16 ފެބުރުއަރީ 2023
ގދ. ގައްދޫގައި މިހާރު ކުރިއަށްދާ "ކަޅެގަލެކޮޑާ" މުބާރާތުގެ އޯޕަން ޑިވިޝަންގެ ސެމީ ފައިނަލަށް އުމުރުން 12 އަހަރުގެ ޔޫސުފް ކަޔާން ހަމްދާން ޒަކީ ޖާގަ ހޯދައިފި އެވެ.
ގދ. ގައްދޫގައި މިހާރު ކުރިއަށްދާ "ކަޅެގަލެކޮޑާ" މުބާރާތުގެ އޯޕަން ޑިވިޝަންގެ ސެމީ ފައިނަލަށް އުމުރުން 12 އަހަރުގެ ޔޫސުފް ކަޔާން ހަމްދާން ޒަކީ ޖާގަ ހޯދައިފި އެވެ.
އޯޕަން ޑިވިޝަންގައި ބައިވެރި ވެވޭނީ 16 އަހަރުން މަތީގެ ރާޅާއެޅުންތެރިންނަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫނިއާ ޗެމްޕިއަންޝިޕުން ޖޫނިއާ ގައުމީ ޓީމަށް ކުދިން ހޮވުމަށް ފަހު ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ވަނީ މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖުން ފެށިގެން 16 އަހަރުން ދަށުގެ ހަތް އެތުލީޓަކަށް އޯޕަން ޑިވިޝަން ގައި ވާދަކުރަން ވައިލްޑް ކާޑް އުސޫލުން ފުރުސަތު ދީފަ އެވެ.
ޖޫނިއާ ބައިގެ ސެމީ ފައިނަލަށް ވެސް ހޮވިފައިވާ ކަޔާން އަކީ މިދިޔަ އަހަރުގެ ސާފް ލީގުގައި ޖޫނިއާ ރޭންކިންގެ އެންމެ ކުރި ހޯދި އެތުލީޓެވެ. މިދިޔަ އަހަރު ލީގުގެ ޖޫނިއާ ޗެމްޕިއަން ނުހޮވި ނަމަވެސް އެމްއެސްއޭ އިން ވަނީ މި އަހަރު ޖޫނިއާ ޗެމްޕިއަން ވެސް ހޮވަން ނިންމައިފަ އެވެ.
ކަޔާން، އޯޕަން ބައިގެ ސެމީ ފައިނަލަށް ދަތުރު ކުރީ މިއަދު ކުރިއަށް ދިޔަ ކުއާޓާ ފައިނަލްގެ ހީޓުގައި، ސީނިއާ ގައުމީ ޓީމްގެ އެތުލީޓް ޖައިލަމް ނިޒާރު ފަހަތަށް ޖައްސާލައިފަ އެވެ. މި ހީޓުގައި ކަޔާން އެޅި ދެ ރާޅަށް ވަނީ 9.07 ޕޮއިންޓް ހޯދައިފަ އެވެ. ފުރަތަމަ ރާޅަށް 4.00 ޕޮއިންޓް ހޯދިއިރު ދެވަނަ ރާޅުން 5.07 ޕޮއިންޓް ހޯދި އެވެ. މިދިޔަ އަހަރުގެ ލީގު ތިންވަނަ ހޯދި ޖައިލަމް އަށް ލިބުނީ ޖުމްލަ 8.54 ޕޮއިންތެވެ. ޖައިލަމްގެ އެންމެ ރަނގަޅު ދެ ރާޅަށް ލިބުނީ 4.17 އަދި 4.37 ޕޮއިންޓެވެ.
"ވަރަށް އުފާވެއްޖެ ސެމީ ފައިނަލުން ޖާގަ ލިބުނީމަ. ޓްރައި ކުރާނަން ސެމީ ފައިނަލްގަ ވެސް މޮޅުވާން، މެންސް އޯޕަން ގަ،" އުފާ ވެފައި ހުރި ކަޔާން ކުއާޓާގެ ހީޓު ކާމިޔާބު ކުރުމަށް ފަހު ބުންޏެވެ.
ސެމީ ފައިނަލްގައި ކަޔާން ވާދަކުރާނީ މިދިޔަ އަހަރުގެ ލީގުގެ ދެވަނަ ހޯދި ނަޖާހު މުހައްމަދު (ކަނބޯ) އާ ދެކޮޅަށެވެ. ކަނބޯ އަކީ މިދިޔަ އަހަރު "ކަޅެގަލެކޮޑާ" ގެ ސެމީ ފައިނަލް ގައި ޖައިލަމް ބަލިކޮށްފައި ފައިނަލްގައި ވާދަކުރި އެތުލީޓެވެ. މިއަދު ކުރިއަށް ދިޔަ ކުއާޓާގެ ހީޓް ގައި ކަނބޯ ވަނީ މުހައްމަދު ޒަޔާން (ޗޮއްޕު) އާ ވާދަކޮށް 12.66 ޕޮއިންޓް ހޮދައިފަ އެވެ. ޗޮއްޕު އަށް ލިބުނީ 10.83 ޕޮއިންޓެވެ.
ސެމީގެ އަނެއް ހީޓްގައި ވާދަ ކުރާނީ ހަސަން ނާސިހު (ޗިކާ) އާއި ޗެމްޕިއަން އިސްމާއިލް ރަޝީދު (ސްމައިލީ) އެވެ. ޗިކާ ސެމީ އަށް ދަތުރު ކުރީ ކުއާޓާ ގައި ހުސެއިން އަރީފް (އިބޫ) ބަލިކޮށްފަ އެވެ. މި ހީޓުގައި ޗިކާ ވަނީ ޖުމްލަ 12.83 ޕޮއިންޓް ހޯދައިފަ އެވެ. އިބޫ އަށް ހޯދުނީ 11.77 ޕޮއިންޓެވެ.
ޗިކާ މި އަހަރުގެ ގައްދޫ މުބާރާތުގައި.-- ފޮޓޯ: އެމްއެސްއޭ
މީގެ ކުރިން ގައްދޫގައި ބޭއްވި ދެ މުބާރާތުގެ ވެސް ޗެމްޕިއަންކަން ހޯދި އެ ރަށުގެ ސްމައިލީ އެވެ. މި އަހަރުގެ ސެމީ ފައިނަލަށް ސްމައިލީ ދަތުރު ކުރީ ކުއާޓާ ގައި ހޫދު އަހުމަދު (ހޫބްޒް) ބަލިކޮށްފަ އެވެ. މި ހީޓްގައި ސްމައިލީ ވަނީ އެންމެ ރަނގަޅު ދެ ރާޅަށް 6.50 އަދި 8.00 ޕޮއިންޓް ސްކޯ ކޮށް، ޖުމްލަ 14.50 ޕޮއިންޓް ހޯދައިފަ އެވެ. ހޫބްޒް އަށް ލިބުނީ ޖުމްލަ 12.33 ޕޮއިންތެވެ. ހޫބްޒް އެޅީ ވެސް ދެ ރާޅެވެ. ފުރަތަމަ ރާޅަށް 5.50 ޕޮއިންޓް ލިބުނުއިރު ދެވަނަ ރާޅަށް 6.83 ޕޮއިންޓް ލިބުނެވެ.
މިއަދުގެ ހީޓްތައް ފެށީ ގަދަ 16 ގެ ވާދަވެރި ހީޓްތަކުންނެވެ. ފުރަތަމަ ހީޓްގައި ވާދަކުރީ ސްމައިލީ އާއި ޗިކާގެ އިތުރުން އަހުމަދު އާގިލް (އަންމަޑޭ) އަދި މުހައްމަދު އިރުޝާދު (ބިއްލޫ) އެވެ. މި ހީޓް ކާމިޔާބު ކުރީ 14.17 ޕޮއިންޓް ހޯދައިގެން ސްމައިލީ އެވެ. ދެވަނަ ލިބުނީ 10.66 ޕޮއިންތް ހޯދި ޗިކާ އަށެވެ. ބިއްލޫ އަށް 9.30 ޕޮއިންޓް ލިބުނު އިރު އަންމަޑޭ އަށް ލިބުނީ 8.40 ޕޮއިންޓެވެ.
ސްމައިލީ އިއްޔެގެ ހީޓެއްގައި.-- ފޮޓޯ: އެމްއެސްއޭ
ގަދަ 16 ގެ ދެވަނަ ހީޓު އެންމެ ފަހު ވަގުތު ދުއްވާލި ރާޅާ އެކު ކާމިޔާބު ކުރީ އުބޫ އެވެ. ހީތް ނިމެން ދަނިކޮށް ވެސް ހޫބްޒް އާއި އިބޫ އޮތީ ޖުމްލަ ޕޮއިންޓް 14.33 އިން އެއްވަރު ވެފަ އެވެ. އެކަމަކު ހޫބްޒް އެއްވަނައިގައި އޮތީ އެއް ރާޅަށް އެންމެ ގިނަ ޕޮއިންޓް (8.33 ޕޮއިންޓް) ހޯދައިގެންނެވެ. ނަމަވެސް ފަހު ވަގުތު އެޅި ރާޅަށް 6.87 ޕޮއިންޓް ހޯދައިގެން އިބޫ ހާލަތު ބަދަލު ކޮށްލީ ޖުމްލަ 14.37 ޕޮއިންޓް ހަމަކޮށްގެންނެވެ. މި ހީތް ގައި ދެން ވާދަކުރި އަބްދުﷲ އަރީފް (ފުކޫ) އަށް ލިބުނީ 9.86 ޕޮއިންޓެވެ. އަދި އަލީ އަހުމަދަށް ލިބުނީ 6.66 ޕޮއިންޓެވެ.
ޖައިލަމް ނިޒާރާއި ޗޮއްޕު ކުއާޓާ އަށް ދަތުރު ކުރީ އިބްރާހިމް އައިމަން އާރިފާއި ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) ފަހަތަށް ޖައްސާލައިފަ އެވެ. ޖައިލަމް ވަނީ މި ހީޓް ގައި 11.84 ޕޮއިންޓް ހޯދައިފަ އެވެ. ޗޮއްޕު އަށް ލިބުނީ 8.44 ޕޮއިންޓެވެ. އައިމަން އަށް 7.34 ޕޮއިންޓް ލިބުނުއިރު ކައިޕުޓީ އަށް ލިބުނީ 5.57 ޕޮއިންޓެވެ.
ގަދަ 16 އެތުލީޓުން ވާދަކުރި ބުރުގެ ފަހު ހީޓްގެ އެއްވަނަ ހޯދީ ކަނބޯ އެވެ. ކަނބޯ އެއްވަނަ ހޯދީ 9.04 ޕޮއިންޓް ހޯދައިގެންނެވެ. އަދި ދެވަނަ ހޯދި ޔޫސުފް ކަޔާން ވަނީ 8.94 ޕޮއިންޓް ހޯދައިފަ އެވެ. މި ހީޓްގައި ދެން ވާދަކުރި އާދަމް މުއީން އިބްރާހިމް އަށް 7.50 ޕޮއިންޓް ލިބުނުއިރު މުހައްމަދު ފަޔާޒް (ޕެލޭ) އަށް ލިބުނީ 6.10 ޕޮއިންޓެވެ.
ޖޫނިއާ އަދި އޯޕަން ބައިގެ ސެމީ ފައިނަލާއި ފައިނަލް ހީތް ވެސް މާދަމާ ކުރިއަށް ގެންދަން އެމްއެސްއޭ އިން ވަނީ ނިންމައިފަ އެވެ.
ވޯލްޑް ސާފިން ގޭމްސްގައި ވާދަކުރާ ދިވެހި ޓީމު ފުރައިފި
ތުލުސްދޫގައި ބާއްވާ އޭޝިއާ ސާފިން މުބާރާތް ލޯންޗްކޮށްފި
އަންމަޑޭ ޗެމްޕިއަންކަން ދިފާއު ކުރީ އިބޫ ބަލިކޮށްފައި
މުލީކޮޅުގެ ޖޫނިއާ ޗެމްޕިއަންކަން ޝާނިފް ދިފާއުކޮށްފި
ސައްޔިދު މުލީކޮޅު މުބާތުގެ އޯޕަން ޑިވިޝަންގެ ކުއާޓާއަށް
ޖޫނިއާ ސެމީގައި ކަޔާން، ޔަސީން އަދި އިނާން، ޝާނިފް
އިނާން އާއި ޔަސީން އަދި ސައްޔިދު ހީޓްތަކުގެ ކުރީގައި
މޫސުން ގޯސްވެގެން މުލީގެ ސާފިން މުބާރާތް ފަޅުރަށަކަށް
މެޑައްޔަށް އަމާޒުކޮށް ސާފިން ޓީމުގެ ޓްރޭނިން ފަށައިފި
ސްމައިލީ ބަލިކޮށް ގައްދޫ ޗެމްޕިއަންކަން ނަޖާހު އަށް