ފެމިލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ އަހުމަދު އަބްދުﷲ ވަޒީފާ އިން ވަކިކުރުމުން، އެ މަގާމު ހުސްކޮށް އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އޭނާ އަށް މިއަދު އަލުން ވަޒީފާ ދީފި އެވެ.
18 އެޕްރީލް 2022
ފެމިލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ އަހުމަދު އަބްދުﷲ ވަޒީފާ އިން ވަކިކުރުމުން، އެ މަގާމު ހުސްކޮށް އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އޭނާ އަށް މިއަދު އަލުން ވަޒީފާ ދީފި އެވެ.
ކައިވެނީގެ ރަޖިސްޓްރާގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު 2019 ވަނަ އަހަރު އެ މަގާމުން ވަކިކުރި މައްސަލާގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި ހައި ކޯޓުން ވެސް ނިންމާފައި އޮތީ އޭނާ އަށް އަލުން ވަޒީފާ ދިނުމަށެވެ. އެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ސިވިލް ކޯޓުން މިދިޔަ ހަފުތާގައި އަމުރުކުރީ ތިން ދުވަސް ތެރޭގައި އަހުމަދަށް އަލުން ވަޒީފާ ދިނުމަށާއި ގެއްލުނު މުއްދަތުގެ މުސާރަ އާއި އިިނާޔަތްތައް 10 ދުވަސް ތެރޭގައި ދިނުމަށެވެ.
އޭނާ މިއަދު ވަޒީފާއަށް ނެރެފައިވާ ކަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކަށަވަރުކޮށް ދިނެވެ. އަހުމަދު ވަޒީފާ އަށް ނެރުނީ ސިވިލް ކޯޓުން ދިން މުއްދަތު ހަމަވި ފަހުންނެވެ.
ކައިވެންޏާއި ވަރީގެ ކަންކަން ބަލަހައްޓާ ކައިވެނީގެ ރަޖިސްޓްރާގެ މަގާމުން އަހުމަދު ވަކިކުރި ފަހުން މިއަދާ ހަމައަށް އެ މަގާމު އޮތީ ހުސްކޮށެވެ.
އެ މަގާމަށް މީހަކު އައްޔަންކުރަން ކުރިން މަސައްކަތް ކުރިޔަސް، އަހުމަދު ވަކިކުރި މައްސަލަ ކޯޓުގައި އޮތުމުން އެކަން ހުއްޓުވުމުގެ އަމުރެއް ހައި ކޯޓުން ކުރިން ނެރުނެވެ.
ބޭރުގައި ކައިވެނި ކުރުން:ނިޒާމު ހަރުދަނާކުރަން ޖެހިިފައި
މިދިޔަ މަހު 195 ކައިވެނި، 127 މީހުން ވަރިކުރި
ޖުލައި މަހު ކައިވެންޏާއި ވަރީގެ އަދަދު އިތުރުވެއްޖެ
ފުރަތަމަ ހަ މަހު ކުރި ކައިވެންޏާއި ވަރި މަދުވެއްޖެ
އަލަތު ކައިވެނި މަދުވެ، ދޮށީ އުމުރުގެ ވަރި ގިނަވަނީ
ކޯޓުން ބޭނުންވަނީ ދަރިންގެ ހަރަދު ގާޒީން ކަނޑައަޅަން
މުދާ ހޯދަނީ ދެމަފިރިން، ވަރިއަށްފަހު އެކަކު ހުސްއަތާ!
ފެމިލީ ކޯޓުން 97 މިލިއަން ރުފިޔާ ނަގައިދިން
ދަރިންގެ ހަރަދު ހޯދުމުގައި އާ ނިޒާމަކަށް ދާންޖެހޭ
ހަމަ ބުނެލާއިރަށް ކައިވެނި ރުޖޫއަވާނެތަ؟