ހިލްޓަންއަށް ބަދަލު ދޭން ސަން ޓްރެވަލްސްގެ މައްޗަށް އާބިޓްރޭޝަނުން އަންގާފައިވާ އެންގުމާ ގުޅިގެން ސަން ޓްރެވަލްސްގެ މުދަލާ ބެހޭ މައުލޫމާތު ހޯދުމުގެ ބާރު ހިލްޓަންއަށް ލިބިގެންވާ ސިންގަޕޫރުގެ ކޯޓް އޮފް އެޕީލް އިން ނިންމައިފި އެވެ.
29 ޖުލައި 2020
ހިލްޓަންއަށް ބަދަލު ދޭން ސަން ޓްރެވަލްސްގެ މައްޗަށް އާބިޓްރޭޝަނުން އަންގާފައިވާ އެންގުމާ ގުޅިގެން ސަން ޓްރެވަލްސްގެ މުދަލާ ބެހޭ މައުލޫމާތު ހޯދުމުގެ ބާރު ހިލްޓަންއަށް ލިބިގެންވާ ސިންގަޕޫރުގެ ކޯޓް އޮފް އެޕީލް އިން ނިންމައިފި އެވެ.
ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން 2013 ވަނަ އަހަރު ބާތިލްކުރި މައްސަލާގައި އެމެރިކާގެ މަޝްހޫރު ހޮޓެލް ޗެއިން ކަމަށްވާ ހިލްޓަންއަށް 24 މިލިއަން ޑޮލަރު ދޭން ސަން ޓްރެވަލްސްގެ މައްޗަށް ސިންގަޕޫރު އާބިޓްރޭޝަނުން ކުރިން އޮތީ އަންގައިފަ އެވެ.
އާބިޓްރޭޝަންގެ އެންގުމާ ގުޅިގެން ރާއްޖޭގައި ހުރި ސަން ޓްރެވަލްސްގެ މުދަލާ ބެހޭ މައުލޫމާތު ހޯދުމުގެ ބާރު ހިލްޓަންއަށް ލިބޭ ގޮތަށް ސިންގަޕޫރުގެ ހައި ކޯޓުން ނިންމާފައިވާ ނިންމުމަށް މިމަހު ކުރީކޮޅު އެ ގައުމުގެ ކޯޓް އޮފް އެޕީލް އިން ތާއީދުކޮށް ނިންމި ނިންމުމުގައިވަނީ އާބިޓްރޭޝަންގެ އެންގުން ރާއްޖޭގައި ތަންފީޒު ވިޔަސް އަދި ނުވިޔަސް އެ މުދަލާ ބެހޭ މައުލޫމާތު ހޯދުމުގެ ބާރު ހިލްޓަންއަށް އޮންނާނެ ކަމަށެވެ.
ސިންގަޕޫރުގެ ކޯޓް އޮފް އެޕީލް އިން އެގޮތަށް ނިންމިއިރު، ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ރާއްޖޭގެ ސިވިލް ކޯޓުން ކުރި ހުކުމެއް ވެސް ދާދިފަހުން ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އެކަމަކު ހިލްޓަންއަށް ބަދަލު ދޭން ސަންގެ މައްޗަށް ކުރި އާބިޓްރޭޝަނުން އެންގި އެންގުން ތަންފީޒު ކުރުމުގެ މައްސަލަ އަދިވެސް ނުނިމެ އެވެ.
ސިޔާމް ފުރުން މަނާކުރި މައްސަލައަށް ސަރުކާރު ވަދެއްޖެ
ސަން ސިޔާމްގެ ޕާސްޕޯޓް ސިންގަޕޫރުން ހިފަހައްޓައިފި
ހިލްޓަނަށް ސަންއިން ފައިސާ ދިނުން ފަސްކުރަން އަމުރެއް
ހިލްޓަނަށް ދެހަފުތާ ތެރޭ ފައިސާ ދޭން ސަންއަށް ޖެހިއްޖެ
އިރުފުށި މައްސަލަ ސަން ޓްރެވަލްސްއާ ދެކޮޅަށް ނިންމައިފި
ސަން ޓްރެވަލްސް ގޮވައިގެން ސިންގަޕޫރު ސުޕްރީމް ކޯޓަށް
ސިވިލް ކޯޓުން ހިލްޓަނަށް ބަދަލު ނަގައިދޭން ހުކުމްކޮށްފި
ސަން ކުންފުނިން ހިލްޓަނަށް 31 މިލިއަން ޑޮލަރުދީފި
28 މިލިއަން ޑޮލަރު ދޭން ސަންއަށް އެންގީ ގޯސްކޮށް
ސަން ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓައިފި