25 ޑިސެމްބަރ 2022
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް އިއްވުމަށް މިއަދު ހެނދުނު 9 ޖަހާއިރަށް ތާވަލުކޮށްފައި އޮތް ޝަރީއަތް، ނުފެށި ދެ ގަޑިއިރު ލަސްވެއްޖެ އެވެ. އެކަމާ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް އިއްވުމަށް މިއަދު ހެނދުނު 9 ޖަހާއިރަށް ތާވަލުކޮށްފައި އޮތް ޝަރީއަތް، ނުފެށި ދެ ގަޑިއިރު ލަސްވެއްޖެ އެވެ. އެކަމާ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.
ޔާމީންގެ ޝަރީއަތް ނުފެށި ލަސްވަނީ ކީއްވެގެން ކަން ކޯޓަކުން ނުބުނެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި، ޝަރީއަތް ލަސްވަނީ އެތެރޭގެ ބައެއް އިންތިޒާމުތައް އަދި ހަމަނުޖެހިގެންނެވެ.
ޔާމީން ދޫކޮށްލަން ގޮވަލާއި އިދިކޮޅުގެ ލީޑަރުންނާއި އެމަނިކުފާނަށް ތާއީދުކުރާ ގިނަ ސަޕޯޓަރުންތަކެއް ކްރިމިނަލް ކޯޓު ދޮށަށް މިހާރު ތިބީ އެއްވެ އެވެ.
ޔާމީނަށް ހުކުމް އިއްވާތީ، ޕީޕީއެމްގެ ސަޕޯޓަރުން ކްރިމިނަލް ކޯޓު ސަރަހައްދުގައި -- ފޮޓޯ: ޕީޕީއެމް
އެ އެއްވުމުގެ ތެރެއިން އިދިކޮޅުގެ ލީޑަރުން މީޑިއާ އަށް ދިން އިންޓަވިއުގައި ތުހުމަތުކުރެއްވީ ޔާމީނަށް ހުކުމް އިއްވާ ޝަރީއަތް ފެށުން ލަސްކުރަނީ މި ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒުފޯރުވުމަށެވެ. އެކަމުގެ އަޑީގައި އިންޑިއާ ސަރުކާރުގެ އަތެއް އޮތް ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ.
ވ. އާރަށް މައްސަލާގައި ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުންތައް މިދިޔަ މަހު ކްރިމިނަލް ކޯޓުން ވަނީ ނިންމާލައިފަ އެވެ. އެ ދައުވާ ކުރަނީ އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި ޔާމީން އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ އެވެ. ޔޫސުފް ނައީމަށް ދައުވާ ކުރަނީ ޔާމީނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ.
މިއަދު އޮތީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހުކުމް އިއްވާ ޝަރީއަތް ލަސްވުމާ ގުޅިގެން އިދިކޮޅުގެ ލީޑަރުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މީޑިއާތަކަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ޕީޕީއެމް
ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ ފަނޑިޔާރުންނަށް މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ޝަރީއަތްކުރުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށެވެ. އެކަމަކު މި ސަރުކާރުން އެކަން ވިޔަ ނުދޭން އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގޮވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ރާއްޖޭގެ ކޯޓުތަކަށް އަތް ބޭނުން ހުއްޓާލަން،" ޝިޔާމް ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑު މި ވާހަކަދައްކާއިރު ފަނޑިޔާރު އެއިނީ ރަހީނުކޮށްފައި. ސަރުކާރަށް ނޭނގެނީ ފަނޑިޔާރު ޖަހާނެ ހުކުމެއް. ފަނޑިޔާރު ޖަހާނެ ހުކުމެއް ނޭނގޭތީ އޭނާ ހައްޔަރުކޮށްގެން."
ޔާމީންފެ މައްޗަށް ރިޝްވަތުގެ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން ތިން އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެއްޖެ ނަމަ، ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުވާކުރެ އެވެ. އެ މައްސަލަ އަދި ނިމުމަކާ ގާތަށް ނުދެ އެވެ.
ވަކިން ކޮމިޓީއެއް ނުހެދޭނެ، ފިޔަވަޅު އަޅާނަން: ޝިޔާމް
ކޮންޓްރޯލް ނަގަން ޔާމީން އެ އުޅުއްވަނީ ގަދަބާރުން!
ޔާމީނަށް ދިން އިންޒާރަށް އެއްޗެއްބުނަން މުނާސަބެއް ނޫން
ސަރުކާރުގެ އަނިޔާވެރިކަން ނޫން އެއްޗެއް ނުފެނޭ: ޝިޔާމް
މުއިއްޒަށް ކާމިޔާބުވާން އެންމެ ބޭނުންވަނީ ޔާމީން:ޝިޔާމް
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
އިދިކޮޅުގެ ޖަވާބު ބަދަލު ނުވާނެ "ކެންޑިޑޭޓަކީ ޔާމީން"
ގާސިމަށް ކުރި ބޮޑެތި ތުހުމަތު ޕީޕީއެމުން ދިފާއުކޮށްފި
"ޗާގޯސް ގެއްލުނުއިރު ދެރަވީ ޔާމީން ޖަލުގައި ހުރީމަ"
ޔާމީންގެ މައްސަލަ އަނބުރާ ގެންދަން ޕީޕީއެމުން އެދެފި