15 ފެބުރުއަރީ 2023
ގދ. ގައްދޫގައި ކުރިއަށްދާ "ކަޅެގަލެކޮޑާ" މުބާރާތުގެ ގަދަ 16 ގައި އެތުލީޓުން ހޮވި، ހީޓްތައް ފޯރިގަދަ ވެއްޖެ އެވެ.
ގދ. ގައްދޫގައި ކުރިއަށްދާ "ކަޅެގަލެކޮޑާ" މުބާރާތުގެ ގަދަ 16 ގައި އެތުލީޓުން ހޮވި، ހީޓްތައް ފޯރިގަދަ ވެއްޖެ އެވެ.
ގައްދޫގެ ޗެމްޕިއަން އިސްމާއިލް ރަޝީދު (ސްމައިލީ) އާއި މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖްގެ ޗެމްޕިއަން މުހައްމަދު އިރުޝާދު (ބިއްލޫ) ގެ އިތުރުން ލީގު ޗެމްޕިއަން އަހުމަދު އާގިލް (އަންމަޑޭ) އަދި އަންމަޑޭގެ ބޭބެ، ކުރީގެ ގައުމީ ޓީމުގެ އެތުލީޓް ހަސަން ނާސިހު (ޗިކާ) ވާދަކުރާނީ ގަދަ 16 ގެ ފުރަތަމަ ހީޓްގަ އެވެ.
ރާއްޖޭގެ ލެޖެންޑަރީ ރާޅާއެޅުންތެރިޔާ ހުސެއިން އަރީފް (އިބޫ) އާއި އޭނާގެ ކޮއްކޮ އަބްދުﷲ އަރީފް (ފުކޫ) ވާދަކުރާ ދެވަނަ ހީޓުގައި 2021 ވަނަ އަހަރުގެ ރަންނަމާރި ޗެލެންޖްގެ ޗެމްޕިއަން ހޫދު އަހުމަދު (ހޫބްޒް) ވެސް ވާދަ ކުރާނެ އެވެ. މި ހީޓްގައި ދެން ވާދަ ކުރާނީ ހޫބްޒްގެ ބޭބެ އަލީ އަހުމަދެވެ.
ފުކޫގެ ދަރިފުޅު، ޖޫނިއާ ގައުމީ ޓީމުގެ އެތުލީޓް ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) ވެސް ގަދަ 16 އަށް ހޮވުނެވެ. އޭނާ އާއެކު ތިންވަނަ ހީޓުގައި މުހައްމަދު ޒަޔާން (ޗޮއްޕު) ގެ އިތުރުން މިއަހަރުގެ ގައުމީ ޓީމުގައި ހިމެނޭ ޖައިލަމް ނިޒާރު ވެސް ހިމެނެ އެވެ. އަދި އިބްރާހިމް އައިމަން އާރިފް ވެސް ވާދަކުރާނި މި ހީޓްގަ އެވެ.
ކައިޕުޓީ ގެ އިތުރުން ޖޫނިއާ ގައުމީ ޓީމުގައި ހިމެނޭ ޔޫސުފް ކަޔާން ހަމްދާން ޒަކީ ވެސް ކުއާޓާގެ ޖާގައެއް ހޯދަން ގަދަ 16 ގައި ވާދަ ކުރާނެ އެވެ. އޭނާ އާއެކު ފަހު ހީޓްގައި ވާދަ ކުރާނީ އާދަމް މުއީން އިބްރާހިމް އާއި މިދިޔަ އަހަރުގެ ލީގުގެ ދެވަނަ ހޯދި ނަޖާހު މުހައްމަދު (ކަނބޯ) އަދި ކުރިން ރަންނަމާރި ޗެލެންޖްގެ ޗެމްޕިއަންކަން ހޯދާފައިވާ މުހައްމަދު ފަޔާޒް (ޕެލޭ) އެވެ.
މި މުބާރާތުގައި ޖޫނިއާ ގައުމީ ޓީމުގައި ހިމެނޭ 16 އަހަރުން ދަށުގެ ހަތް އެތުލީޓަކަށް ވައިލްޑް ކާޑް އުސޫލުން ފުރުސަތު ދީފައި ވާއިރު، ގަދަ 16 އަށް ދަތުރު ކުރީ ކަޔާން އަބްދުﷲ އަރީފް އާއި ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ.
މުބާރާތުގެ ފުރަތަމަ ދުވަހު އޯޕަން ކެޓަގަރީގެ ފުރަތަމަ ބުރުގެ ހީޓްތައް ކުރިއަށް ގެންދިޔަ އެވެ. ފުރަތަމަ ބުރުން 16 އެތުލީޓެއް ތިންވަނަ ބުރުގެ ސީދާ ޖާގަ ޔަގީން ކުރި އިރު، މިއަދު ފުރަތަމަ ކުރިއަަށް ގެންދިޔައީ ތިންވަނަ ބުރުގެ ބާކީ އަށް ޖާގައަށް އެތުލީޓުން ހޮވަން ބޭއްވި ކޮލިފައިން ބުރެވެ.
އަރުޒާން، ގައްދޫ މުބާރާތުގައި ރާޅަކާ އަޅަނީ.-- ފޮޓޯ: އެމްއެސްއޭ
ކޮލިފައިން ބުރުގައި ހަތަރު ހީޓެއް ކުރިއަށް ގެންދިޔަ އެވެ. ތިންވަނަ ބުރުން ޖާގަ ލިބުނީ ކޮންމެ ހީޓަކުން އެންމެ ކުރި ހޯދި ދެ އެތުލީޓުންނަށެވެ. ފުރަތަމަ ހީޓުގެ އެއްވަނަ އިސްމާއިލް ޒަހީން ހޯދީ 13.00 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. ދެވަނައަށް ދިޔަ އަހުމަދު އަރުޒާން އަށް ލިބުނީ 9.17 ޕޮއިންޓެވެ. ސަބާހު މުހައްމަދަށް 9.16 ޕޮއިންޓް ލިބުނުއިރު އިންޓަފިއަރެންސަކަށް އެއް ރާޅުގެ މާކުސް ކަނޑާލުމުން މުހައްމަދު އަޝްފާގަށް ސްކޯ ކުރެވުނީ 0.40 އެވެ.
މުހައްމަދު އަތޫފް ދެވަނަ ހީޓްގެ އެއްވަނަ ހޯދީ 10.67 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައަށް ދިޔައީ 8.30 ޕޮއިންޓް ހޯދި މުހައްމަދު އިނާން އަބްދުލް ހަންނާން އެވެ. އަހުމަދު ޒަޔާނަށް ލިބުނީ 7.77 ޕޮއިންޓެވެ.
ތިންވަނަ ހީޓްގެ އެއްވަނަ ހޯދީ 8.30 ޕޮއިންޓް ހޯދި ޔަސީން އަހުމަދު ނާޝިދެވެ. ދެވަނައަށް ދިޔައީ 7.66 ޕޮއިންޓް ހޯދި އައިހަމް އަދުނާން އެވެ. އަބްދުﷲ އަރުޝަދަށް ލިބުނީ 7.24 ޕޮއިންޓެވެ.
ފަހު ހީޓުގެ އެއްވަނަ ހޯދީ މުހައްމަދު ރިފާސް އަބްދުއްރައްޒާގެވެ. ރިފާސް ވަނީ 9.83 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައަށް ދިޔައީ 9.00 ޕޮއިންޓް ހޯދި އިބްރާހިމް އައިމަން އާރިފެވެ. އަހުމަދު މިދްޝާނަށް 6.50 ޕޮއިންތް ލިބުނުއިރު މުހައްމަދު އަޝްރަފަށް ލިބުނީ 4.70 ޕޮއިންޓެވެ.
ތިންވަނަ ބުރުގައި އަށް ހީޓެއް ކުރިއަށް ގެންދިޔަ އިރު، ކޮންމެ ހީޓެއްގައި ވާދަކުރީ ތިން އެތުލީޓުންނެވެ. ގަދަ 16 އަށް ދަތުރު ކުރީ ތިންވަނަ ބުރުގެ ކޮންމެ ހީޓަކުން އެންމެ މަތިން ސްކޯ ކުރި ދެ އެތުލީޓުންނެވެ.
ފުރަތަމަ ހީޓްގެ އެއްވަނަ ހޯދީ ހަސަން ނާސިހު (ޗިކާ) އެވެ. ޗިކާ ވަނީ 12.84 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައަށް ދިޔައީ 10.34 ޕޮއިންޓް ސްކޯ ކުރި މުހައްމަދު އިރުޝާދު (ބިއްލޫ) އެވެ. ޒަހީނަށް ލިބުނީ 7.57 ޕޮއިންޓެވެ.
ޗިކާ ރާޅަކާ އަޅަނީ، އޭނާ ވަނީ ގަދަ 16 އިން ޖާގަ ހޯދާފައި.-- ފޮޓޯ: އެމްއެސްއޭ
ތިންވަނަ ބުރުގެ ދެވަނަ ހީޓުގައި ވާދަކުރީ އިސްމާއިލް ރަޝީދު (ސްމައިލީ) އާއި އަހުމަދު އާގިލް (އަންމަޑޭ) އަދި އިނާން އެވެ. ހީޓްގެ އެއްވަނަ ހޯދީ 14.33 ޕޮއިންޓް ސްކޯ ކޮށްގެން ސްމައިލީ އެވެ. އަންމަޑޭ އަށް ސްކޯ ކުރެވުނީ 9.70 އެވެ. އިނާން އަށް ލިބުނީ 5.34 ޕޮއިންޓެވެ.
ތިންވަނަ ހީޓްގެ އެއްވަނަ ހޯދީ 15.17 ޕޮއިންޓް ސްކޯ ކުރި ހުސެއިން އަރީފް (އިބޫ) އެވެ. ދެވަނައަށް ދިޔައީ 9.57 ޕޮއިންޓް ހޯދި އަބްދުﷲ އަރީފް (ފުކޫ) އެވެ. އަރުޒާން އަށް ލިބުނީ 8.40 ޕޮއިންޓެވެ.
ހަތަރުވަނަ ހީޓްގެ އެއްވަނަ ހޯދީ ހޫދު އަހުމަދު (ހޫބްޒް) އެވެ. ހޫބްޒް ވަނީ 11.66 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ދެވަނައަށް ދިޔަ އަލީ އަހުމަދަށް ލިބުނީ 8.83 ޕޮއިންޓެވެ. މުހައްމަދު އަތޫފަށް ލިބުނީ 7.63 އެވެ.
ފަސްވަނަ ހީޓްގެ އެއްވަނަ މުހައްމަދު ޒަޔާން (ޗޮއްޕު) ހޯދީ ދެވަނައަށް ދިޔަ ޖައިލަމް ނިޒާރަށް ވުރެ 0.07 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ޗޮއްޕު އަށް 7.80 ޕޮއިންޓް ލިބުނު އިރު ޖައިލަމް ނިޒާރަށް ލިބުނީ 7.73 ޕޮއިންޓެވެ. މި ހީޓްގައި ދެން ވާދަކުރި ޔަސީން އަށް ލިބުނީ 5.60 ޕޮއިންޓެވެ.
ބިއްލޫ، ފުރަތަމަ ދުވަހުގެ ރާޅެއްގައި.-- ފޮޓޯ: އެމްއެސްއޭ
ހަވަނަ ހީޓްގެ އެއްވަނަ އައިމަން ހޯދީ ދެވަނައަށް ދިޔަ ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) އަށް ވުރެ 0.13 ޕޮއިންޓުން ކުރި ހޯދައިގެންނެވެ. އައިމަން އަށް 8.83 ޕޮއިންޓް ލިބުނު އިރު ކައިޕުޓީ އަށް ލިބުނީ 8.70 ޕޮއިންޓެވެ. ތިންވަނައަށް ދިޔަ ޔަމާން އިބްރާހިމް އަށް ލިބުނީ 5.36 ޕޮއިންޓެވެ.
ހަތްވަނަ ހީޓް ވެސް ވާދަވެރި އެވެ. މި ހީޓްގެ އެއްވަނަ ހޯދީ 9.66 ޕޮއިންޓް ސްކޯ ކުރި މުހައްމަދު ފަޔާޒް (ޕެލޭ) އެވެ. ދެވަނަ ލިބުނު އާދަމް މުއީން އިބްރާހިމް އަށް ލިބުނީ 8.74 ޕޮއިންޓެވެ. އައިހަމް އަދުނާނަށް ލިބުނީ 5.26 ޕޮއިންޓެވެ.
ތިންވަނަ ބުރުގެ ފަހު ހީޓުގައި ވާދަކޮށް ހީޓް ކާމިޔާބު ކުރީ 12.00 ޕޮއިންޓް ހޯދި ނަޖާހު މުހައްމަދު (ކަނބޯ) އެވެ. ދެވަނައަށް ދިޔަ ޔޫސުފް ކަޔާން ހަމްދާން ޒަކީ އަށް ވަނީ 7.84 ޕޮއިންޓް ލިބިފަ އެވެ. ތިންވަނައަށް ދިޔައީ 4.34 ޕޮއިންޓް ލިބުނު ރިފާސް އެވެ.
ވޯލްޑް ސާފިން ގޭމްސްގައި ވާދަކުރާ ދިވެހި ޓީމު ފުރައިފި
ތުލުސްދޫގައި ބާއްވާ އޭޝިއާ ސާފިން މުބާރާތް ލޯންޗްކޮށްފި
އަންމަޑޭ ޗެމްޕިއަންކަން ދިފާއު ކުރީ އިބޫ ބަލިކޮށްފައި
މުލީކޮޅުގެ ޖޫނިއާ ޗެމްޕިއަންކަން ޝާނިފް ދިފާއުކޮށްފި
ސައްޔިދު މުލީކޮޅު މުބާތުގެ އޯޕަން ޑިވިޝަންގެ ކުއާޓާއަށް
ޖޫނިއާ ސެމީގައި ކަޔާން، ޔަސީން އަދި އިނާން، ޝާނިފް
އިނާން އާއި ޔަސީން އަދި ސައްޔިދު ހީޓްތަކުގެ ކުރީގައި
މޫސުން ގޯސްވެގެން މުލީގެ ސާފިން މުބާރާތް ފަޅުރަށަކަށް
މެޑައްޔަށް އަމާޒުކޮށް ސާފިން ޓީމުގެ ޓްރޭނިން ފަށައިފި
ސްމައިލީ ބަލިކޮށް ގައްދޫ ޗެމްޕިއަންކަން ނަޖާހު އަށް