Roadha Mihaaru
އެންމެމޮޅު އެކްޓަރުންނަށް ރަންބީރާއި އާލިއާ

ދާދާސާހެބް ޕަލްކޭ އެވޯޑް: އެންމެ މޮޅު އެކްޓަރަކަށް ރަންބީރް، އެކްޓްރެސް އަކަށް އާލިއާ

22 ފެބުރުއަރީ 2023

އިންޑިއާގެ ދާދާސާހެބް ޕަލްކޭ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އެވޯޑުގައި، އެންމެ މޮޅު އެކްޓަރުގެ އެވޯޑު ރަންބީރް ކަޕޫރް ހޯދައި، އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް އޭނާގެ އަންހެނުން އާލިއާ ބަޓް ހޯދައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އިންޑިއާގެ ދާދާސާހެބް ޕަލްކޭ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އެވޯޑުގައި، އެންމެ މޮޅު އެކްޓަރުގެ އެވޯޑު ރަންބީރް ކަޕޫރް ހޯދައި، އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް އޭނާގެ އަންހެނުން އާލިއާ ބަޓް ހޯދައިފި އެވެ.

ދާދާސާހެބް ޕަލްކޭ ފިލްމު އެވޯޑަކީ އިންޑިއާގެ ސިނަމާގައި ދޭ އެންމެ ޝަރަފްވެރި އެވޯޑެވެ. މި އެވޯޑު ހަފްލާގެ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު އާލިއާ ކާމިޔާބުކުރީ ސަންޖޭ ލީލާ ބަންސާލީ ފިލްމް "ގަންގޫބާއި ކަތިއަވާޅީ" ފިލްމުގައި ގަންގޫބާއިގެ ރޯލުންނެވެ. އަދި ރަންބީރް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ކާމިޔާބު ކުރީ "ބްރަމަސްތްރާ" ފިލްމުގެ ރޯލުންނެވެ.

"ގަންގޫބާއި" ފިލްމުގައި ގަންގޫބާއިގެ ރޯލުން އާލިއާ

"ގަންގޫބާއި" ފިލްމުގައި ގަންގޫބާއިގެ ރޯލުން އާލިއާ

މިދިޔަ ހޯމަ ދުވަހު ބޭއްވި 69 ވަނަ ދާދާސަހެބް ޕަލްކޭ އެވޯޑު ހަފްލާގައި ރަންބީރް ބައިވެރިވެފައި ނުވާއިރު، އޭނާގެ އެވޯޑާ ހަވާލުވީ އާލިއާ އެވެ.

އެ ހަފްލާގައި "ކްރިޓިކްސް ބެސްޓް އެކްޓާ" ގެ އެވޯޑު، "ބޭދިޔާ" ފިލްމުގެ ރޯލުން، ވަރުން ދަވާން ކާމިޔާބު ކުރި އިރު، "ޖަލްސާ" ފިލްމުގެ ރޯލަށް، "ކްރިޓިކްސް ބެސްޓް އެކްޓްރެސް" ގެ އެވޯޑު ހޯދީ ވިދްޔާ ބަލަން އެވެ. އަދި އެންމެ އުންމީދީ އެކްޓަރަށް ދޭ "މޯސްޓް ޕްރޮމިސިން އެކްޓަރުގެ އެވޯޑު، "ކަންތަރާ" ގެ ރޯލަށް ހޯދާފައިވަނީ ރިޝާބް ޝެޓީ އެވެ.

"ކްރިޓިކްސް ބެސްޓް އެކްޓާ" ގެ އެވޯޑު ހޯދި ބޮލީވުޑް ބަތަލް، ވަރުން ދަވާން

"ކްރިޓިކްސް ބެސްޓް އެކްޓާ" ގެ އެވޯޑު ހޯދި ބޮލީވުޑް ބަތަލް، ވަރުން ދަވާން

ދާދާސާހެބް ޕަލްކޭގެ "ބެސްޓް ފިލްމް" ގެ އެވޯޑު ހޯދާފައި ވަނީ ވިވެކް ރަންޖަން ލިޔެ ޑައިރެކްޓުކޮށްފައިވާ ފިލްމު، "ދަ ކަޝްމީރް ފްލައިސް" އެވެ. އަދި މިދިޔަ އަހަރުގެ "ފިލްމް އޮފް ދަ އިޔާ" އެވޯޑު ހޯދާފައި ވަނީ ބައިނަލްއަގްވާމީ ގިނަ އެވޯޑުތަކެއް ހޯދި "އާރްއާރްއާރް" ފިލްމެވެ. އެންމެ މޮޅު ޓީވީ ސީރީޒްގެ އެވޯޑު ހޯދާފައި ވަނީ "އަނުޕާމާ" އެވެ.

އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހޯދި އާލިއާ އަދި "އައުޓްސްޓޭންޑިން ކޮންޓްރިބިއުޝަން އިން ދަ ފިލްމް އިންޑަސްޓްރީ" އެވޯޑު ހޯދި، ވެޓަރަން އެކްޓްރެސް ރޭކާ

އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހޯދި އާލިއާ އަދި "އައުޓްސްޓޭންޑިން ކޮންޓްރިބިއުޝަން އިން ދަ ފިލްމް އިންޑަސްޓްރީ" އެވޯޑު ހޯދި، ވެޓަރަން އެކްޓްރެސް ރޭކާ

އޭގެ އިތުރުން، އިންޑިއާގެ ފިލްމީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ އަގުވަޒަން ކުރުމަށް ދޭ ޝަރަފްވެރި އެވޯޑް، "އައުޓްސްޓޭންޑިން ކޮންޓްރިބިއުޝަން އިން ދަ ފިލްމް އިންޑަސްޓްރީ" އެވޯޑު، ވެޓަރަން އެކްޓަރު، ރޭކާ އަށް ވަނީ އަރުވާފަ އެވެ. އަދި "އައުޓްސްޓޭންޑިން ކޮންޓްރިބިއުޝަން އިން ދަ މިއުޒިކް އިންޑަސްޓްރީ" ގެ އެވޯޑު، ވެޓަރަން ޕްލޭބެކް ލަވަކިޔުންތެރިޔާ ހަރިހަރާން އަށް ވަނީ އަރުވާފަ އެވެ.