Roadha Mihaaru
އުމުރުން 44 އަހަރުގައި ކުޅެ ހާއްސަ ރެކޯޑެއް ހަދައިފި

އުމުރުން 44 އަހަރުގައި ކުޅެ ހާއްސަ ރެކޯޑެއް ހަދައިފި

18 ޖެނުއަރީ 2017

ޕޯޓް ގެންޓިލް، ގެބޯން (ޖެނުއަރީ 18) – އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މިސްރު ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ މާލީއާ ލަނޑެއް ނުޖެހި އެއްވަރުވިއިރު މި މެޗުގައި މިސްރުގެ ގޯލް ބެލެހެއްޓި އުމުރުން 44 އަހަރުގެ ގޯލްކީޕަރު އެސާމް އަލް-ހަދަރީ އަށް ހާއްސަ ޝަރަފެއް ލިބިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޕޯޓް ގެންޓިލް، ގެބޯން (ޖެނުއަރީ 18) – އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މިސްރު ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ މާލީއާ ލަނޑެއް ނުޖެހި އެއްވަރުވިއިރު މި މެޗުގައި މިސްރުގެ ގޯލް ބެލެހެއްޓި އުމުރުން 44 އަހަރުގެ ގޯލްކީޕަރު އެސާމް އަލް-ހަދަރީ އަށް ހާއްސަ ޝަރަފެއް ލިބިއްޖެ އެވެ.

އިއްޔެގެ މެޗާ އެކު އަލް-ހަދަރީ ވެފައިވަނީ މުބާރާތުގެ މެޗެއްގައި ކުޅުނު އެންމެ އުމުރުންދުވަސްވީ ކުޅުންތެރިޔާ އަށެވެ. މި ރެކޯޑް ކުރިން އޮންނަނީ 2006 ވަނަ އަހަރުގެ މުބާރާތުގައި އުމުރުން 39 އަހަރުގައި ކުޅުނު މިސްރުގެ ހޮސާމް ހަސަން އަތުގަ އެވެ.

މިދިޔަ އާދީއްތަ ދުވަހު 44 އަހަރު ފުރުނު އަލް-ހަދަރީ ކުޅެން އެރީ މިސްރުގެ އެއް ނަމްބަރު ކީޕަރު އަހުމަދު އަލް-ޝެނާވީ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރަށް ދާން ޖެހުމުންނެވެ. މިއީ 1996 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުން އަންނަ އަލް-ހަދަރީ ގައުމީ ޓީމަށް ކުޅެދިން 147 ވަނަ މެޗެވެ. މިއީ އޭނާ ކުޅޭ ހަތް ވަނަ އެފްރިކަން ކަޕް އޮފް ނޭޝަންސް އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އާސެނަލަށް ކުޅޭ މިސްރުގެ ފޯވާޑް މުހައްމަދު އެލްނެނީ އަށް ވަނީ ހުސް ދެ ފުރުސަތު ލިބި ބޭކާރުވެފަ އެވެ.

ގްރޫޕް ޑީ ގެ އެއް ވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ފުރަތަމަ މެޗުން ޔޫގެންޑާ އަތުން 1-0 އިން މޮޅުވި ގާނާ އެވެ. މާލީ އާއި މިސްރަށް އެއް ޕޮއިންޓް ލިބިފައިވާއިރު ޔޫގެންޑާ އަށް ޕޮއިންޓެއް ނުލިބެ އެވެ.

ގްރޫޕް އޭ އަށް ބަލާއިރު ފުރަތަމަ މެޗުގައި ގެބޮން އާއި ގިނީ-ބިސާސޫ 1-1 އިން އެއްވަރުވިއިރު ބުރުކީނާ ފާސޯ އާއި ކެމަރޫން ވެސް 1-1 އިން އެެއްވަރުވީ އެވެ. ގްރޫޕް ބީ ގެ ފުރަތަމަ މެޗުގައި އަލްޖީރިއާ އާއި ޒިމްބާބްވޭ 2-2 އިން އެއްވަރުވިއިރު ދެ ވަނަ މެޗުގައި ޓިއުނީޝިއާ އަތުން ސެނެގާލް ވަނީ 2-0 އިން މޮޅުވެފަ އެވެ. މި މެޗުގައި ސެނެގާލަށް ލަނޑު ޖަހައިދިނީ ލިވަޕޫލުގެ ފޯވާޑް ސަޑިއޯ މާނޭ އާއި ކާރާ އެމްބޯޖީ އެވެ.

ގްރޫޕް ސީ ގެ ފުރަތަމަ މެޗުގައި ގަދަފަދަ އައިވަރީ ކޯސްޓާއި ޓޯގޯ ލަނޑެއް ނުޖެހި އެއްވަރުވިއިރު މޮރޮކޯ އަތުން ކޮންގޯ ވަނީ 1-0 އިން މޮޅުވެފަ އެވެ.