްކާ އެވޯޑްގައި، އެންމެ މޮޅު ބިދޭސީ ފިލްމުގެ މަގާމު ހާސިލުކުރި މަޝްހޫރު ފާރިސީ ފިލްމު ފަރްޝޯންދާ (ދަ ސޭލްސްމޭން)ގެ ބަތޮލާ އެވެ. އީރާންގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި ތަރާނާ ހައްޔަރުކޮށް ޖަލުގައި ބަންދުކުރީ، މުޒާހަރާތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ދަންޖައްސައި މެރި މުހްސިން ޝިކާރީއާ އެއްބައިވަންތަކަން ހާމަކޮށް، ސޯޝަލް މީޑިއާގައި ފޮޓޯއެއް އާންމުކުރިތާ އެއް ހަފުތާ ފަހުންނެވެ.
ނޫސް އޭޖެންސީން ބުނި ގޮތުގައި މުޒާހަރާ އަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި އާންމުކުރަމުންދާ ފޮޓޯތަކާއި ވީޑިއޯ އަދި ލިޔުންތަކާ ގުޅިގެން، ތަރާނާގެ އިތުރުން ފިލްމީ ދާއިރާގެ އެހެން ބައެއް ތަރިން ވެސް، އީރާންގެ ޝަރުއީ އިދާރާތަކަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް އަދި އެމީހުންގެ މައްޗަށް ކުރާ ތުހުމަތަކީ ކޮބައިކަމެއް ނޫސް އޭޖެންސީން ނުބުނެ އެވެ.
Iranian authorities arrested the star of the Oscar-winning movie, Taraneh Alidoosti, after she voiced support for anti-hijab protests & posted a photo of herself with the main slogan of demonstrators, Reuters reported citing Iran's media
— ANI (@ANI) December 18, 2022
(Pic: Reuters) pic.twitter.com/c8JGx56TB2
މުޒާހަރާތަކާ ގުޅިގެން ހައްޔަރުކޮށް މަރުގެ ހުކުމް އިއްވި މީހުންގެ ތެރެއިން މުހުސިން ޝިކާރީ ދަން ޖައްސައި މެރީ މި މަހުގެ 9 ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ސާބިތުވި ކުށަކީ، ވެރިރަށް ތެހެރާންގެ މަގު ބަންދުކުރުމާއި ސަލާމަތީ ބާރުތަކުގެ މީހުންނަށް ވަޅިން ހަމަލާ ދިނުމެވެ. މަރުގެ ހުކުމް އިއްވާފައި ތިބި މީހުންގެ ތެރެއިން ދެ ވަނަ މީހާ، މާޖިދުރިޒާ ރަހްނަވާރްދު ދަންޖައްސައި މެރީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
ތަރާނާ ވަނީ އޭނާގެ އިންސްޓަގްރާމްގައި، މުޒާހަރާގެ ބައިވެރިންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން ތިން ފޮޓޯއެއް ޝާއިއުކޮށްފަ އެވެ. އަށް މިލިއަނެއްހާ މީހުން އޭނާގެ ފޮލޯވަރުންގެ ގޮތުގައި ތިބިއިރު، އޭނާ ހައްޔަރުކުރުމަށް ފަހު، އޭނާގެ އިންސްޓަގްރާމް އެކައުންޓް މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އީރާންގެ މަޝްހޫރު ފިލްމީ ތަރި ތަރާނާ އަލީދޯސްތީ
އީރާން ސަރުކާރާ ދެކޮޅަށް އެ ގައުމުގައި މުޒާހަރާތައް ފެށީ، ސަރުކާރުގެ މިންގަނޑާ ޚިލާފަށް ބުރުގާ އަޅައިގެން އުޅެނިކޮށް، މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރި، މަހްސާ (ޒީނީ) އަމީނީ، 22، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުރި އަނިޔާތަކުގެ ސަބަބުން މަރުވުމާ ގުޅިގެންނެވެ. އޭނާ މަރުވީ، ފުލުހުންގެ އަނިޔާތަކުން އޭނާގެ ސިކުޑިއަށާއި އެތެރެ ހަށްޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ކޯމާއެއްގައި އޮންނަތާ ތިން ދުވަސް ފަހުން، ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.
އޭގެ ފަހުން މުޅި އީރާނަށް ފެތުރިފައިވާ މުޒާހަރާތަކުގައި، 200 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން ލިބިފައިވަނިކޮށް، އެގައުމުގައި އޮންނަ އަޚުލާގީ ފުލުހުންގެ މަސައްކަތްތައް މެދުކަނޑާލައި، ބުރުގާ އެޅުން މަޖުބޫރުކުރާ ގާނޫނު މުރާޖައާ ކުރަން ނިންމައިފި އެވެ.
އީރާންގެ ބަންޑާރަ ނާއިބު މުހައްމަދު ޖައުފަރު މުންތަޒިރީ ވިދާޅުވެފައިވާ ގޮތުގައި އެ ގައުމުގައި އުފައްދާފައި އޮންނަ އަޚުލާގީ ފުލުހުންގެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ. އެހެން ނަމަވެސް، ބުރުގާ އެޅުމާ ބެހޭ ގާނޫނު ތަންފީޒުކުރުމަށް އުފައްދާފައި އޮންނަ ފުލުހުންގެ އެ ޔުނިޓް ދާއިމީ ގޮތެއްގައި އުވައިލީ ކަމަކަށް އޭނާ ވިދާޅެއްނުވެ އެވެ.
ބުރުގާ ނާޅާ އަންހެނުން ހޯދަން ކެމެރާ ހަރުކުރަނީ
އދ.ގެ އަންހެނުންގެ ކޮމިޝަނުން އީރާން ބޭރުކޮށްފި
މަހްސާގެ ބައްޕަ ހައްޔަރުކޮށް، ހަނދާން އާކުރުން މަނާ
ހަސީނާއާ ދެކޮޅަށް ބަންގްލަދޭޝް ރައްޔިތުން މަގުތަކަށް
މުޒާހަރާތަކުން ހައްޔަރުކުރި އިތުރު ދެ މީހަކު މަރައިފި
އީރާނުގައި 39 މީހުން ދަންޖެއްސުން އެކަށީގެންވޭ
މުޒާހަރާގެ އިތުރު ބައިވެރިއަކު ދަންޖައްސައިފި
އާ އިންތިޚާބަކަށް ގޮވާލައި، ބަންގާޅުގައި މުޒާހަރާކުރަނީ
މުޒާހަރާއިން ހައްޔަރުކުރި މީހުން ދަންޖައްސަނީ
އީރާންގެ މުޒާހަރާތަކުގައި 200 އަށް ވުރެ ގިނަ މަރު