Roadha Mihaaru
"ޕަތާން" ގެ ރިލީޒާއެކު ބޮލީވުޑް ގުގުމާލައިފި

"ޕަތާން"ގެ ރިލީޒާ އެކު ބޮލީވުޑް ގުގުމާލައިފި

27 ޖެނުއަރީ 2023

"ބޮލީވުޑްގެ ރަސްގެފާނު" ޝާހްރުކް ހާން ހަތަރު އަހަރަށް ފަހު އެނބުރި ސްކްރީނަށް އައި ފިލްމު، "ޕަތާން" ވެގެން ދިޔައީ ތާރީހީ ފިލްމަކަށެވެ. އާންމުކޮށް ގެންގުޅޭ މާކެޓިން އުކުޅުތަކާ އެއްގޮތަށް އެ ފިލްމުގެ ޕްރޮމޯޝަން ނުގެންދާއިރު، ފިލްމަށް ވަނީ ހީކުރި ވަރަށް ވުރެ ވެސް މާ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

"ބޮލީވުޑްގެ ރަސްގެފާނު" ޝާހްރުކް ހާން ހަތަރު އަހަރަށް ފަހު އެނބުރި ސްކްރީނަށް އައި ފިލްމު، "ޕަތާން" ވެގެން ދިޔައީ ތާރީހީ ފިލްމަކަށެވެ. އާންމުކޮށް ގެންގުޅޭ މާކެޓިން އުކުޅުތަކާ އެއްގޮތަށް އެ ފިލްމުގެ ޕްރޮމޯޝަން ނުގެންދާއިރު، ފިލްމަށް ވަނީ ހީކުރި ވަރަށް ވުރެ ވެސް މާ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ފިލްމު އެޅުވުމުގެ ކުރިން، މިދިޔަ އަހަރުގެ އެންމެ މަގުބޫލު އެއް ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" ފަހާލައި، "ޕަތާން" ވަނީ ކޮވިޑް ޕެންޑަމިކަށް ފަހު ޕްރީ ރިލީޒް ޓިކެޓު އެންމެ ގިނައިން ގަނެފައިވާ ފިލްމުގެ ރެކޯޑު މުގުރާލައިފަ އެވެ.

ޝާހުގެ އިތުރުން ދީޕިކާ ޕަދުކޯން އަދި ޖޯން އަބްރަހަމް ވެސް ފެނިގެންދާ އެ ފިލްމު ރިލީޒް ކުރީ މިދިޔަ ބުދަ ދުވަހު އެވެ. ފިލްމު އެޅުވި ފުރަތަމަ ދުވަހު އިންޑިއާއިން އެކަނި ވެސް 6.6 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ޕަތާން ފިލްމުގައި ޝާހްރުކް ސައިބީރިއާގެ "ފްރޯޒެން ލޭކް" މަތިން ސައިކަލުގައި ދުއްވަމުން ބަޑިޖަހާ މަންޒަރެއް

ޕަތާން ފިލްމުގައި ޝާހްރުކް ސައިބީރިއާގެ "ފްރޯޒެން ލޭކް" މަތިން ސައިކަލުގައި ދުއްވަމުން ބަޑިޖަހާ މަންޒަރެއް

އޭގެ އިތުރުން، އެމެރިކާއިން އެއް މިލިއަން ޑޮލަރު ލިބުނު އިރު، އޮސްޓްރޭލިއާ އިން ވަނީ 600،000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ލިބިފަ އެވެ. އިންޑިއާގެ އިތުރުން އެޅުވި އެހެން ގައުމުތަކުން ޖުމްލަ 3.06 މިލިއަން ޑޮލަރު ލިބުނު ކަމަށާއި، އެއާއެކު "ޕަތާން" ގެ ފުރަތަމަ ދުވަހުގެ ގްލޯބަލް ބޮކްސް އޮފީސް ކަލެކްޝަން 10 މިލިއަން ޑޮލަރާ ވަނީ ގާތްކޮށްފަ އެވެ.

"އެކްސްކްލޫސިވް ތާރީހީ ބްލޮކްބަސްޓާ ފިލްމު ޕަތާން 110 ކްރޯރް (13 މިލިއަން ޑޮލަރު) ހުރަސް ކުރުމާ ގާތަށް" ބޮކްސްއޮފީސް ވޯލްވައިޑް ރަސްމީ ޓްވީޓާގައި ލިޔެފައިވެ އެވެ. ފިލްމަށް އޮތް ޑިމާންޑުގެ ސަބަބުން އަޅުވާ ގަޑިތަށް އިތުރުކުރުމަށް، އެ ފިލްމު އުފެއްދި "ޔާޝް ރާޖް ފިލްމް (ވައިއާރްއެފް)" އަށް މިވަނީ މަޖުބޫރު ވެފަ އެވެ.

ފިލްމުގެ ލީޑު ރޯލުތަކުން ފެންނަ ޖޯން (ކ)، ދިޕީކާ އަދި ޝާހު (ވ)

ފިލްމުގެ ލީޑު ރޯލުތަކުން ފެންނަ ޖޯން (ކ)، ދިޕީކާ އަދި ޝާހު (ވ)

މިއީ ޝާހު އާއި ދީޕިކާ އަދި ޖޯން އެއް ފިލްމެއްގައި މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ. ސިދްހާތު އާނަންދު ޑައިރެކްޓު ކޮށްފައިވާ މި ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ވަައިއާރްއެފް އިންނެވެ.

"ޕަތާން" އަކީ ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ ހަތަރު ވަނަ ފިލްމެވެ. އެ ފިލްމުގައި ރިސާޗް އެންޑް އެނާލިސިސް ވިންގުގެ ފީލްޑު އޭޖެންޓެއްގެ ގޮތުގައި ޝާހު ފެނިގެންދާއިރު، ފިލްމުގެ ވިލަންގެ ރޯލުން ފެންނާނީ ޖޯން އެވެ.