ގައްދޫގައި ކުރިއަށްގެންދާ މި އަހަރުގެ ދިވެހި ސާފް ލީގުގެ ފުރަތަމަ އިވެންޓް "ކަޅެގަލެކޮޑާ" ގެ ޖޫނިއާ ޗެމްޕިއަންކަން މުހައްމަދު ޒަޔާން (ޗޮއްޕު) ހޯދައިފި އެވެ.
17 ފެބުރުއަރީ 2023
ގައްދޫގައި ކުރިއަށްގެންދާ މި އަހަރުގެ ދިވެހި ސާފް ލީގުގެ ފުރަތަމަ އިވެންޓް "ކަޅެގަލެކޮޑާ" ގެ ޖޫނިއާ ޗެމްޕިއަންކަން މުހައްމަދު ޒަޔާން (ޗޮއްޕު) ހޯދައިފި އެވެ.
މިދިޔަ އަހަރުގެ ގައްދޫ ފައިނަލް ގައި ވެސް ވާދަކުރި ޗޮއްޕު ޗެމްޕިއަންކަން ހޯދީ، ފައިނަލް ހީޓުގައި ޔޫސުފް ކަޔާން ހަމްދާން ޒަކީ ބަލިކޮށްފަ އެވެ. ޗޮއްޕު ވަނީ ފައިނަލް ގައި ޖުމްލަ 12.38 ޕޮއިންޓް ހޯދައިފަ އެވެ. އެންމެ ރަނގަޅު ދެ ރާޅަށް ލިބުނީ 5.67 އަދި 6.67 އެވެ.
މިދިޔަ އަހަރުގެ ލީގުގައި ޗޮއްޕު ވަނީ ޖޫނިއާ އެންމެ ފަހު އިވެންޓް ކަމަށްވާ ކ. ހިންމަފުށީގައި އޮތް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ޖޫނިއާ ކެޓެގަރީގެ އެންމެ ފަހު އަހަރު، ޗޮއްޕު، 17، މި ފެށީ ވެސް ޗެމްޕިއަންކަން ހޯދައިގެންނެވެ.
ޔޫސުފް ކަޔާން (ވ)، ކަޅެގަލެކޮޑާ 2023 ގެ ރަނަރަޕް ޓްރޮފީއާ ހަވާލު ވަނީ.-- ފޮޓޯ: އެމްއެސްއޭ
ޔޫސުފް ކަޔާން އަށް ފައިނަލް ހީޓުގައި ލިބުނީ ޖުމްލަ 8.10 ޕޮއިންޓެވެ. އޭނާގެ އެންމެ ރަނގަޅު ދެ ރާޅަށް ލިބުނީ 3.50 އަދި 4.60 އެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ހީޓްތައް ބޭއްވީ މިއަދު ހެނދުނު އެވެ. ޔޫސުފް ކަޔާން ފައިނަލުން ޖާގަ ހޯދީ 11.90 ޕޮއިންޓް ހޯދައިގެން ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) ފަހަތަށް ޖައްސާލައިފަ އެވެ. ކައިޕުޓީ އަށް ސެމީ ފައިނަލް ހީޓުގައި ލިބުނީ 6.00 ޕޮއިންތެވެ.
ސެމީގެ ދެވަނަ ހީޓް ކުރިއަށް ދިޔައިރު ކަޅެގަލެކޮޑާ ސަރަހައްދުގެ ރާޅު ކޮންޑިޝަން އެހާ ރަނގަޅެއް ނޫނެވެ. މި ހީޓުގައި ވާދަކުރި ޗޮއްޕު އާއި ޔަސީން އަހުމަދު ނާޝިދަށް ވެސް ރަނގަޅު ރާޅެއް ހޯދަން އުނދަގޫ ވި އެވެ. ދެ އެތުލީޓުން ވެސް ތިން ރާޅާ އެޅި އިރު ޗޮއްޕު ވަނީ ޖުމްލަ 6.50 ޕޮއިންޓް ހޯދައިފަ އެވެ. ޔަސީން އަށް ލިބުނީ 4.84 ޕޮއިންޓެވެ.
އެމްއެސްއޭ އިން މިދިޔަ އަހަރު ލީގުގެ ޖޫނިއާ ޗެމްޕިއަނެއް ނުހޮވަ އެވެ. އެކަމަކު އެސޯސިއޭޝަނުން ވަނީ މި އަހަރު ޖޫނިއާ ޗެމްޕިއަން ހޮވާ ގޮތަށް ނިންމައިފަ އެވެ.
ޗޮއްޕު ވަނީ ގައްދޫ މުބާރާތުގެ އޯޕަން ކެޓެގަރީގައި ވެސް ވާދަ ކޮށްފަ އެވެ. އޭނާ ކެޓީ ކުއާޓާ ފައިނަލް ހީޓުގައި ނަޖާހު މުހައްމަދު (ކަނބޯ) އަތުން ބަލި ވެގެންނެވެ. ޔޫސުފް ކަޔާން ވަނީ އޯޕަން ކެޓެގަރީގެ ސެމީ ފައިނަލާ ހަމައަށް ދަތުރު ކޮށްފަ އެވެ. މިއަދު ހެނދުނު ކުރިއަށް ދިޔަ ސެމީ ފައިނަލް ގައި ކަޔާން ބަލިވީ ކަނބޯ އަތުންނެވެ.
ސާފިންގެ އަންހެން ޗެމްޕިއަންކަން އާޔާ އަށް
ޖޫނިއާ ޗެމްޕިއަންކަން އިނާނާއި ޔަސީން އަދި ކަޔާނަށް
ތިން ވަނަ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ފަށައިފި
ރަންދާ ރާޅުގަނޑުގެ ޗެމްޕިއަންކަން އިއްސެއާއި އިނާންއަށް
ރަންދާ ރާޅުގަނޑުގައި ޖޫނިއާ ސެމީއަށް ސާފަރުން ހޮވިއްޖެ
ސާފިން ޖޫނިއާ ރޭންކިންގައި ރާއްޖެ އަށް އޭޝިއާގެ ދެވަނަ
ޗެމްޕިއަންކަން އިންޑޮނޭޝިއާ އާއި ޖަޕާނު ސާފަރުންނަށް
ފައިނަލަށް ނުދެވުނަސް ކަޔާން ދައްކައި ދިނީ އުންމީދު
އޭޝިއަން ޗެމްޕިއަންޝިޕުގެ ސެމީން ކަޔާން ޖާގަ ހޯދައިފި
އޭޝިއަންގޭމްސްގެ ސާފިންއިން ފިރިހެން ޖާގައެއް ރާއްޖެއަށް