މާލޭގެ އެޕާޓްމެންޓެއްގެ ތެރޭގައި ވަރަށް އަނިޔާވެރިކޮށް ޝިއާއު މުހައްމަދު ސައީދު މަރާލާފައި އޮއްވައި ފެނުނު މައްސަލާގައި ދައުވާ ކުރުމާ މެދު މި މަސް ނިމުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.
14 ޑިސެމްބަރ 2022
މާލޭގެ އެޕާޓްމެންޓެއްގެ ތެރޭގައި ވަރަށް އަނިޔާވެރިކޮށް ޝިއާއު މުހައްމަދު ސައީދު މަރާލާފައި އޮއްވައި ފެނުނު މައްސަލާގައި ދައުވާ ކުރުމާ މެދު މި މަސް ނިމުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.
ހ. ޝީރީންވިލާގޭގެ ނުވަ ވަނަ ބުރީގެ އެޕާޓްމަންޓެއްގައި އޮގަސްޓް ހަ ވަނަ ދުވަހުގެ ރޭ ޝިއާއު މަރާލައި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައި އޮއްވައި ފެނުނު މައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކުރީ، ޒުވާން ސްކޭޓަރު، އަލީ ސާހިލް، 23 އެވެ.
އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އިތުރު މީހަކަށް ތުހުމަތެއް ނުކުރެ އެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު "މިހާރު"އަށް ވިދާޅުވީ، އެ މައްސަލައިގައި ދައުވާ ކުރުމާ މެދު މި މަސް ނިމުމުގެ ކުރިން އެ އޮފީހުން ގޮތެއް ނިންމާނެ ކަމަށެވެ.
ޝިއާއުގެ މަރަށް މިހާރު ހަތަރު މަހަަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ޕީޖީ އޮފީހުން ގެންދިޔައީ އެ މައްސަލަ ތަހުގީގު ކުރުމުގެ މުއްދަތު ފުލުހުންނަށް 15 ދުވަހުން 15 ދުވަހުން އިތުރުކުރަމުންނެވެ.
ފުލުހުން މީގެ ކުރިން ބުނެފައި ވަނީ ތަހުގީގު ނުނިމި ލަސްވަނީ ސާހިލް، ޝިއާއު މަރާލި ކަމަށް ބެލެވޭ "މޯޓިވް" ނުވަތަ ސަބަބު ނުހޯދިގެން ކަމަށެވެ.
ތަހުގީގަށް ސާހިލް އެއްބާރުލުން ނުދޭއިރު، ފުލުހުން މަސައްކަތް ކުރީ އޭނާގެ ފޯނުގައި ހުރި މައުލޫމާތުން މޯޓިވް ހޯދޭތޯ އެވެ. އެކަމަކު، ފޯނު ހުޅުވަން ވެސް އޭނާ ދެކޮޅު ހެދި އެވެ. ފަހުން އޭނާގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވައިގެން ފުލުހުން ވަނީ އޭގައި ހުރި ބައެއް މައުލޫމާތުތައް ހޯދައިފަ އެވެ. ފުލުހުން އޭރު ބުނީ، އެ ފޯނުގައި ހުރި ޑޭޓާތައް ތަހުލީލުކޮށް މޯޓިވް ހޯދޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ އޭނާ މަރުވެފައި ވަނީ ހަށިގަނޑަށް ގަސްތުގައި ދީފައި ހުރި އަނިޔާތަކެއްގެ ސަބަބުން ކަމަށެވެ. އަދި އޭނާ މަރުވި ފަހުން ވެސް ހަށިގަނޑަށް ވަރަށް ގިނަ އަނިޔާތަކެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ޝިއާއުގެ ހަށިގަނޑު ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރީ ހާދިސާ ހިނގި އެޕާޓްމެންޓުގައި ސާހިލްއާ އެކުއުޅުނު ދެމަފިރިންނެވެ. އެ އެޕާޓްމެންޓުން ސާހިލް ހައްޔަރު ކުރި އިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެ އެވެ.
ސާހިލްގެ ތަހުގީގު ބަޔާން ބަލައިގަތުމަށް ނިންމައިފި
ނައީމާގެ މަރާ ގުޅޭ އިތުރު ރިޕޯޓްތަކެއް ހަދަނީ
ހާރިސްގެ މަރުގެ ދައުވާ ސާބިތުނުވި މައްސަލަ ހައި ކޯޓަށް
ސާހިލަށް ދައުލަތުން ވަކީލަކު ހަމަޖައްސައިދެނީ
ޝިއާއުގެ މަރުގެ ޝަރީއަތް ސިއްރުކުރަން ޕީޖީން އެދެފި
ޒަޔާންގެ މަރުގެ މައްސަލާގައި ހަތް މީހަކަށް ދައުވާކޮށްފި
ކުށްކުރަން ކުޑަކުދިން ބޭނުންކުރާތީ ދައުވާކުރަން ފަށައިފި
މޯޓިވް ނުހޯދޭތީ ޝިއާއުގެ މަރުގެ ތަހުގީގު އަދި ނުނިމޭ
ޒަޔާންގެ މަރު: ހަތަރު ކުޑަކުއްޖަކަށް ދައުވާކޮށްފި
ޝިއާއުގެ މަރުގެ ތަހުގީގު އެންމެ ފަހު މަރުހަލާގައި