Roadha Mihaaru
"ޕަތާން" ގެ ޓްރެއިލާ ބުރްޖު ހަލީފާގައި

ޝާހްރުކުގެ "ޕަތާން" ގެ ޓްރެއިލާ ބުރްޖު ހަލީފާގައި

16 ޖެނުއަރީ 2023

ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ބޮލީވުޑްގެ ސްކްރީންތަކަށް ޝާހްރުކް ހާން އެނބުރި އަންނާނީ މި މަހު ނެރޭ ޕަތާން ފިލްމުގެ ހީރޯގެ ބައިންނެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ބޮލީވުޑްގެ ސްކްރީންތަކަށް ޝާހްރުކް ހާން އެނބުރި އަންނާނީ މި މަހު ނެރޭ ޕަތާން ފިލްމުގެ ހީރޯގެ ބައިންނެވެ.

އެ ފިލްމުގެ ޓްރެއިލާ މީގެ ހައެއްކަ ދުވަސް ކުރިން ނެރެފައި ވާއިރު، ފިލްމު ޕްރޮމޯޓުކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ހޮނިހިރު ދުވަހު ވަނީ ފިލްމުގެ ޓްރެއިލާ ދުނިޔޭގެ އެންމެ އުސް އިމާރާތް ބްރުޖް ހަލީފާގައި ވެސް އަޅުވާފަ އެވެ.

ޝާހުއާ އެކު ބްރުޖް ހަލީފާ އިން ފިލްމުގެ ޓްރެއިލާ ބަލައިލަން އެތައް ހާސް ބަޔަކު ދުބާއީގެ މަގުތަކަށް އެއްވި އެވެ. އެ މަންޒަރުތައް "ޕަތާން" ފިލްމު އުފައްދާފައިވާ ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ އިންސްޓަގްރާމް ޕޭޖުގައި ވަނީ ހިއްސާކޮށްފަ އެވެ.

ސިއްދާތު އާނަންދު ޑައިރެކްޓްކޮށް އުފައްދާފައިވާ އެ އެކްޝަން ފިލްމުގައި ހީރޯ ޝާހްރުކް އަދި ދިޕިކާ ގުޅިގެން، ވިލަންގެ ރޯލުން ފެންނަ ޖޯން އަބްރަހަމްގެ ޓެރަރިސްޓު ގްރޫޕާ ހަނގުރާމަކުރެ އެވެ.

ފިލްމުގެ ޓްރެއިލާ އަށް މިހާތަނަށް ލިބުނު ތަރުހީބު ބޮޑެވެ. ޔޫޓިއުބުގައި 50 މިލިއަނާ ގާތްކުރާ އަދަދަކަށް ވިއުސް ލިބިފައިވާ އިރު، ގިނަ ބަޔަކު އަންނަނީ އޭގެ ރީތިކަމަށް ތައުރީފްކޮށް ކޮމެންޓު ކުރަމުންނެވެ.

ޕަތާން ފިލްމު ސިނަމާތަކުގައި އަޅުވަން ނިންމާފައިވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.