Roadha Mihaaru
ބަންދުކުރިތާ ދެ އަހަރު ފަހުން ރިހުލާ ގެއަށް

ބަންދުކުރިތާ ދެ އަހަރު ފަހުން ރިހުލާ ގެއަށް ބަދަލުކޮށްފި

03 މާޗް 2023

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އަނބިމީހާ ފާތިމަތު ރިހުލާ އަށް ދައުވާކޮށް ޖަލު ބަންދުގައި ތިބޭތާ ދެ އަހަރު ފަހުން ރިހުލާ ގޭބަންދަށް ބަދަލުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އަނބިމީހާ ފާތިމަތު ރިހުލާ އަށް ދައުވާކޮށް ޖަލު ބަންދުގައި ތިބޭތާ ދެ އަހަރު ފަހުން ރިހުލާ ގޭބަންދަށް ބަދަލުކޮށްފި އެވެ.

އުމުުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޔުނާންގެ ދެމަފިރިން ހައްޔަރުކުރީ އޮކްޓޫބަރު 4، 2020 ގަ އެވެެ. އެ ދެމަފިރިންގެ މައްޗަށް ދައުވާކުރުމަށް ހުށަހަޅާފައި ވަނީ އެ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެކަމަކު އަދިވެސް ހުކުމެއް ނުކުރެ އެވެ.

ރިހުލާ ގޭބަންދަށް ބަދަލުކުރީ ކޯޓު އަމުރެއްގެ ދަށުންކަން ކަރެކްޝަނުން ޔަގީންކޮށްދެ އެވެ. ނަމަވެސް އޭނާ ގޭބަންދަށް ބަދަލުކުރި ސަބަބު ހާމައެއް ނުކުރެ އެވެ.

އެ ދެމަފިރިން ތިބީ ދެ ޖަލެއްގައި ނަމަވެސް ގާނޫނުގައިވާ ގޮތުން ދެމަފިރިންނަށް އެކަހެރި ބައްދަލުވުމުގެ ފުރުސަތު ދެ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރާއި 2020 ވަަނަ އަަހަރު، އެކި ދުވަސްމަތިން އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެ ދެމަފިރިންގެ ތެރެއިން ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް ކޮށްފައި ވާއިރު ރިހްލާގެ މައްޗަށް ފަސް ދައުވާއެއް ވަނީ ކޮށްފަ އެވެ.