Roadha Mihaaru
ރަންވީރާއި އާލިއާގެ އާ ފިލްމު ރިލީޒްކުރުން ފަސްކޮށްފި

ރަންވީރާއި އާލިއާގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ފަސްކޮށްފި

03 ފެބުރުއަރީ 2023

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އާލިއާ ބަޓް އަދި ރަންވީރު ސިންހު ލީޑު ރޯލުން ފެންނަ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ރިލީޒްކުރާ ތާރީހު ތިން މަސް ފަސްކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އާލިއާ ބަޓް އަދި ރަންވީރު ސިންހު ލީޑު ރޯލުން ފެންނަ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ރިލީޒްކުރާ ތާރީހު ތިން މަސް ފަސްކޮށްފި އެވެ.

ކަރަން ޖޯހަރް ޑައިރެކްޓް ކުރި އެ ފިލްމު ފުރަތަމަ ރިލީޒް ކުރަން ހަމަޖެހިފައި އޮތީ މި މަހު އެވެ. އޭގެ ފަހުން މި އަހަރުގެ އޭޕްރިލް 28 އަށް ފަސްކޮށްފައި ވަނިކޮށް، އިއްޔެ ސޯޝަލް މީޑިއާގައި ފިލްމުގެ ބައިވެރިން ވަނީ ރިލީޒް ކުރާ ތާރީހު އަންނަ ޖުލައި މަހުގެ 28 ވަނަ ދުވަހަށް ފަސްކޮށްފައިވާ ވާހަކަ އިއުލާންކޮށްފަ އެވެ.

އާލިއާ އާއި ރަންވީރާގެ އިތުރުން ކަރަން އާއި ފިލްމުގައި ހަރަކާތްތެރިވާ ގިނަބައެއްގެ ސޯޝަލް މީޑިއާތަކުގައި ވަނީ "ސޭވް ދަ ޑޭޓް" ޖަހާފައި އިން ފިލްމުގެ ޕޯސްޓަރެއް ޝެއާކޮށްފަ އެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ފިލްމަކީ 2016 ވަނަ އަހަރު ކަރަން ޑައިރެކްޓު ކުރި، އަނުޝްކާ ޝަރްމާ އަދި ރަންބީރް ކަޕޫރް އުޅޭ ފިލްމު، "އޭ ދިލްހެ މުޝްކިލް" އަށް ފަހު ނެރޭ ފުރަތަމަ ފިލްމެވެ.

ފިލްމުގެ ޑައިރެކްޓަރު ކަރަން (ކ)، ރަންވީރު، އާލިއާ، ދަރްމެންދާރް، އަދި ޝަބާނާ

ފިލްމުގެ ޑައިރެކްޓަރު ކަރަން (ކ)، ރަންވީރު، އާލިއާ، ދަރްމެންދާރް، އަދި ޝަބާނާ

މި ފިލްމުގައި ރަންވީރާއި އާލިއާގެ އިތުރުން، ދަރްމެންދުރާ އާއި، ޖާޔާ ބައްޗަން އަދި ޝަބާނާ އަޒްމީ ލީޑު ރޯލުތަކުން ފެންނާނެ އެވެ. ރިޕޯޓުތައް ބުނާގޮތުން، ޝަބާނާ ކުޅޭނީ އާލިއާގެ މާމަގެ ބައެވެ. އަދި ރަންވީރުގެ މާމަ ބައި ކުޅޭނީ ޖާޔާ އެވެ.