Roadha Mihaaru
ބިލް ނުދައްކައިގެން ސަލްޓަންޕާކުން ކަރަންޓު ކަނޑާލައިފި

ބިލް ނުދައްކައިގެން ސަލްޓަން ޕާކާއި އެހެން ބައެއް ތަންތަނުން ކަރަންޓު ކަނޑާލައިފި

22 ޖެނުއަރީ 2023

ސަންޓަން ޕާކާއި، ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އިމާރާތްތަކެއްގެ ބިލް ނުދައްކައިގެން ސްޓެލްކޯއިން ކަރަންޓް ކަނޑާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަންޓަން ޕާކާއި، ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އިމާރާތްތަކެއްގެ ބިލް ނުދައްކައިގެން ސްޓެލްކޯއިން ކަރަންޓް ކަނޑާލައިފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ، ސަންޓަން ޕާކާއި ސިޓީ ކައުންސިލްގެ ގިނަ އިމާރާތްތަކަކުން ކަރަންޓް ކަނޑާލީ ކަރަންޓް ބިލްތައް ދައްކާފައި ނުވާތީ ކަމަށެވެ. އޭނާ ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރުގެ ކަރަންޓު ބިލްތަކަށް ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ސިޓީ ކައުންސިލުން ދައްކަން އެބަހުރި ކަމަށެވެ.

ސަންޓަން ޕާކު ސަރަހައްދު ވަނީ 2017 ވަނަ އަހަރު ވަރަށް ބޮޑު ބަދަލަކާ އެކު "ރަސްރަނި ބަގީޗާ"ގެ ނަމުގައި ހުޅުވައިފަ އެވެ. އެތަނުގައި ވޯޓަ ފައުންޓެއިން އަކާއި މަސް ފެންގަނޑެއްގެ އިތުރުން ވެސް ކުޑަކުދިންނަށް ހާއްސަ ބައެއް ކުޅިވަރުތައް ކުޅޭވޭ ސަރަހައްދުތައް ހުރެ އެވެ. ސަލްޓަން ޕާކު ބަލަހައްޓަނީ މާލޭ ސިޓީ ކައުންސިލުންނެވެ.

ކަރަންޓް ކަނޑާލަން ޖެހުނީ، ބިލްތައް ދެއްކުމުގައި ސިޓީ ކައުންސިލާ އެކު މަޝްވަރާކުރުމަށް ފަހު، އެކަށީގެންވާ އެއްބާރުލުމެއް އެ އިދާރާއިން ނުލިބިގެން ކަމަށް ޝަރީފު ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގެ ތެރެއިން އާންމުން އެ ތަންތަނުން ހިދުމަތް ހޯދާ އެއްވެސް ތަނަކުން އަދި ކަރަންޓް ކަނޑާލައިފައި ނުވާ ކަމަށެވެ. އޭގެ ތެރޭގައި މިސްކިތްތަކާއި މަގުތަކާއި މަސް މާރުކޭޓާއި ސަހަރާ ފަދަ ތަންތަން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، ސިޓީ ކައުންސިލްގެ ބައެއް އިމާރާތްތަކުން "ފަސް ލައްކަ އިން ދެ ލައްކައިން" ވެސް ބިލް ދައްކަން ޖެހިފައި އެބަހުރި ކަމަށެވެ.

"ބައެއް ކަންކަމުގައި [ސިޓީ ކައުންސިލުން] އަޅުގަނޑުމެންނާ ވަރަށް ހަށުކަށިކޮށް މުއާމަލާތް ވެސް ކުރައްވަނީ. އެކަމަށް ބަލާފައި މިހާރު ވާނީ ރައްޔިތުންނަށް އެކަމެއްގެ ސަބަބުން ދަތި ނުފޯރާ ހުރިހާ ތަނަކުން ކަރަންޓް ކަނޑާލަން ނިންމާފައި،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި ސަލްޓަން ޕާކާއި ވިލިމާލޭގައި ހުރި ސިޓީ ކައުންސިލްގެ ލޭބާ ކުއާޓަރާއި އަމީން އެވެނިއުގެ މޭޕަލްގެ ބަޔަކުން ވެސް ކަރަންޓު ވަނީ ކަނޑާލައިފަ އެވެ.