15 ފެބުރުއަރީ 2023
ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ގދ. ގައްދޫގައި ބާއްވާ "ކަޅެގަލެކޮޑާ" ގެ އެންމެ ފަހުގެ ޗެމްޕިއަން އިސްމާއިލް ރަޝީދު (ސްމައިލީ) ފުރަތަމަ ބުރުން، ސާފިންގެ އެންމެ މަތީ ދަރަޖައިގެ ނުވަތަ "އެކްސެލެންޓް ރޭންޖްގެ" ސްކޯތަކެއް ހޯދައިފި އެވެ.
ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ގދ. ގައްދޫގައި ބާއްވާ "ކަޅެގަލެކޮޑާ" ގެ އެންމެ ފަހުގެ ޗެމްޕިއަން އިސްމާއިލް ރަޝީދު (ސްމައިލީ) ފުރަތަމަ ބުރުން، ސާފިންގެ އެންމެ މަތީ ދަރަޖައިގެ ނުވަތަ "އެކްސެލެންޓް ރޭންޖްގެ" ސްކޯތަކެއް ހޯދައިފި އެވެ.
ފިރިހެން އޯޕަން ޑިވިޝަން ގެ ފުރަތަމަ ބުރުގެ އަށް ހީޓް އިއްޔެ ކުރިއަށް ދިޔައިރު ސްމައިލީ ވާދަކުރީ ދެވަނަ ހީޓްގަ އެވެ. އޭނާގެ އެންމެ ފުރަތަމަ ރާޅަށް ވެސް 8.17 ޕޮއިންޓް ސްކޯ ކުރި އެވެ. ދެން އެންމެ ރަނގަޅު ސްކޯ އަކަށް ވީ ހަތަރުވަނަ ރާޅުގައި ހެދި 9.17 އެވެ. މިއާ އެކު އޭނާ ވަނީ ޖުމްލަ 17.34 ޕޮއިންޓް ހޯދައި ހީޓް ހާމިޔާބު ކޮށްފަ އެވެ. ރާޅުތަކަށް ސްކޯ ދިނުމުގައި 8.00 އާއި 10 އާ ދެމެދުގެ ޕޮއިންޓްތަކަކީ އެކްސެލެންޓް ރޭންޖުގެ ސްކޯތަކެކެވެ.
މި ހީޓްގެ ދެވަނަ އަށް ދިޔަ ހަސަން ނާސިހަށް 10.50 ޕޮއިންޓް ލިބުނު އިރު ތިންވަނައިގައި ނިންމި އިސްމާއިލް ޒަހީނަށް ލިބުނީ 9.07 ޕޮއިންތެވެ.
މިދިޔަ އަހަރު މުޅިން އަލަށް ފެށި ދިވެހި ސާފް ލީގު ބާއްވަން ފެށުމުގެ ކުރިން އެމްއެސްއޭ އިން ވަނީ ސާފިން ޓުއާ އެއް ބޭއްވުމުގެ މަގްސަދުގައި 2020 ވަނަ އަހަރު ދެކުނު ރާޅު ދަތުރުގެ ދަށުން ގައްދޫ ޕްރޯ ނަމުގައި މުބާރާތެއް ބާއްވައިފަ އެވެ. އެ މުބާރާތް ކާމިޔާބު ކުރީ ވެސް ގައްދު އަށް އުފަން ސްމައިލީ އެވެ. އެ މުބާރާތް ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދިޔަ ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ހަރަކާތްތައް ހުއްޓުނީ އެވެ.
މިދިޔަ އަހަރު ދިވެހި ސާފް ލީގު ފަށައި ފުރަތަމަ އިވެންތް ބޭއްވީ ވެސް ގައްދޫގަ އެވެ. އެފަހަރު ވެސް ޗެމްޕިއަންކަން ހޯދީ ސްމައިލީ އެވެ. ނަމަވެސް ޖެހިގެން އައި އިވެންޓް ގައި އޭނާ އަށް އަނިޔާވުމާ ގުޅިގެން ތިންވަނަ މުބާރާތް ގެއްލުނެވެ. ފަހު ދެ މުބާރާތުގައި ވާދަ ކުރި ނަމަވެސް އޭނާގެ އަސްލު ލެވެލްގައި ޕާފޯމް ނުކުރެވި، ގައުމީ ޓީމުގެ ޖާގަ ވެސް ގެއްލުނެވެ. އެކަމަކު މި އަހަރު ބޭއްވި ގައުމީ ޓީމް ސިލެކްޝަން ޓްރަޔަލްސް ގެ އެއްވަނަ ހޯދައި އޭނާ އަހަރު ފެށީ ވެސް ކާމިޔާބު ކޮށެވެ.
ކަޅެގަލެކޮޑާ 2023 ގެ ފުރަތަމަ ބުރުގައި އަންމަޑޭ ރާޅާ އަޅަނީ.-- ފޮޓޯ: އެމްއެސްއޭ
މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖް ކާމިޔާބު ކުރި މުހައްމަދު އިރުޝާދު (ބިއްލޫ) އާއި މިދިޔަ އަހަރުގެ ލީގު ޗެމްޕިއަންކަން ހޯދި އަހުމަދު އާގިލް (އަންމަޑޭ) ވާދަކުރީ ފުރަތަމަ ހީޓުގަ އެވެ. މި ދެ އެތުލީޓުންގެ އިތުރުން ހީޓްގައި ދެން ވާދަކުރީ އަހުމަދު އަރުޒާން އާއި މުހައްމަދު އަޝްފާގެވެ. މި ހީޓް ކާމިޔާބު ކުރީ 10.84 ޕޮއިންޓް ހޯދި ބިއްލޫ އެވެ. ޖުމްލަ 9.07 ޕޮއިންޓް ލިބުނު އަންމަޑޭ ދިޔައީ ދެވަނައަށެވެ. އަރުޒާނަށް 6.57 ޕޮއިންޓް ލިބިފައި ވާއިރު އަޝްފާގަށް ލިބުނީ ފަސް ޕޮއިންޓެވެ.
ތިންވަނަ ހީޓް ކާމިޔާބު ކުރީ ހުސެއިން އަރީފް (އިބޫ) އެވެ. އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން މުބާރާތްތަކާ ދުރުގައި ހުރުމަށް ފަހު އޭނާ ވަނީ މިދިޔަ އަހަރު އެނބުރި އައި މުބާރާތުން ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި ރަންނަމާރި ޗެލެންޖްގެ ދެވަނަ ވެސް ހޯދި އެވެ. ހަމަ އެއާ އެކު ގައުމީ ޓީމު ސިލެކްޝަނަށް ބޭއްވި ޓްރަޔަލްސް ގައި ވަނީ ސްމައިލީ ގެ ފަހަތުން ދެވަނައިގައި ނިންމައި ގައުމީ ޓީމުން ޖާގަ ހޯދައިފަ އެވެ.
އިބޫ ހީޓް ކާމިޔާބު ކުރީ 14.06 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައަށް ދިޔައީ 9.50 ޕޮއިންޓް ހޯދި އަލީ އަހުމަދެވެ. ތިންވަނައިގައި ނިންމި މުހައްމަދު އަތޫފަށް 7.66 ޕޮއިންޓް ލިބުނެވެ. ހަތަރުވަނައަށް ދިޔައީ 5.47 ޕޮއިންޓް ލިބުނު މުހައްމަދު އިނާން އަބްދުލް ހަންނާނެވެ.
ކަޅެގަލެކޮޑާ 2023 ގެ ފުރަތަމަ ބުރުގައި އިބޫ ރާޅާ އަޅަނީ.-- ފޮޓޯ: އެމްއެސްއޭ
ހަތަރުވަނަ ހީޓް ކާމިޔާބު ކުރީ 14.17 ޕޮއިންޓް ހޯދައިގެން ހޫދު އަހުމަދު (ހޫބްޒް) އެވެ. ދެވަނައިގައި ނިންމި އަބްދުﷲ އަރީފް (ފުކޫ) އަށް ލިބުނީ 8.10 ޕޮއިންޓެވެ. އަދި ތިންވަނައިގައި ނިންމި އަހުމަދު ޒަޔާނަށް ހޯދުނީ 6.16 ޕޮއިންޓެވެ.
ފަސްވަނަ ހީޓް ކާމިޔާބު ކުރީ 13.77 ޕޮއިންޓް ހޯދި ޖައިލަމް ނިޒާރެވެ. ހީތްގެ ދެވަނަ ހޯދީ 7.26 ޕޮއިންޓް ހޯދި ޔަމާން އިބްރާހިމް އެވެ. ތިންވަނައަށް ދިޔަ އައިހަމް އަދުނާން އަށް 6.40 ޕޮއިންޓް ލިބުނު އިރު އަހުމަދު ލުޒެއިން އަށް ލިބުނީ 4.76 ޕޮއިންޓެވެ.
ހަވަނަ ހީޓް ކާމިޔާބު ކުރީ 9.73 ޕޮއިންޓް ހޯދައިގެން ކަޔާން އަބްދުﷲ އަރީފެވެ. ދެވަނަ ހޯދި މުހައްމަދު ޒަޔާން (ޗޮއްޕު) އަށް ލިބުނީ 8.90 ޕޮއިންޓެވެ. ތިންވަނައިގައި ނިންމި އަބްދުﷲ އަރުޝަދަށް ލިބުނީ 8.07 ޕޮއިންޓެވެ. އަދި ޔަސީން އަހުމަދު ނާޝިދަށް ލިބުނީ 7.33 ޕޮއިންޓެވެ.
ހަތްވަނަ ހީޓްގައި 11.73 ޕޮއިންޓް ހޯދައިގެން ކާމިޔާބު ކުރީ އާދަމް މުއީން އިިބްރާހިމް އެވެ. ދެވަނައަށް ދިޔަ ޔޫސުފް ކަޔާން ހަމްދާން ޒަކީ އަށް ލިބުނީ 9.34 ޕޮއިންޓެވެ. އަހުމަދު މިދްޝާން އަށް 6.17 ޕޮއިންތް ލިބުނު އިރު މުހައްމަދު ރިފާސް އަބްދުއްރައްޒާގަށް ލިބުނީ 4.86 ޕޮއިންޓެވެ.
ފުރަތަމަ ބުރުގެ ފަހު ހީޓް ކާމިޔާބު ކުރީ ނަޖާހު މުހައްމަދު (ކަނބޯ) އެވެ. ނަޖާހު ވަނީ ޖުމްލަ 15.50 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ދެވަނަ ހޯދި މުހައްމަދު ފަޔާޒް (ޕެލޭ) ވަނީ 9.73 ޕޮއިންޓް ހޯދައިފަ އެވެ. އިބްރާހިމް އައިމަން އާރިފަށް 5.17 ޕޮއިންޓް ލިބުނު އިރު މުހައްމަދު އަޝްރަފަށް ލިބުނީ 3.03 ޕޮއިންޓެވެ.
ކޮންމެ ހީޓަކުން ވެސް އެއްވަނަ އަދި ދެވަނަ ހޯދި ރާޅާއެޅުންތެރިން ވަނީ މުބާރާތުގެ ތިންވަނަ ބުރަށް ހޮވިފަ އެވެ. ދެން ތިބި އެތުލީޓުން ތިންވަނަ ބުރުން ޖާގަ ހޯދަން ޖެހޭނީ ކޮލިފައިން ބުރުގެ ހީޓްތަކުގައި ވާދަކުރާށެވެ. ކޮލިފައިންގެ ހަތަރު ހީޓުން ތިންވަނަ ބުރަށް ހޮވޭނީ ކޮންމެ ހީޓެއްގެ އެއްވަނަ އަދި ދެވަނަ ހޯދާ ރާޅާއެޅުންތެރިންނެވެ.
ވޯލްޑް ސާފިން ގޭމްސްގައި ވާދަކުރާ ދިވެހި ޓީމު ފުރައިފި
ތުލުސްދޫގައި ބާއްވާ އޭޝިއާ ސާފިން މުބާރާތް ލޯންޗްކޮށްފި
އަންމަޑޭ ޗެމްޕިއަންކަން ދިފާއު ކުރީ އިބޫ ބަލިކޮށްފައި
މުލީކޮޅުގެ ޖޫނިއާ ޗެމްޕިއަންކަން ޝާނިފް ދިފާއުކޮށްފި
ސައްޔިދު މުލީކޮޅު މުބާތުގެ އޯޕަން ޑިވިޝަންގެ ކުއާޓާއަށް
ޖޫނިއާ ސެމީގައި ކަޔާން، ޔަސީން އަދި އިނާން، ޝާނިފް
އިނާން އާއި ޔަސީން އަދި ސައްޔިދު ހީޓްތަކުގެ ކުރީގައި
މޫސުން ގޯސްވެގެން މުލީގެ ސާފިން މުބާރާތް ފަޅުރަށަކަށް
މެޑައްޔަށް އަމާޒުކޮށް ސާފިން ޓީމުގެ ޓްރޭނިން ފަށައިފި
ސްމައިލީ ބަލިކޮށް ގައްދޫ ޗެމްޕިއަންކަން ނަޖާހު އަށް