Roadha Mihaaru
ކަރަންގެ އާ ފިލްމުން މިފަހަރު "ވަޓް ޖުމްކާ؟"

ކަރަންގެ އާ ފިލްމުން މިފަހަރު "ވަޓް ޖުމްކާ؟"

13 ޖުލައި 2023

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރުގެ އާ ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"ގެ ދެވަނަ ލަވަ ޔޫޓިއުބުގައި އާންމުކޮށްފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރުގެ އާ ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"ގެ ދެވަނަ ލަވަ ޔޫޓިއުބުގައި އާންމުކޮށްފި އެވެ.

މިފަހަރު ގެނެސްދިނީ ޑާންސް އައިޓަމެއް ކަމަށްވާ "ވަޓް ޖުމްކާ؟" އެވެ. މި ވީޑިއޯ ލަވައިގައި ވެސް ފެންނަނީ ފިލްމުގެ ލީޑު ތަރިން ކަމަށްވާ އާލިއާ ބަޓް އާއި ރަންވީރު ސިންގެވެ.

ޕްރީތަމް މިއުޒިކް ތައްޔާރުކޮށްދީފައިވާ "ވަޓް ޖުމްކާ؟" ކިޔާފައި ވަނީ އަރުޖިތު ސިންގު އާއި ޖޮނީތާ ގާންދީ އެވެ.

މީގެ ދެ ހަފުތާ ކުރިން ނެރުނު ފިލްމުގެ ފުރަތަމަ ލަވަ "ތުމް ކިޔާ މިލޭ" އަށް ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެ ލަވައަށް 47 މިލިއަނަށް ވުރެ ގިނަ ވިއުސް މިހާތަނަށް ލިބިފައިވެ އެވެ.

"ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ލޯތްބާއި އާއިލީ މައްސަލަތަކުގެ މައްޗަށް ހަދާ ކަރަންގެ ސްޓައިލްގެ ފިލްމެކެވެ. އެ ފިލްމުގެ މުހިންމު ރޯލުތަކުން ބޮލީވުޑްގެ ލެޖެންޑާރީ އެކްޓަރުން ކަމަށްވާ ދަރުމެންދުރާ އާއި ޝަބާނާ އަޒްމީ އަދި ޖާޔާ ބައްޗަން ވެސް ފެންނާނެ އެވެ.

މިއީ ހަތް އަހަރުގެ ބްރޭކަކަށް ފަހު މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު ޑައިރެކްޝަނަށް އެނބުރި އަންނަ ފުރަތަމަ ފިލްމެވެ.

"ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" ސިނަމާތަކުގައި އަޅުވަން ނިންމާފައި ވަނީ މި މަހު 28 އިން ފެށިގެންނެވެ.