Roadha Mihaaru
ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

29 ޖެނުއަރީ 2023

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާކުރަނީ އެ ރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.

ފުއްގިރި މައްސަލާގައި ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ މެންދުރު ބާއްވަން ހަމަޖައްސާފައިވާ ކަން ޔާމީންގެ ވަކީލުން ވެސް ކަށަވަރުކޮށްދިނެވެ. އެ މައްސަލާގެ އަޑުއެހުންތައް ކޯޓުން ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ.

އެ މައްސަލަ މިހާރު އޮތީ އިބްތިދާއީ މަރުހަލާގަ އެވެ. އެ މައްސަލާގައި ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނި އަދި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.

ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ އެކު، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ވަނީ ގެއްލިފަ އެވެ. އެ ހުކުމް އިސްތިއުނާފް ކުރުމުގެ މަސައްކަތް އެމަނިކުފާނުގެ ވަކީލުން ގެންދަނީ ކުރަމުންނެވެ.